ކޮވިޑްގެ ހާލަތު ގޯސްވެދާނެތީ ސްޕެއިންގެ ޔޫރޯ ސްކޮޑަށް ކުޅުންތެރިން އިތުރުކޮށްފި

Jun 8, 2021, 5:50 AM
ސްޕެއިން ސްކޮޑުގައި ހިމެނި ފޯނާލްސް.

ސްޕެއިން ސްކޮޑުގައި ހިމެނި ފޯނާލްސް.

މެޑްރިޑް (ޖޫން 8) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅެން އޮތް ފުރަތަމަ މެޗަށް އަށް ދުވަހަށް ވެފައި އޮއްވައި އެ ޓީމުގެ މުހިއްމު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޓީމުގެ ހާލަތު އިތުރަށް ގޯސްވެދާނެތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ސްކޮޑަށް އިތުރު ހަ ކުޅުންތެރިން ނަގައިފި އެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އުމުރުން 32 އަހަރުގެ ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވުމުން މުޅި ޓީމު އެއްކޮށް މިހާތަނަށް ހެދި ދެ ޕީސީއާރް ޓެސްޓުން ވެސް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ނެގެޓިވް ކަމަށެވެ. އެކަމަކު އަދިވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަތަރު ވަރަކަށް ދުވަހުގެ މުއްދަތަކަށް ހުރިހާ އެންމެން ޓެސްޓްކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނުމަކީ ގާތްކަމެކެވެ.

އަދި ހާލަތު ގޯސްވެ، އިތުރު ކުޅުންތެރިންތަކެއް ޕޮޒިޓިވްވެއްޖެނަމަ ސްކޮޑަށް އަސަރުކުރިޔަ ނުދޭން މިހާރު ވަނީ ހަ ކުޅުންތެރިން ސްޕެއިން ޓީމުގެ ސޭފްޓީ ބަބްލް ތެރެއަށް ގެނެސްފަ އެވެ. އެ ކުޅުންތެރިންނަކީ ލީޑްސް ޔުނައިޓެޑްގެ ފޯވާޑް ރޮޑްރީގޯ މޮރޭނޯ، ވެސްޓް ހޭމްގެ ޕަބްލޯ ފޯނާލްސް، ވެލެންސިއާގެ ކާލޯސް ސޯލާ، ސެލްޓަގެ ބްރައިސް މެންޑޭޒް އަދި ވިޔަރެއާލްގެ ކެޕްޓަން ރައުލް އަލްބިއޯލް އެވެ. ގޯލްކީޕަރަކަށް އިތުރުކުރީ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އެވެ.

ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން މޮރޭނޯ (ކ) އާއި ވިޔަރެއާލްގެ ޑިފެންޑަރު އަލްބިއޯލް.

ބުސްކެޓްސް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވަނީ ސްޕެއިނާއި ޕޯޗުގަލް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ކުޅެފަ އެވެ. އެ މެޗު ކުޅުމުގެ ކުރިން ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓްކުރިއިރު، ބުސްކެޓްސް ނެގެޓިވް އެވެ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވީ މިރޭ ސްޕެއިނުން ލިތުއޭނިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ހޮނިހިރު ދުވަހު ކުރި ޓެސްޓްތަކުންނެވެ. ބުސްކެޓްސް ޕޮޒިޓިވްވުމުން ލިތުއޭނިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުގައި ސްޕެއިންގެ ސީނިއާ ޓީމުގެ ބަދަލުގައި ކުޅޭނީ ޒުވާން ޓީމެވެ.

ސްޕެއިން ޓީމުގެ ތެރެއިން ކޮވިޑް-19ގެ އިތުރު ކޭސްތަކެއް ފެންނަނަމަ ޔޫރޯ ފެށުމުގެ ކުރިން ސްކޮޑަށް ބަދަލު ގެންނާނެ ކަމަށް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ. ޔޫރޯގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭ ސްވިޑެންއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox