ކަސްރަތަށް ނުދެވި އަނެއްކާ ވެސް ކަންނެތް ވެދާނެ!

ކަސްރަތަށް ނުދެވި އަނެއްކާ ވެސް ކަންނެތް ވެދާނެ!

ކޮވިޑްގެ ބަލިމަޑުކަމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް ގިނަ މީހުން އެއްތަންވެ އުޅުން ރައްކާތެރި ހާލަތަކަށް ނުދެ އެވެ. ކޭސްތައް އިތުރުވެ، ބަލީގައި މަރުވަމުންދިޔަ މީހުންގެ ނިސްބަތް އިތުރުވެ، ދެވަނަ ފަހަރަށް ފުރަބަންދެއްގެ ސިފައާއި އެއްގޮތް ކާފިއުއެއް މިދިޔަ މަހު ރާއްޖޭގައި ހިންގަންފެށި އިރު ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވެސް މިހާރު ގެއިން ނިކުމެ އުޅުމުގެ ރައްކާތެރި ކަމެއް ނެތެވެ. މިހާލަތުގައި އެންމެން ގޭގައި ބަންދުވެގެން ތިބެން ޖެހުމުން ހެލިފެލިވެ އުޅުން މަދުވެ، ސިއްހަތާއި ދުރު ދިރިއުޅުމަކަށް މީހުން ހޭނިދާނެ ކަމުގެ ކަންބޮޑުވުން ވެސް މިހާރު އެބައޮތެވެ.

"ކަސްރަތު ކުރުމަކީ ޕްރިވެންޓިވް ހެލްތުގެ އެންމެ ބޮޑު އެއް ބައި. އެހެންވީމަ ކަސްރަތުކުރެވޭނެ މަގު މުޅިން ބަންދުކޮށްލުމުގެ ބަދަލުގައި އެކަންތައް ހިންގޭނެ ކޮންމެވެސް ނިޒާމެއް އެބަ ހޯދައިދޭންޖެހޭ. މިހެން މިބުނީ ކަސްރަތަކީ އާދަކައިދައިގެ ތެރޭގައި ހިމަނަން އުނދަގޫ ކަމަކަށް ވާތީ،" ކަސްރަތު އިންސްޓްރަކްޓަރު އަދި ޕާސަނަލް ޓްރެއިނާ ހުސައިން ޒިނާން ބުންޏެވެ.

އޭނާގެ ނަޒަރުގައި ކަސްރަތު އެއްގޮތަކަށް ވެސް ނުކުރެވޭ ހާލަތެއްްގައި މާ ގިނަ ދުވަހު ތިބެން ވެއްޖެނަމަ ކުރިއަށް އޮތް ތަނުގައި ސިއްހީ ގިނަ މައްސަލަތަކެއް ފެނުން އެކަށީގެންވެ އެވެ. އޭގެ ތެރޭގައި އަލަށް ކަސްރަތުގެ ތެރެއަށް ވަދެ، އެކަމަށް ރަނގަޅަށް ނުހޭނި ތިބި މީހުން އަނެއްކާ ވެސް ކަސްރަތާއި ދުރުވުމުގެ ޗާންސު ވަރަށް ބޮޑަށް އިތުރުވެގެން ހިގައިދާނެ އެވެ. އަދި ނަފްސާނީ މައްސަލަތަކާއި، ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން މިހާރުވެސް ރާއްޖޭގައި ދިމާވާ ގިނަ ސިއްހީ މައްސަލަތައް ކުރިއަށް އޮތް ތަނުގައި އިތުރުވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

Advertisement

އެހެންކަމުން ޕެންޑެމިކެއް އޮތަސް، ހަރުދަނާ ނިޒާމެއްގެ ތެރެއިން މީހުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނެ ފުރުސަތު ފަހިކޮށްދޭން ޖެހިފައިވާކަމަށް އޭނާ ދެކެ އެވެ.

"މިސާލަކަށް ހެނދުނު ފަހަކާއި ހަޔަކާ ދެމެދު ހަމައެކަނި 65 އަހަރުން މަތީގެ މީހުންނަށް ނިކުމެވޭ ގޮތް ހަދާފައި މެންދުރުގެ ހޫނު ގަދަ ވަގުތު ޒުވާނުންގެ ކަސްރަތަށް އެއް ގަޑި އިރު ހެދުން ކަމުގައި ވިޔަސް ވެސް ފުރުސަތު އެބަ ހޯދައިދެވެން ޖެހޭ، ސަބަބަކީ މި ބަލިމަޑުކަމުން މުޅިން ނިކުމެވޭނީ ކޮން ދުވަހަކު ކަމެއް ވެސް ނޭނގޭތީ،" ޒިނާން ބުންޏެވެ.

ފުރަތަމަ ލޮކްޑައުން ގައި ވީގޮތް ތަކުރާރުވާން ބޭނުމެއް ނޫން

މިދިޔަ އަހަރުގެ ކޮވިޑްގެ ފުރަތަމަ ރާޅާއެކު ތިން މަސް ދުވަހެއްގެ ފުލް ލޮކްޑައުންނަކަށް މާލެ ވައްޓާލުމުން ކަސްރަތު ދާއިރާގެ ޕްރޮފެޝަނަލެއްގެ ގޮތުގައި ހުރެ ޒިނާން އަށް ވެސް ކުރެވުނީ ހިތްދަތި ތަޖުރިބާއެކެވެ.

"ތަފާތު އެތައް މައްސަލަތަކެއް ފެންމަތިވެގެން އައީ. ކަސްރަތު ދަސްކޮށްދޭ މީހުންނަށް އެމީހުންގެ ގެތަކުގައި ޖާގަ ނެތިގެން ކަސްރަތު ނުކުރެވި ތިބެން ޖެހުމުން ނަފްސާނީ އެތައް މައްސަލަތަކެއް އިހުސާސްކުރި. އޭގެ އިތުރަށް، ކަސްރަތު ނުކޮށް ގޭގައި ބަންދުވެގެން ކެއުމުގެ ކަންތައްތަކުގައި މާ ބޮޑަށް އުޅެވުމުން ދިމާވެފައި ހުރި ސިއްހީ ނުރަނގަޅު ބަދަލުތައް ދުވަސްވީ މީހުންނާއި ޒުވާނުންގެ ފަރާތުން ވެސް ފެނުނު،" ޒިނާން ވިދާޅުވި އެވެ.

ސުވިޒަލެންޑް، އޮސްޓްރޭލިއާ، ސިންގަޕޫރު ފަދަ ގައުމުތަކުގައި މިދިޔަ އަހަރުގެ ލޮކްޑައުން ފެށުނު ފަހުން ވެސް ހާއްސަ އުސޫލުތަކެއްގެ ތެރެއިން ކަސްރަތުކުރެވޭނެ ފުރުސަތުތަކެއް މެދުނުކެނޑި ހޯދައިދީފައިވެ އެވެ. އެކަމަކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރަނގަޅު މޮނިޓަރިން އެއްގެ ދަށުންނެވެ.

ޒިނާން ދެކޭގޮތުގައި މިފަދަ އުސޫލުތަކެއް އަހަރެމެންގެ ތެރޭގައި ވެސް ތަންފީޒުކުރެވިދާނެ އެވެ. ނިމޭނެ ދުވަހެއް ނޭނގޭ ޕެންޑެމިކެއްގައި ކަސްރަތުގެ ދާއިރާގެ މީހުންގެ ލަފައާއެކު އެފަދަ ފުރުސަތުތަކެއް މީހުންނަށް ހޯދައިދޭން މިހާރު ކޮންމެހެން މުހިއްމު ކަމަށް އޭނާ ބުންޏެވެ.

ގޭތެރޭގައި ކަސްރަތުކުރުމާއި ވާޗުއަލް ކްލާސް ހިންގުން ފަސޭހައެއް ނޫން

އާބާދީގެ ބޮޑު ބައެއް މާލޭގެ ކުދި ޖާގައިގެ ގެތަކުގައި ގިނަ މީހުންނާއެކު ދިރިއުޅޭ އިރު ހަމަޖެހިގެން ކަސްރަތުކުރެވޭނެ ޖާގަ ލިބޭނީ މަދު ބަޔަކަށެވެ. އެއީ ފޯރާ މަދު ބަޔަކަށް ލިބޭ "ލަގްޒަރީ" އެކެވެ.

"އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންތޯ ގޭތެރެ ފެންނަ ގޮތަށް ކެމެރާ ޖައްސަން ފަސޭހައީ. މިވެސް ދައްކަންޖެހޭ ވާހަކައެއް. މިދިޔަ އަހަރު ތިން މަސްދުވަހުގެ ލޮކްޑައުން ދެމިގެންދިޔަ އިރު އެންމެ ބޮޑަށް ދިމާވި އެއް މައްސަލައަކީ އެއީ،" އޭނާ ބުންޏެވެ.

ގޭތެރޭގައި ޖާގަ ނެތުމުން، ނުވަތަ އެ މާހައުލު ނެތިގެން ވާޗުއަލް ކްލާސްތައް ހިންގަން ބޭނުންވެފައި ތިބި އެތައް އިންސްޓަރަކްޓަރުންނަށް އެ ފުރުސަތު ނުލިބިގެން މަސައްކަތް ނުކުރެވިފައި ތިބެންޖެހުނުކަން ޒިނާން ފާހަގަ ކުރެއްވި އެވެ.

ގޭގައި އަމިއްލަ އަށް ކަސްރަތުކުރުމަކީ ނޭނގޭ މީހަކަށް ރައްކާތެރި ގޮތެއް ނޫން

ކަސްރަތު އިންސްޓްރަކްޓަރެއްގެ ހައިސިއްޔަތުން، ހައި ރިސްކް މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ގޭގައި ތިބެ އަމިއްލަ އަށް ސްޓްރެޗް ތަކާއި ތަފާތު ކަސްރަތުތައް ކުރަން ލަފާ ދިނުމަކީ މި ދަނޑިވަޅުގައި އޭނާ ކުރަން ބޭނުން ކަމެއް ނޫނެވެ. ސަބަބަކީ، ސިއްހީ ބަލި ހާލަތެއްގެ ސަބަބުން ކަސްރަތުކުރަންޖެހޭ މީހާ އަށް ކުރެވޭ ކަސްރަތުގެ މައުލޫމާތު ރަނގަޅަށް ނުލިބި ކުރުމުން އިތުރު ގެއްލުންތަކެއް ލިބުމަކީ ވެދާނެ ގޮތެކެވެ.

"ދެން އޮތީ، ވީޑިއޯ އިން ކޮށްދެވޭނެތޯ. އެގޮތަށް ވެސް އާންމު މީހަކަށް ކޮށްދިނުމަށް ވުރެ ދުވަސްވީ މީހަކަށް އެ ކުރަންވާ ގޮތަށް އެކަން ކޮށްދޭން އުނދަގޫ ވާނެ. ސަބަބަކީ ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ފޯރުކޮށްދޭ ކަސްރަތަކީ ވަރަށް ކައިރިން ބަލައިގެން ރަނގަޅުކޮށްދީގެން ކުރުވަންޖެހޭ ކަސްރަތު ތަކެއް،" ޒިނާން ބުންޏެވެ.

އެހެންވީމަ، މިފަދަ ދަނޑިވަޅެއްގައި ކަސްރަތު ފަދަ މުހިއްމު ދުޅެހޮޔޮ އާދަތައް މީހުންނަށް ދެމެހެއްޓޭނެ މަގު ފަހިކޮށްދެން ޖެހެ އެވެ. ނޫން ނަމަ މިދިޔަ މަދު ދުވަސްކޮޅުގައި ހެލިފެލިވެ އުޅެން ފެށި މީހުން ވެސް އަނެއްކާ ވެސް ކަސްރަތާ ދުރުވެ، އާބާދީ އަނެއްކާ ވެސް ކަންނެތް ވެދާނެ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox