ޝަންމުގެ ފުރަތަަމަ މެޗު، ފުވައްމުލަކަށް ވެސް ހާއްސަ

Jun 5, 2021, 4:36 AM
ސީރިއާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ތެރެއިން ޝަންމު ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ސީރިއާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ތެރެއިން ޝަންމު ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމުން ސަރަހައްދުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދިއިރު ވެސް ޓީމުގައި ގިނައިން ތިބީ ރާއްޖޭގެ އެކި ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ގައުމީ ޓީމަށް މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންނަށް ބަލާއިރު ވެސް ނިސްބަތުން އެންމެ ގިނައީ އަތޮޅުތެރޭގެ ކުޅުންތެރިންނެވެ. އެކި ރަށްރަށަން ނިސްބަތްވާ އެކި ކުޅުންތެރިން ގައުމީ ޖޯޒީގައި އެތައް އަހަރެއް ވަންދެން ކުޅެ، އަމިއްލަ ކެރިއަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފި އެވެ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ސީރިއާއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ކުޅެން އެރުމާ އެކު މިއީ ހަމައެކަނި އޭނާ އަށް ހާއްސަ މެޗެއް ނޫނެވެ. މިއީ ޝަންމު އުފަން ޏ. ފުވައްމުލަކަށް ވެސް ހާއްސަ ފެނިލުމެކެވެ. ރަސްމީ މެޗެއްގައި ސީނިއާ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުވައްމުލަކަށް ނިސްބަތްވާ ކުޅުންތެރިއަކު ފެނުނީ އެެވެ.

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް މި ސީޒަނުގައި ކުޅެމުން އަންނަ ޝަންމު އެންމެ ފުރަތަމަ ފެނުނީ ކްލަބް އީގަލްސް އިން 2016 ވަނަ އަހަރު އެވެ. ޒުވާން އުމުރުގައި ކްލަބް އީގަލްސްއާ ގުޅި އެ ޓީމާ އެކު ޔޫތު ފުޓްބޯޅަ މުބާރާތްތައް ކުޅުނު ޝަންމު ވަނީ އީގަލްސްގެ ސީނިއާ ޓީމަށް ވެސް މެޗުތަކެއް ކުޅެދީފަ އެވެ.

ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން ޝަންމު.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ޝަންމު، 22، މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވި ނަމަވެސް އޭނާގެ ކުޅުން ރަނގަޅަށް ފެންނަން ފެށީ މި އަހަރު އެވެ. މި ފަހަރު ސީޒަނުގެ މެދުތެރެއިން އިހުސާން އަބްދުލް ގަނީ (ސާންތީ)، ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމާ ހަވާލުވި ފަހުން ޝަންމު ވަނީ ލީގުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޝަންމު އަކީ ސާންތީ އީގަލްސްގައި ޓީމެއް ބިނާކުރަން ކުރި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފުރުސަތު ދިން ކުޅުންތެރިއެކެވެ. ފަހުން އޭނާ ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވީ އެވެ.

މި ފަހަރު ލީގުގައި ޔުނައިޓެޑް ވިކްޓްރީން ކުޅުނު 14 މެޗުގައި ވެސް ޝަންމު ކުޅެފައިވެ އެވެ. ޑިފެންޑަރެއްގެ އިތުރުން ބައެއް މެޗުތަކުގައި މެދުތެރެ އަށް ވެސް ކުޅުނެވެ.

ޒުވާން ކުޅުންތެރިން ޕްރޮމޯޓްކުރުމުގައި ކޯޗިން ކެރިއަރުގައި ހާއްސަ އަމާޒެއް ކަނޑައަޅައިގެން އަބަދު ވެސް މަސައްކަތްކުރާ ކޯޗު ސާންތީ ރޭ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ޝަންމުގެ ފޮޓޯއެއް ހިއްސާކޮށް ވަނީ ހިތްވަރު ދީފަ އެވެ. ސަންމު ވަނީ އޭނާގެ ކެރިއަރުގައި އަބަދު ވެސް ސާންތީ ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށް ބުނެފަ އެވެ.

ޝަންމު ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އަދި އެންމެ ފަހުން 23 އަހަރުން ދަށުގެ ގައުމީ ޓީމުން ކުޅުނު މުބާރާތްތަކުގައި ޝަންމު ވަނީ ކުޅެފަ އެވެ. މި ފަހަރު ގައުމީ ސީނިއާ ސްކޮޑުން އޭނާ އަށް ފުރުސަތު ލިބުނީ ހީނުކޮށް ހުއްޓަ އެވެ. އެއީ ފުރަތަމަ ނެގި ގައުމީ ޓީމުގެ ޕްރޮވިޝަނަލް ސްކޮޑުގައި ހިމެނުނު ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުގެ އިތުރުން ބައެއް ކުޅުންތެރިންތަކަކަށް އަމިއްލަ ސަބަބުތަކާ ހުރެ ގައުމީ ޓީމާ ގުޅެވެން ނެތުމުންނެވެ.

ގައުމީ ޓީމުން މިދިޔަ މަހު 22 ވަނަ ދުވަހު ދުބާއީ އަށް ޓްރެއިނިން ކޭމްޕް ފުރިއިރު، ޝަންމު އަށް ނުދެވުނެވެ. އެއީ ވިސާ ކަންތައްތައް ހަމަނުޖެހޭތީ އެވެ. ޝަންމު ޓީމާ ގުޅުނީ ތިން ދުވަސް ފަހުންނެވެ.

ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ގައުމީ ކޯޗު މާޓިން ކޫޕްމަން ދިން އިންޓަވިއުއެއްގައި ވަނީ އަލަށް ޓީމަށް ނެގި ކުޅުންތެރިން ކުރާ މަސައްކަތަށް ތައުރީފުކޮށްފަ އެވެ. އަދި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ވަނީ ފަރިތަކުރުންތަކުގައި އެ ކުޅުންތެރިން ކުރާ މަސައްކަތުގެ ތެރެއިން ޝަންމުގެ ނަން ފާހަގަކޮށްފަ އެވެ.

ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ޝަންމު ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

""ފާހަގަކޮށްލަން ޖެހޭ ޝަމާލް (ޝަންމު). ޝަންމު މެން ކަހަލަ ކުޅުންތެރިންނަކީ ޔޫވީ އެ ހިސާބަށް ގެނައުމުގައި ހާއްސަކޮށް އިހުސާނާ (ސާންތީ)އާ އެކު މަސައްކަތް އެ ފެނުނު ޕޮޒިޓިވް ކުޅުމަށް ބަލާއިރު. ގައުމީ ޓީމުގެ 25 ޖާގައެއް ހައްގު ކުޅުންތެރިއެއްކަން. (ގައުމީ ޓީމު)ގެ ޕްރެކްޓިސްތަކުގައި ވެސް އެބަ ސާބިތުކޮށްދޭ. އޭގެ އިތުރުން ވެސް އަލަށް ޓީމަށް ނެގި ކުޅުންތެރިންނަކީ އެ މީހުންގެ ކޮލިޓީ ހުރެގެން އެ މީހުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ނެގި ކުޅުންތެރިންކަން ޝައްކެއް ނުކުރެވޭ،" ސުޒޭން ބުންޏެވެ.

ސްކޫލް ދައުރުގައި ކްރިކެޓް ކުޅުނު ނަމަވެސް ޝަންމު އަކީ ރަށު ލެވަލްގައި ވެސް ފުޓްބޯޅައިގެ ގިނަ މުބާރާތްތަކެއް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ފަހަކަށް އައިސް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުވައްމުލަކުގެ ކުޅުންތެރިން ކޮންމެ ވެސް ވަރަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި އުމުރުފުރާ ގައުމީ ޓީމުތަކުން ވެސް ފުރުސަތު ހޯދަ އެވެ. އެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ސާދު ނިޒާރަކީ 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. އެ މުބާރާތުގެ ގިނަ މެޗުތަކުގައި ސާދު ވަނީ ކުޅެފަ އެވެ. އެ ފަހަރު ސްކޮޑުގައި ޝަންމު ވެސް ހިމެނެ އެވެ.

ރާއްޖޭގެ މަޝްހޫރު ކޯޗަކު މީގެ ކުރިން ފާޅުކުރި އެއް ކަންބޮޑުވުމަކީ އަތޮޅެއް ރަމްޒުކޮށްދޭ ގޮތަށް އޮތް ފުވައްމުލަކުން ގައުމީ ލެވަލުގެ މުބާރާތްތަކުގައި ކުޅެން ފެންވަރު ރަނގަޅު ފުޓްބޯޅަ ކުޅުންތެރިން ނާންނާކަމެވެ. އެކަމަކު މުސްތަގުބަލަށް ވިސްނައި ފުވައްމުލަކަށް ފެންވަރު ރަނގަޅު ވަސީލަތްތަކެއް ތަނަވަސްވެއްޖެނަމަ ރަނގަޅު ކުޅުންތެރިން އެ ރަށުން ނޫނީ އެ އަތޮޅުން އަންނަ ނިސްބަތް އަންނާނީ އިތުރުވަމުން ކަން އެ ކޯޗު ވެސް ފާހަގަކުރި އެވެ. އެ ގޮތަށް އެހެންވެއްޖެނަމަ ޝަންމު ފަދަ އިތުރު ކުޅުންތެރިންތަކެއް ގައުމީ ޓީމާ ހަމައަށް އައުމުގެ ފުރުސަތު މިހާރަށް ވުރެ ބޮޑުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox