ފްލައިން ސްކޫލުގެ 15 ދަރިވަރެއްގެ ލޯނު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

އައްޑޫ ފްލައިން ސްކޫލްގައި ބޭނުންކުރާ ބައެއް މަތިންދާބޯޓުތައް. -ފޮޓޯ: އޭއޭއޭ ސްޓޫޑެންޓްސް ޔޫނިއަން

އައްޑޫ ފްލައިން ސްކޫލްގައި ބޭނުންކުރާ ބައެއް މަތިންދާބޯޓުތައް. -ފޮޓޯ: އޭއޭއޭ ސްޓޫޑެންޓްސް ޔޫނިއަން

އައްޑޫގެ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ 15 ދަރިވަރިވަރަކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނުތައް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

ފްލައިން ސްކޫލްގެ މެނޭޖްމަންޓުގެ ބޮޑެތި އިހުމާލުތަކެއް ފެންމަތިވެފައިވާ އިރު އެ ތަނުގައި ކިޔަވާ 178 ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ހަތަރު އަހަރެއްހާ ދުވަސްވެއްޖެ އެވެ. ދަރިވަރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ދެއްކުމުގައި ދަރިވަރުންނަށް އުނދަގޫތަކެއް ކުރިމަތިވެފައިވާތީ އެ ލޯނުތައް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން އެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ބުނީ އެ ލޯނުތައް ބަދަލުކުރުމުން އެއްވެސް އިންޓްރެސްޓެއް ދަރިވަރުން ދައްކަން ނުޖެހޭނެ ކަމަށެވެ. އެ ލޯންތައް އަނބުރާ ދައްކަން ޖެހެނީ ކިޔަވާ ނިމޭތާ ހަ މަސް ފަހުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން ވެސް ކިޔަވާ ނިމޭތާ ހަ މަސް ފަހުން ލޯން ދައްކަން ޖެހޭ ގޮތަށް 96 ދަރިވަރެއްގެ ލޯނު ބަދަލުކޮށްދިން ކަމަށް މިނިސްޓްރީން ބުންޏެވެ.

ފްލައިން ސްކޫލުގައި ކިޔަވަން ބީއެމްއެލްއިން ލޯން ނަގާފައިވާ އިތުރު ދަރިވަރުންތަކެއްގެ ލޯން ވެސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ގާތްގަނޑަކަށް 45،000 އެމެރިކާ ޑޮލަރު ދައްކައިގެން 18 މަސް ދުވަހުން ކޯސް ނިންމަން އެ ސްކޫލާ 178 ދަރިވަރަކު ގުޅުނެވެ.

އެކަމަކު އެ ސްކޫލްގެ މެނޭޖްމަންޓުގެ ބޮޑެތި އިހުމާލުތަކާ ހެދި ކޯސް ނުނިންމި ހަތަރު އަހަރެއްހާ ދުވަސް ވެފައިވާ ދަރިވަރުން ތިބިއިރު، ބޮޑެތި ލޯނުތައް ނަގައިގެން އެހެން ރަށްރަށުން ފޭދުއަށް ގޮސް ހުރުމާއި ކެއުމަށް އިތުރު ހަރަދު ކުރަންޖެހޭ ކަމުގެ ޝަކުވާ ބޮޑެވެ.

އަދި 2009 ވަނަ އަހަރުން ފެށިގެން އޮޕަރޭޓު ކުރަމުން އަންނަ ސްކޫލުގައި ގެންގުޅޭ 14 ބޯޓު ވެސް މިހާރު ހަލާކުވެފައިވާއިރު، އެ ބޯޓުތައް މަރާމާތުކުރަން ތިބި ހުރިހާ އިންޖިއަނަރުންނަށް މުސާރާ ނުދޭތީ ވަނީ އިސްތިއުފާ ދީފަ އެވެ.

އެއާއެކު، ފްލައިން އަވާސް ހަމަކޮށް، ކޯސް ފުރިހަމަ ކުރެވޭނެ ދުވަހެއް ވެސް މިހާރު ނޭނގޭކަމަށް އެ ކުދިން ބުނެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ތައްޔާރު ކުރި ރިޕޯޓްގައި، ފްލައިން ސްކޫލުގެ ދަރިވަރުންގެ ހައްގުތައް ގެއްލިފައިވާތީ ދަރިވަރުންގެ މާލީ ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް ލަފާ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox