ބްރެޒިލް ކުޅުންތެރިން ކޮޕަ އެމެރިކާ ބޮއިކޮޓް ކޮށްފާނެ

Jun 4, 2021, 6:03 AM
ބްރެޒިލް ޕްރެކްޓިހެއްގެ ތެރެއިން ކަސެމީރޯ (ކ) އާއި ޓީޓޭ.

ބްރެޒިލް ޕްރެކްޓިހެއްގެ ތެރެއިން ކަސެމީރޯ (ކ) އާއި ޓީޓޭ.

ސައޮ ޕައޮލޯ (ޖޫން 4) - ކޮވިޑް-19ގެ ހާލަތު ބްރެޒިލްގައި ގޯސްވެފައިވާ ވަގުތެއްގައި އެ ގައުމުން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ހޯސްޓްކުރަން ނިންމާފައިވާއިރު، އާންމުންގެ ހިތްހަމަަނުޖެހުންތައް އެކަމާ މެދު ހުރުމުން ބްރެޒިލްގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން މުބާރާތް ބޮއިކޮޓް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.

ސިޔާސީ ހަމަނުޖެހުންތަކާއި ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މި ފަހަރު ކޮޕަ އެމެރިކާ އެންމެ ފުރަތަމަ ހޯސްޓް ކުރަން ބެލި އާޖެންޓީނާ އާއި ކޮލަމްބިއާގައި އެކަން ނުކުރެވުނެވެ. ބިޑަށް ހުޅުވާލައިގެން ކޮޕަ އެމެރިކާ ހޯސްޓްކުރަން ދިން ފުރުސަތުގައި ބްރެޒިލް އިން މުބާރާތް ބޭއްވުމުގެ ފުރުސަތު ހޯދި އެވެ. އެ ނިންމުމާ މެދު ބްރެޒިލްގެ އާންމު ރައްޔިތުން ވަރަށް ބޮޑަށް ނުރުހުންވި އެވެ.

ކޮވިޑް-19ގެ ހާލަތުގެ ތެެރޭގައި ވެސް ދިރިއުޅެން ޖެހޭ ކަމަށާއި ކޮޕަ އެމެރިކާ ބާއްވަން ބްރެޒިލް ސަރުކާރުން ނިންމި ނިންމުން ރަނގަޅުކަމަށް އެ ގައުމުގެ ރައީސް ޖައިރް ބޮލްސޮނާރޯ ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުގެ އެ ނިންމުމަށް ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ރޮޖެރިއޯ ކަބަކްލޯ ވަނީ ތާއީދުކޮށްފަ އެވެ. އެކަމަކު އެ ވާހަކަތަކާ އެއްބަސްނުވާ ގިނަ ކުޅުންތެރިން ބްރެޒިލް ގައުމީ ޓީމުގައި އެބަތިއްބެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ބްރެޒިލުން އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ކުޅުންތެރިންގެ ނިންމުންތައް އާންމުންނަށް އެނގޭނީ މިރޭގެ މެޗަށް ފަހު ކަމަށެވެ.

"އެ މީހުން (ކުޅުންތެރިން)ގެ ވެސް ހިޔާލެއް އެބައޮތް. އެ މީހުން ދެކޭ ގޮތެއް ވެސް އޮންނާނެ. ކުޅުންތެރިން ވަނީ ރައީސް (ކަބަކްލޯ) އަށް ޝުއޫރުތައް ފާޅުކޮށްފައި. އާންމުންނަށް އެ ކަންކަން ހާމަކުރަނީ ވޯލްޑް ކަޕް ކޮލިފައިން މެޗަށް ފަހު. މި ވަގުތު ކުޅުންތެރިން ބޭނުންވަނީ އެ ކަމަށް ފޯކަސް ކުރަން،" ޓީޓޭ ބުންޏެވެ.

މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ބްރެޒިލްގެ ކެޕްޓަން ކަސެމީރޯ ހާޒިރުނުވީ ވެސް ކޮޕަ އެމެރިކާ ހޯސްޓްކުރުމާ މެދު ހުރި ހިތްހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް ޓީޓޭ ބުންޏެވެ.

ޓީޓޭ ބުނީ ވަކި ކަމަކަށް ކުޅުންތެރިން ލައްވައި ޕްރެޝަރު ކުރުވަން އޭނާ ބޭނުންނުވާ ކަމަށާއި އެކަމަކު ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗަކީ އެންމެ މެޗަކަށްވާތީ އެ މެޗު ވީހާ ވެސް ރަނގަޅަކަށް ކުޅެން ހުރިހާ ކުޅުންތެރިން ގާތު އެދިފައިވާ ކަމަށެވެ.

"އަހަރެން މި އުޅެނީ މި މެޗަކީ ކޮޕަ އެމެރިކާ އަށް ވުރެ މުހިއްމު އެއްޗެއްގެ ގޮތުގައި ދައްކާކަށެއް ނޫން. ކޮޕަ އެމެރިކާ ވެސް މުހިއްމު. އެކަމަކު މިހެން ކުޅޭ އެއް މެޗު ދެ މެޗާ ގިނަ ގައުމުތަކެއް އައިސްގެން ކުޅޭ މުބާރާތަކާ ތަފާތުވާނެ،" ބްރެޒިލް އަށް 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބު ކޮށްދިން ޓީޓޭ ހިމެނެ އެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ބްރެޒިލުން 470،000 މީހުން ވަނީ މަރުވެފަ އެވެ. މި މަސް ތެރޭގައި ކޮވިޑްގެ ތިން ވަނަ ރާޅެއްގެ އިންޒާރު ބްރެޒިލްގެ ސިއްހީ ތަޖުރިބާކާރުން ވަނީ ދީފަ އެވެ.

ކޮޕަ އެމެރިކާ ބްރެޒިލްގައި ހޯސްޓްކުރާނަމަ މުބާރާތުގައި ނުކުޅެން ނިންމާ ކުޅުންތެރިން މީޑިއާ އަށް އެ ވާހަކަތައް ހިއްސާކުރާނީ މިރޭ އެކުއެޑޯ މެޗަށް ފަހު އެވެ. އެކުއެޑޯ އާއި ބްރެޒިލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ފަތިހު 5:30 ގަ އެވެ. ބްރެޒިލް މޮޅުވެއްޖެނަމަ ކޮލިފައިން ގްރޫޕްގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox