ޗެތުރީ، ލަނޑު ލިސްޓުގައި މެސީ އާއި މަބްހޫތު ފަހަތަށް ޖައްސާލައިފި

Jun 7, 2021, 8:16 PM
މިރޭގެ މެޗުގެ ކުރިން ޗެތުރީ.-- ފޮޓޯ: އޭއެފްސީ

މިރޭގެ މެޗުގެ ކުރިން ޗެތުރީ.-- ފޮޓޯ: އޭއެފްސީ

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ބަންގްލަދޭޝް ކޮޅަށް ޖެހި ދެ ގޯލާ އެކު އިންޑިއާ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ޔޫއޭއީގެ އަލީ މަބްހޫތު ފަހަތަށް ޖައްސާލައިފި އެވެ.

ބަންގްލަދޭޝް އަތުން އިންޑިއާ 2-0 އިން މޮޅުވި މެޗުގައި ޗެތުރީ ވައްދާލި ދެ ގޯލާ އެކު އޭނާ ވަނީ މިހާރު ގައުމީ ޓީމަށް ޖުމްލަ 74 ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލު ޖެހީ އާޝިކް ކުރޫނިއަން ނަގައިދިން ހުރަހަކުން ބޮލުންނެވެ. ދެން އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ގޯލުގެ މަތީ ކަަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މި ވަގުތު ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އުމުރުން 36 އަހަރުގެ ޗެތުރީ އަށް ވުރެ ގިނައިން ގައުމީ ޓީމަށް ގޯލު ޖެހީ އެންމެ ކުޅުންތެރިއެކެވެ. އެއީ ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ ވަނީ 103 ގޯލު ޖަހައިފަ އެވެ.

ބަންގްލަދޭޝްގެ ރިޔާދުލް (ކ) ކައިރިން ޗެތުރީ ބޯޅަ ހިފައިގެންދަނީ.

ރޮނާލްޑޯ މަސައްކަތް ކުރަމުން އަންނަނީ ގައުމީ ޓީމަށް 109 ގޯލު ޖަހައިގެން ދުނިޔޭގެ ރެކޯޑް ހަދާފައި އޮތް އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީގެ ރެކޯޑް މުގުރާލުމަށެވެ.

މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ތިން ވަނައިގައި އޮތީ ޔޫއޭއީ ޓީމަށް 73 ގޯލު ޖަހާފައިވާ މަބްހޫތެވެ. މެސީ ހަތަރެއްގައި އޮތި 72 ގޯލު ޖަހައިގެންނެވެ. މި މަހު ކުޅޭ ކޮޕަ އެމެރިކާ އާއި ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ލަނޑު ޖަހައިގެން މެސީ އަށް ލިސްޓުގެ ކުރިއަށް އެރޭނެ އެވެ.

މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން މި ލިސްޓުގެ ކުރީގައި ދެން އުޅޭ ކުޅުންތެރިންނަށް ބަލާއިރު، ޕޮލެންޑްގެ ރޮބަޓް ލެވަންޑޯސްކީ (66)، އުރުގުއޭގެ ލުއިސް ސުއަރޭޒް (63)، ސްވިޑަންގެ ޒްލަޓާން އިބްރަހިމޮވިޗް (62)، ބެލްޖިއަމްގެ ރޮމެލޫ ލޫކާކޫ (60)، ބޮސްނިއާގެ އެޑިން ޖެކޯ (59)، ކުވޭތުގެ ބަދޭރް އަލް-މުތަވާ (56) އަދި ރާއްޖޭގެ އަލީ އަޝްފާގު - ދަގަނޑޭ (55) ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox