ދަގަނޑޭ ކޮވިޑް ޓެސްޓް ނެގެޓިވްވެ ޓީމާ ގުޅުމުގެ ފުރުސަތު ލިބިއްޖެ

ދަގަނޑޭ ކޮވިޑް ޓެސްޓް ނެގެޓިވްވެ ޓީމާ ގުޅުމުގެ ފުރުސަތު ލިބިއްޖެ

މީގެ ފަސް ދުވަސް ކުރިން ގައުމީ ޓީމާ އެކު ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އެންމެ ފަހުން ކުރި ޓެސްޓް ނެެގެޓިވުމުން އޭނާ ޓީމާ ގުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މިރޭ ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ދަގަނޑޭ ގައުމީ ޓީމުގެ ފަރިތަކުރުންތަކާ ގުޅޭނެ އެވެ. މިއީ އަންނަ ހަފްތާގެ ހުކުރު ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި މި މަހު 15 ގައި ފިލިޕީންސާ ބައްދަލުކުރާ މެޗަށް ނުކުތުމުގެ ކުރިން ގައުމީ ކޯޗު މާޓިން ކޫޕްމަން އަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ.

އުމުރުން 35 އަހަރުގެ ދަގަނޑޭ ޕޮޒިޓިވްވީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ކުރި ޓެސްޓްތަކުން ކޮވިޑަށް ޕޮޒިޓިވްވެ މި ފަހަރު ކޮލިފައިންގައި ނުކުޅެވޭނެ ކަމަށް ބެލެވުނެވެ. އޭރު ދަގަނޑޭގެ އިތުރުން ގައުމީ ޓީމުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވެސް ޕޮޒިޓިވްވެ އައިސޮލޭޝަނަށް ދާން ޖެހުނެވެ.

ދަގަނޑޭ އާއި ތޮއްޕޭ ޕޮޒިޓިވްވީ މިިދިޔަ އާދިއްތަ ދުވަހު ވޯލްޑް ކަޕް/ އޭޝިއަން ކަޕް މެޗުތައް ކުޅެން ދުބާއީ މަގުން ޗައިނާ އަށް ދިއުމުގެ ކުރިން ކުރި ޓެސްޓްތަކުންނެވެ. އޭގެ ފަހުން ޗައިނާ ސަރުކާރުން ރާއްޖެ އާއި ސީރިއާ އަދި ފިލިޕީންސްގެ ކުޅުންތެރިން ޗައިނާ އަށް އެތެރެވުމުގެ ހުއްދަދޭން ދެކޮޅު ހެދި މައްސަލައިގައި ހައްލެއް ނުލިބި އެންމެ ފަހުން މެޗުތައް ކުޅެން ނިންމީ ދުބާއީގަ އެވެ.

މެޗު ކުޅުމުގެ ކުރިން ކުޅުންތެރިން ކޮވިޑް ޓެސްޓް ހަދާނެ އެވެ. ދަގަނޑޭ އާއި ތޮއްޕޭ ޓީމާ ވަކިން އައިސޮލޭޝަނުގައި ހުރި ނަމަވެސް އެ ދެ ކުޅުންތެރިންގެ ކޮވިޑް ޓެސްޓެއް ކުރަން ޓީމުން ނިންމައި ކުރި ޓެސްޓްތަކުން ދަގަނޑޭ ނެގެޓިވްވި ނަމަވެސް ތޮއްޕޭ އަދިވެސް ޕޮޒިޓިވް އެވެ.

މިދިޔަ މަހު ގައުމީ ޓީމު މާލޭގައި ހޮޓެލް ޖެންގައި ކޭމްޕް ޖަހާފައިވަނިކޮށް ދަގަނޑޭގެ އަންހެނުން ޕޮޒިޓިވްވެގެން އޭނާއާ ކޮންޓެކްޓްވެފައިވާތީ ޕްރޮޓޮކޯލްގެ ތެެރެއިން ދަގަނޑޭ އައިސޮލޭޝަނަށް ދާން ޖެހުނެވެ. އެކަމަކު އައިސޮލޭޓްވުމަށް ފަހު އޭގެ ފަހުން ޕީސީއާރް ޓެސްޓްތަކެއް ކޮށް ނެގެޓިވް ކަމަށް ދެއްކުމުން ދަގަނޑޭ ވަނީ އަލުން ޓްރެއިނިން ކޭމްޕާ ގުޅިފަ އެވެ.

ޓީމާ އެކު ދުބާއީ އަށް އައިސް އެންމެ ފުރަތަމަ ދަގަނޑޭ ވެސް ހިމެނޭ ގޮތަށް ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓްކުރި އެވެ. އެ ފަހުން ޕްރެކްޓިސްތަކުގައި ކުޅުންތެރިން ބައިވެރިވީ ޓެސްޓްތައް ނެގެޓިވްވުމުންނެވެ.

ގައުމީ ޓީމުން ދުބާއީ އަށް ޓްރެއިނިން ކޭމްޕަށް ދިޔައިރު، ޓީމު ދިޔައީ ތޮއްޕޭ އާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ނުލަ އެވެ. އެއީ އޭރު ތޮއްޕޭ ކޮވިޑަށް ޕޮޒިޓިވްވެ 14 ދުވަސް ހަމަވެފައިނުވާތީ އެ މުއްދަތު ހަމަވެފައި ޓެސްޓް ކޮށްގެން ފުރުމަށާއި ޝަމާލްގެ ވިސާ ކަންތައްތައް އެއްކޮށް ހަމަނުޖެހޭތީ އެވެ.

ތޮއްޕޭ އާއި ޝަންމު ދުބާއީ އަށް ދިޔައީ ގައުމީ ޓީމު ދިޔަތާ ދެ ދުވަސް ފަހުންނެވެ. ދުބާއީ އަށް ގޮސް ގައުމީ ޓީމާ އެކު ޓްރެއިނިންގައި ބައިވެރިވީ ވެސް ޓެސްޓްކޮށްފަ އެވެ. އެކަމަކު ފަހުން ތޮއްޕޭ ކުރި ދެ ޓެސްޓުން ވެސް މި ވަނީ ނެގެޓިވްވެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވުމުން މި ފަހަރު ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް ސްކޮޑާ އެކު ނުދެވުނު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް އީސާ (މެސީ)، ހަސަން ރާއިފް (ހަންނަ)، ޔަސްފާދު ހަބީބު (މުލަކޭ) އަދި އަބްދުﷲ ޔާމީން (ޔާން) ހިމެނެ އެވެ. ކޮވިޑުން ރަނގަޅުވެގެން ގައުމީ ޓީމާ ގުޅުނު ކުޅުންތެރިންނަކީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހުސެއިން ނިހާން (ނިހާޓް) އެވެ. އަދި އެ ލިސްޓަށް މިއަދު ދަގަނޑޭ އިތުރުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox