އިންޑިއާގެ ކޮވިޑް ކޭސްތަކަށް 68 ޕަސެންޓުގެ ވެއްޓުމެއް

އިންޑިއާގައި ކޮވިޑަށް ޓެސްޓު ކުރަން މީހެއްގެ ސާމްޕަލް ނަގަނީ.--

އިންޑިއާގައި ކޮވިޑަށް ޓެސްޓު ކުރަން މީހެއްގެ ސާމްޕަލް ނަގަނީ.--

އިންޑިއާގައި ކޮންމެ ދުވަހަކު ފެންނަ ކޮވިޑް ކޭސްތަކަށް 68 ޕަސެންޓުގެ ވެއްޓުމެއް އައިސްފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލް ލާވް އަގްރަވާލް ވިދާޅުވީ މޭ ހަތަކުން ފެށިގެން މިއަދާ ހަމައަށް ކޭސްތަކަށް ބަލާއިރު، ކޮންމެ ދުވަހަކު ވެސް 68 ޕަސެންޓުގެ ވެއްޓުމެއް ފާހަގަވާ ކަމަށެވެ.

ކޮވިޑުގެ ދެ ވަނަ ރާޅުގައި ހާލަތު ގޯސްވި އިންޑިއާގެ ކޭސްތައް ދަށަށް ދާން ފަށާފައި ވާއިރު، ހެލްތު މިނިސްޓްރީން ބުނީ އުމުރުން ދުވަސްވީ މީހުންގެ 60 ޕަސެންޓު މިހާރު ވެކްސިންގެ އެއް ޑޯޒް ޖަހައިފި ކަމަށެވެ.

ކޮވިޑުގެ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޑރ. ވީކޭ ޕައުލް މިއަދު ވިދާޅުވީ އެ ގައުމުގެ 172 މިލިއަން މީހުން އެއް ޑޯޒް ޖަހާފައިވާ ކަމަށެވެ.

"ވެކްސިންގެ އެއް ޑޯޒް ޖެހި މީހުންގެ އަދަދުތަކަށް ބަލާއިރު، އަޅުގަނޑުމެން މި ވަނީ އެމެރިކާއަށް ވުރެ ކުރީގައި،" ޑރ. ޕައުލް ވިދާޅުވި އެވެ.

އިންޑިއާގައި ކޮވިޝީލްޑާއި އެ ގައުމުގެ ކުންފުންޏަކުން އުފެއްދި ކޯވެކްސިން ބޭނުން ކުރެ އެވެ. އޭގެ އިތުރުން ވެސް އިންޑިއާގެ ޒައިޑަސް ކުންފުނިން ވެސް ވަނީ ކޮވިޑަށް ވެކްސިނެއް އުފައްދާފަ އެވެ.

އެ ވެކްސިނަށް އަދި ހުއްދަ ދީފައެއް ނުވެ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެ ވެކްސިން ގިނަ އަދަދުތަކުން ގަންނަން ޕްރީއޯޑަރު ދީފަ އެވެ.

ޑރ. ޕައުލް ވިދާޅުވީ ކޯވެކްސިން އާއި ޒައިޑަސް ވެސް ކުޑަކުދިންގެ މެދުގައި ޓެސްޓުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ބައެއް އެހެން ގައުމުތައް ފަދައިން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމަށް އިންޑިއާއިން ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox