އެމްއެންޑީއެފްގެ ނިންމުމަށް މަޖިލީހުން ދޫދިނުމެއް ނެތް!

ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ހަތިޔާރާއެކު ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ހަތިޔާރާއެކު ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގޮއްވައިލި ބޮމާއެކު އިދާރާތަކުގެ ބޮޑު ކުރިމަތިލުމެއް މަލަމަތިން ސިފަވާން ފެށި ފަހުން ދުވަސްތަކެއް ވެއްޖެ އެވެ.

އެއްކޮޅުގައި އޮތީ ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ގާނޫނު ހަދާ މަޖިލީހެވެ. އެމްޑީޕީގެ 65 މެމްބަރުންގެ ލަޝްކަރު ރުކުރުވާލައިފައިވަނީ އެ މީހުންގެ ލީޑަރުގެ ދިފާއުގަ އެވެ. ދައުލަތުން ހިމާޔަތްދޭ އެންމެ ސެކިޔުރިޓީ ރިސްކު ބޮޑު ބޭފުޅަކަށް އެވަރުގެ ހަމަލާއެއް ދެވުން މެމްބަރުންނަށް އެއްގޮތަކަށް ވެސް ބަލައެއް ނުގަނެވެ އެވެ. އެކަމަށް ޖަވާބުދާރީވާންޖެހެ އެވެ. ނުވަންޏާ މަޖިލީހުން ޖަވާބުދާރީ ކުރުވާނެ އެވެ. ހަނު ތިބެގެން، މައްސަލަ މިފަހަރު އޮއްބާނުލެވޭނެ އެވެ.

އެކަން ވަރަށް ސާފުކޮށް މަޖިލީހުގެ ތަޅުމުން ވެސް އެކި ފަހަރުމަތިން އަޑުއިއްވައިފި އެވެ. ސޯޝަލް މީޑިއާގައި ވެސް އެ ޖޯޝު ދަނީ ބަންޑުންވަމުންނެވެ. އެކަމަކު އެމްއެންޑީއެފް އަދި މިހާތަނަށް އޮތީ ހިމޭނުންނެވެ. ބަހުގެ އެ ހަމަލާތަކަށް ދިފާއީ ބާރު ގުޑުވައިލެވޭ ގޮތެއް ނުވި އެވެ. ހަމަލާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ފިޔަވައި، އެކަމާ ގުޅޭ ހިލަމެއް ވެސް ސިފައިންގެ ތެރެއަކުން ނުވެ އެވެ.

ތާރީހީ އިންކުޔަރީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިފަހަރު ތިބީ ދޫކުރާ ގޮތަކަށް ނޫނެވެ. މަޖިލީހުގެ ނަޒަރުގައި މިވަރުގެ ބޮޑުކަމެއް ރާއްޖޭގައި ނުހިނގާނެ އެވެ. އެއާއެކު މަޖިލީހުން ނިންމީ ތާރީހީ ނިންމުމެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާލިމަންޓްރީ އިންކުޔަރީއެއް ހަދަން މަޖިލީހުގެ މެމްބަރުން އިގުރާރުވެ، ސަލާމަތާއި ހިދުމަތްތަކާބެހޭ ކޮމިޓީއަށް ބާރުދިނެވެ. އެއާއެކު އެ މަސައްކަތް ރެޔާއިދުވާލު ކޮމިޓީން ދަނީ މަސައްކަތް ކުރަމުންނެވެ. ކުރީގެ އަދި މިހާރުގެ ފަންނީ ބޭފުޅުންނާއެކު ބޭރުގެ މާހިރުންގެ އެހީގައި ވަރަށް ފުޅާކޮށް މައުލޫމާތު އެއްކުރީ އެވެ.

ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މައުލޫމާތު އެއްކުރުމަށްފަހު ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް ކޮމިޓީއަށް ހާޒިރުކުރާނެ އެވެ. ކަން ހިނގައިދިޔަ ގޮތާއި އެކަން މެދުވެރިވި ސަބަބު ހޯދާނެ އެވެ. ނުފޮރުޅާ އެންމެ ގަލެއް ވެސް ނުބާއްވާނެ އެވެ.

ހަބަރު ލިބޭ ގޮތުގައި ކޮމިޓީން މިހާރު ވަނީ ބޭނުންވި މިންވަރަށް ހުރިހާ މައުލޫމާތެއް އެއްކޮށް ނިންމައިފަ އެވެ. މިހާރު ތައްޔާރުވެފައިވަނީ އެކަމާ ގުޅޭ ފަރާތްތައް ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އެގޮތުން، ލިސްޓުގެ އެންމެ ކުރީގައި އޮތީ ސަލާމަތީ ހިދުމަތްތަކެވެ. ފުލުހުންނާއި ސިފައިންގެ އިސްވެރިންނެވެ.

މައުލޫމާތު އެއްކޮށް ނިމުމުގެ ކުރިން ވެސް ލިސްޓުގެ ތަރުތީބު އޮތް ގޮތުގެ އިޝާރާތެއް ލިބުނީ، ހަމަލާއާ ގުޅޭ މައުލޫމާތެއް އޮތް ނަމަ ހިއްސާކޮށްދޭން ސަލާމަތީ ހިދުމަތްތަކަށް ހުޅުވާލުމުންނެވެ.

ފުރަތަމަ ފަހަރަށް ދިން ދައުވަތަށް ފަހު، އެންކުޔަރީއަށް ހާޒިރުކުރާ މީހުން ދޭ މައުލޫމާތަކާ ގުޅިގެން އެ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކޮމިޓީން އިލްތިމާސް ކުރަންޖެހުނީ އިޖާބައެއް ނުލިބިގެން ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ. އަދި އޭގެ ފަހުން ދެ ފަހަރެއްގެ މަތިން މައުލޫމާތެއް އޮތް ނަމަ ހިއްސާކޮށްދޭން މަޖިލީހުން އެދުނީ ވެސް ތަރުހީބެއް ނުލިބެންނެވެ.

އެމްއެންޑީއެފުން ޑިފެންސަށް

އެހާ ހިސާބަށް މި ކޯޅުން ނިއުޅިފައިވަނިކޮށް، މިއަދު ކުއްލި ގޮތަކަށް އެމްއެންޑީއެފުން ވަނީ އެ އިންކުޔަރީގެ ކުރިމަތީގައި ވަރުގަދަ އައްޑަނައެއް ބަހައްޓައިފަ އެވެ. އެމްއެންޑީއެފުން ނެރުނު ދިގު ބަޔާނެއްގައި ބުނީ އެންކުޔަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާ އެވެ. ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލެއް ނުކުރެވޭނެ ކަމަށް ބުންޏެވެ.

އެ ވާހަކަ އިތުރަށް ސާފުކޮށްދީ ބަޔާނުގައި ބުނީ ގާނޫނުއަސާސީގެ ދަށުން ކޮންމެ މީހަކު ވެސް އަދި ކޮންމެ މުއައްސަސާއެއް ވެސް ހެކިބަސްދިނުމަށާއި، މަޖިލީހުން ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގިދާނެ ކަމަށެވެ.

ނަޝީދާސް
ނަޝީދާސް

ރައީސް ނަޝީދުގެ ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އިސްވެރިން. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮންމެ މީހަކާއި ނުވަތަ ކޮންމެ މުއްސަސާއަކާ ރައްޔިތުންގެ މަޖިލީހުން ކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް ނުވަތަ މުއައްސަސާއަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމުގައިވެސް އެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، ސިފައިން ފާހަގަކުރަނީ ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ އެ ވަޒީރަކު ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާއަށެވެ.

ދެން ނެގީ ސިފައިންގެ ގާނޫނުގައި ސިފައިން ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށާއި، އޭނާ ޖަވާބުދާރީވާންޖެހޭނީ މިނިސްޓަރަށް ކަން ބަޔާންކުރާ މާއްދާތަކެވެ. އޭގެ އިތުރުން، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމުގައި ބުނެފައިވާކަން އެ ބަޔާނުގައި ފާހަގަކުރި އެވެ.

"ވީމާ، ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މި މުއައްސަސާގެ ފަރާތުން ކަމުގައި ދެކެމެވެ،"

ނަމަވެސް މަޖިލީހުން ބަލާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ، އެމައުލޫމާތެއް ވެސް މި މުއައްސަސާއިން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދިނެވެ.

މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކުރެވިދާނެތަ؟

ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރެވިދާނޭ ކަމަށް މަޖިލީހުން ދެކެނީ ގާނޫނު އަސާސީއަށާއި މަޖިލީހުގެ ގަވާއިދާއި ކުރީގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ. 2011، މާޗް 10 ވަނަ ދުވަހު ނެރެފައިވާ އެ އިސްތިޝާރީ ލަފާގައި ބުނެފައި އޮންނަނީ، ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވިޔަސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީ ގައި ބުނެފައި އޮންނަ ކަމަށެވެ.

އެ ނިންމުމަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނު އެ މަޖިލީހުން ފާސްކުރިއިރު، އެ ގާނޫނުގައި އޮތީ ރައްޔިތުންގެ މަޖިލީހުން ހިންގާ އިންކުއަރީތަކަށް ފަނޑިޔާރުން ހިމެނޭ ގޮތުން ހަމަ ކޮންމެ މީހަކުވެސް ހާޒިރު ކުރެވިދާނެ ކަމަށެވެ. އެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލު ކުރަމުން އޭރު ސުޕްރީމް ކޯޓުން ބުނީ، ފަނޑިޔާރުން ޖަވާބުދާރީ ވާންޖެހޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަމަށް ވާއިރު، އިންކުއަރީއަކަށް ނަމަވެސް ފަނޑިޔާރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުން ގާނޫނު އަސާސީ އާ ހިލާފު ކަމަށެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނޭ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނުގައި ހަވާލާދީފައި އޮތް އެއް މާއްދާއަކީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި އޮންނަނީ ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތުތައް އެ މާއްދާގައި ބުނެފައިވާ ފަރާތްތަކަށް މެނުވީ ހާމަކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހެއް ނުހިމެނެ އެވެ. އެހެންކަމުން ސިފައިންގެ ވަކިވަކި މީހުން މަޖިލީހަށް ހާޒިރުކުރި ނަމަވެސް ވަޒީފާގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ހާމަކުރުން އެ ގާނޫނު ހުއްދައެއް ނުކުރެ އެވެ.

މަޖިލީހުން ދޫދޭ ގޮތަކަށް ނޫން

އެނގިފައިވާ ގޮތުގައި ސިފައިން އެ ބަޔާން ނެރެފައިވަނީ، އެ އެންކުއަރީއަށް 40 އަކަށް ސިފައިންގެ އޮފިސަރުން ހާޒިރުކުރަން މަޖިލީހުން ލިސްޓު ހަދާފައިވަނިކޮށެވެ.

ސިފައިންގެ އެ ބަޔާނާ އެކު، އެނގިފައިވާ ގޮތުގައި، މަޖިލީސް ތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ހާއްސަކޮށް 241 ކޮމިޓީގެ މެމްބަރުން ތިބީ ދޫކުރާ ގޮތަކަށް ނޫނެވެ.

މަމަމަ
މަމަމަ

241 ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކޮމިޓީގެ ބައެއް މެމްބަރުންނާއެކު. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެ ބަޔާނުގެ ނިވަލުގައި ޖަވާބުދާރީ ނުވެ ނުތިބެވޭނެ ކަމަށް ކޮމިޓީން ގަބޫލުކުރެ އެވެ. ކޮމިޓީން ދެކޭ ގޮތުގައި ޕާލިމަންޓަރީ އިންކުޔަރީއަކަށް ކޮންމެ މީހެއް ވިޔަސް މައުލޫމާތު ދޭންޖެހޭނެ އެވެ. އެއީ މިކަމުގައި ޝާމިލުވާ އެއްވެސް މީހަކު ފޮރުވައިގެން ނުތިބެވޭނެކަމަށް ގަބޫލުކުރާތީ އެވެ.

ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ރޫހު ހުރީ، މި މައްސަލައިގައި ކުރިމަތިވެދާނޭ ގާނޫނީ ހުރަހެއް އޮތްނަމަ، އެ ހުރަހެއް ނައްތާލައިގެން ނަމަވެސް މި އިންކުއަރީ ކުރިއަށް ގެންދިއުމަށެވެ.

މަޖިލީހަށް ޖަވާބުދާރީވުމުގައި، ގާނޫނުއަސާސީއާއި ސިފައިންގެ ގާނޫނުތަކުގައި ބަޔާންކޮށްފައި ހުރި އުސޫލުތަކާ ހިލާފަށް އަމަލުކުރަން ލާޒިމްކުރާ، ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތްކަން ސިފައިންގެ ބަޔާނުގައި ފާހަގަކޮށްފައިވާއިރު، އެ ހިސާބަށް ދާން ވެސް ކޮމިޓީން ތައްޔާރުކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox