މަޖިލިސް ކޮމިޓީއަށް ހާޒިރުކުރަން ބޭނުންވާ ލިސްޓުގައި 40 ސިފައިން!

ރައްޔިތުންގެ މަޖިލީހުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ސިފައިން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ސިފައިން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ ޕާލިމަންޓަރީ އެންކުޔަރީއަށް ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެކަމަށް އެމްއެންޑީއެފުން ބުނެފައިވަނީ، އެ އެންކުޔަރީއަށް 40 އެއްހާ ސިފައިންގެ އޮފިސަރުން ހާޒިރުކުރަން ލިސްޓުކޮށްފައިވަނިކޮށް ކަމަށް އެނގިއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާލިމަންޓްރީ އިންކުޔަރީއެއް ހަދަން މަޖިލީހުގެ މެމްބަރުން އިގުރާރުވެ، ސަލާމަތާއި ހިދުމަތްތަކާބެހޭ (241) ކޮމިޓީއަށް ބާރުދީގެން ކުރިއަށް ގެންދާ އިންކުޔަރީއަށް މައުލޫމާތު އެއްކޮށްފައިވާއިރު، އެކަމުގައި ކުރީގެ އަދި މިހާރުގެ މާހިރުންގެ ލަފާއާއި އިރުޝާދު ވެސް ވަނީ ހޯދައިފަ އެވެ.

އަދި އެކަމާ ގުޅުންހުރި ފަރާތްތަކާ ސުވާލުކުރާނީ އެ މައުލޫމާތުތައް ދިރާސާކުރުމަށްފަހު ކަމަށް އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

Advertisement

"އަދަދު"އަށް އެނގިފައިވާ ގޮތުގައި މައުލޫމާތު އެއްކުރުމުގެ މަރުހަލާ ނިންމައި، ކޮމިޓީން ވަނީ ހާޒިރުކުރަންޖެހޭ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް އަންގަން ތައްޔާރުވެފައިވާއިރު، އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސިފައިންނާއި ފުލުހުންނެވެ.

އެގޮތުން، އެ ހަމަލާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަންޖެހޭ ކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭ އެކި ރޭންކުތަކުގެ 40 އެއްހާ ސިފައިންގެ އޮފިސަރުން ހިމެނޭކަން "އަދަދު"އަށް އެނގިފައިވެ އެވެ.

ނަޝީދަށް ސެކިޔުރިޓީ ދިނުމުގައި ފުލުހުންގެ ދައުރެއްނެތް ނަމަވެސް، އެ މުއައްސަސާ ކޮމިޓީއަށް ހާޒިރުކުރަނީ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމުގެ ކަންކަން އޮޅުންފިލުވުމަށެވެ.

އެގޮތުން، ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި ފަސް ބޭފުޅަކު ކޮމިޓީއަށް މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ކޮމިޓީން އެ ލިސްޓު އެކުލަވާލަމުން ދިޔަ ދަނޑިވަޅުގައި އެމްއެންޑީއެފުން އިއްޔެ ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ ބަޔާނެއް ނެރެފަ އެވެ.

އެ ދިގު ބަޔާނުގައި ބުނީ އެންކުޔަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާ އެވެ. ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލެއް ނުކުރެވޭނެ ކަމަށް ބުންޏެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނޭ ކަމަށް ބުނެ އެ ބަޔާނުގައި ހަވާލާދީފައި އޮތް އެއް މާއްދާއަކީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި އޮންނަނީ ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުތައް އެ މާއްދާގައި ބުނެފައިވާ ފަރާތްތަކަށް މެނުވީ ހާމަކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހެއް ނުހިމެނެ އެވެ.

އެހެންކަމުން ސިފައިންގެ ވަކިވަކި މީހުން މަޖިލީހަށް ހާޒިރުކުރި ނަމަވެސް ވަޒީފާގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ހާމަކުރުން އެ ގާނޫނު ހުއްދައެއް ނުކުރެ އެވެ.

ނަމަވެސް، އެކަމުގައި މަޖިލީހުގެ ހިޔާލުތަފާތެވެ.

މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރެވިދާނޭ ކަމަށް މަޖިލީހުން ދެކެނީ ގާނޫނު އަސާސީއަށާއި މަޖިލީހުގެ ގަވާއިދާއި ކުރީގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް އެމްއެންޑީފުން ބުނާއިރު، މަޖިލީހުގެ ރޫހު ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

2011، މާޗް 10 ވަނަ ދުވަހު ނެރެފައިވާ އެ އިސްތިޝާރީ ލަފާގައި ބުނެފައި އޮންނަނީ، ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވިޔަސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީ ގައި ބުނެފައި އޮންނަ ކަމަށެވެ.

އެކަމަކު އެ ނިންމުމަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނު އެ މަޖިލީހުން ފާސްކުރިއިރު، އެ ގާނޫނުގައި އޮތީ ރައްޔިތުންގެ މަޖިލީހުން ހިންގާ އިންކުއަރީތަކަށް ފަނޑިޔާރުން ހިމެނޭ ގޮތުން ހަމަ ކޮންމެ މީހަކުވެސް ހާޒިރު ކުރެވިދާނެ ކަމަށެވެ. އެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލު ކުރަމުން އޭރު ސުޕްރީމް ކޯޓުން ބުނީ، ފަނޑިޔާރުން ޖަވާބުދާރީ ވާންޖެހޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަމަށް ވާއިރު، އިންކުއަރީއަކަށް ނަމަވެސް ފަނޑިޔާރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުން ގާނޫނު އަސާސީ އާ ހިލާފު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox