"ލިޓްލް އައިލެންޑް އެޑްވެންޗާ": ދިވެހިވަންތަ ގޭމެއް ވުޖޫދުކުރަނީ

"ލިޓްލް އައިލެންޑް އެޑްވެންޗާ": ދިވެހިވަންތަ ގޭމެއް ވުޖޫދުކުރަނީ

އާޓް އާއި ޓެކްނޮލޮޖީގެ އިމެއް ނޯންނާނެ އެވެ. އެކަން ސާބިތުކޮށްދޭން ފަންސަވީހަކަށް ހުނަރުވެރި ދިވެހި ޒުވާނުންގެ ޓީމަކުން ފަށައިގެން އުޅޭ މުޅިން އާ ޕްރޮޖެކްޓް ވަރަށް ހާއްސަ އެވެ. އެމީހުން މަސައްކަތްކުރަނީ ރާއްޖޭގެ ޗާލުކަމާއި ގުދުރަތީ މުއްސަނދިކަމާއި ދިވެހިވަންތަ ދިރިއުޅުން "ލިޓްލް އައިލެންޑް އެޑްވެންޗާ" އެއްގެ ތެރެއަށް ފައްތާލައި މުޅި ދުނިޔެއަށް ދިވެހިރާއްޖެ ދައްކައިލުމަށެވެ.

އެ ޓީމުގެ މުހައްމަދު ޝަމްހީލް މި ކިޔައިދެނީ "ލޫޕްކްރާފްޓް" ޓީމުން މިހާރު ޑިވެލޮޕްކުރަމުންދާ މި ގޭމްގެ ހިޔާލު ފެށިގެން އައި ގޮތާއި ގޭމްކުޅެން ޝައުގުވެރިވާ މީހުންނަށް މި އާ ބެހޭގޮތުން އެނގެންޖެހޭ ހުރިހާ ވާހަކައެކެވެ.

"ރާއްޖެ ވަރަށް ފިއުޗަރިސްޓިކް އެޕްރޯޗަކުން ދައްކައިލަން ވަރަށް ބޮޑު ޑެޑިކޭޝަނަކާއެކު ފަށައިގެން އުޅޭ ކަމެއް މިއީ. ވަރަށް ސޫތިން ހޯލްސަމް ގޭމަކަށް ވާނެ ކަމަށް އުއްމީދުކުރަނީ. ހާއްސަކޮށް ކުޑަކުދިންނަށް ވަރަށް ޝައުގުވެރި ގޭމަކަށް ހެދޭތޯ މަސައްކަތް މި ކުރަނީ،" 10 އަހަރު ވީ ލޫޕް ކްރާފްޓްގެ ސީއީއޯ އަދި ޓީމް ލީޑަރު ބުންޏެވެ.

Advertisement

އެހެންވީމަ ޝަމްހީލް ބުނާ ގޮތުން އޭނާގެ މި "ހޯލްސަމް" ޕްރޮޖެކްޓެއްގެ "އޯސަމް" މިންވަރު އަދި އެނގެން އޮތީ ކުރިއަށެވެ.

ލިޓްލް އައިލެންޑް އެޑްވެންޗާ ގޭމްގެ ޕޯސްޓާ
ލިޓްލް އައިލެންޑް އެޑްވެންޗާ ގޭމްގެ ޕޯސްޓާ

ލިޓްލް އައިލެންޑް އެޑްވެންޗާ ގޭމްގެ ޕޯސްޓާ

މި ގޭމްގެ ކުރު ޓްރެއިލާއެއް ލޫޕް ކްރާފްޓުން އިހަކަށް ދުވަހު ދައްކާލުމާއެކު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ގޭމްގެ ވިޝުއަލްސް ގެނެސްދީފައިވާ ހިތްގައިމުކަމުންނެވެ. މިއީ ރާއްޖޭގެ ރަށެއްގައި ކުޑަ ކުއްޖަކު ކުރާ ކުޑަ އެޑްވެންޗާއެކެވެ. އެހެންކަމުން ގުދުރަތީ މާހައުލު ވަރަށް ޑީޓެލް ކޮށް ގެނެސްދީފައިވެ އެވެ. ހިމަނާފައިވަނީ ދިވެހި ގުދުރަތީ ވެއްޓަކުން އިވޭނެ ދޫނީގެ އަޑުތަކާއި ރާޅު ޖަހާ އަޑު ފަދަ އަޑުތައް ވީހާވެސް ބޮޑަށް އޭގެ ގޮތުގަ އެވެ.

"ގޭމްގެ ޓްރެއިލާ ފެނިގެން ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުން ވެސް އެހީތެރިވާން ޝައުގުވެރިކަން ފާޅުކުރި. އަޅުގަނޑުމެން މިހާރުވެސް މިދަނީ ރާއްޖެއިން ބޭރުގެ ދެތިން ބަޔަކާ ގުޅިގެން ބޭރުގައި ވެސް މީތި ޕްރޮމޯޓްކޮށް މާކެޓްކުރުމުގެ މަސައްކަތް ވެސް ކުރަމުން،" ޝަމްހީލް ބުންޏެވެ.

ޝަމްހީލް ބުނީ، "ލިޓްލް އައިލެންޑް އެޑްވެންޗާ" އަކީ ރާއްޖޭގެ ގުދުރަތީ ވެށި ވަރަށް ބޮޑަށް އޭގެ ގޮތުގައި ބާއްވައިގެން ތަރައްގީވެފައިވާ ދުރު މުސްތަގްބަލެއްގެ ހިޔާލީ ދުނިޔެ އެއް ކަމަށެވެ. އެހެން ކަމުން ގޭމުގައި ރޮބޮޓް ތަކެއް ވެސް އުޅޭނެ އެވެ. އެޑްވެންޗާ ގޭމެއް ކަމުން ވަރަށް ޝައުގުވެރި ކުއެސްޓް ތައް ވެސް ހިމަނާފައިވާނެ ކަމަށް ބުންޏެވެ.

"ކުއެސްޓް ވެސް މި ހުންނަނީ ބޮޑަށް ބެކް ސްޓޯރީ އެއް އެއިން ޖެނެރޭޓް ކުރެވޭނެ ކަހަލަ ގޮތަކަށް. މިސާލަކަށް، ރަނގަޅު ކަންތައްތައް. އެންވަޔަރަމަންޓް ފުދޭވަރަކަށް ޕްރޮމޯޓް އެބަ ކުރަން ގޭމް ތުރޫކޮށް. މިސާލަކަށް، ކުއެސްޓް ތަކުގެ ތެރޭގަ ހިމެނޭނެ ރަށުތެރެ ސާފުކުރުން ކަހަލަ ކަންތައްތައް ވެސް. ދެން ހުންނާނެ މޫދާއި މޫދު އަޑީގެ ކުއެސްޓް ތައް ވެސް،" ޝަމްހީލް ބުންޏެވެ.

"އެހެންވީމަ ދިވެހި ކުޑަ ކުދިންނާއި ގައުމުން ބޭރުގެ ކުޑަކުދިންނަށް ވެސް ގޭމެއް ޒަރީއާއިން ވަރަށް ބޮޑަށް ރާއްޖޭގެ ވެށި އެކްސްޕްލޯ ކުރުމުގެ ފުރުސަތު ހޯދައިދިނުން މީގެ އެންމެ ބޮޑު ބޭނުމަކީ."

ގޭމް ހެދުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ކުޑައިރު ރަށުގައި ތަޖުރިބާކުރި އުފާވެރި ހަނދާންތަކާއި ކޮށް އުޅުނު ކަންތައްތަކާއި އެ މާހައުލާއި ސަގާފަތް ވީހާވެސް ބޮޑަށް އަސްލާ އެއްގޮތަށް ގެނެސްދިނުމަށް ކަމަށް ގޭމްގެ ލީޑް ޑިޒައިނާ ހާމިދު އިބްރާހިމް ބުންޏެވެ. އެކަމަކު ޒަމާނާ ބޮޑަށް ގުޅޭ ގޮތަށް ޝައުގުވެރި އެލެމެންޓްތަކެއްގެ ހިމަނައިގެން ވަރަށް ބޮޑަށް ތަރައްގީގެ މުޅިން ތަފާތު މަންޒަރެއް ދެއްކުމަށް ވެސް ވިސްނާފައިވާނެ ކަމަށް ވެސް ބުންނެވެ.

"މިސާލަކަށް ތަރައްގީ އަކީ ހަމައެކަނި ހައިރައިޒް އިމާރާތްތައް ހުރުން ނޫން ކަމާއި އެއްޗެހި. ގޭމް ގައި ފެންނަ ގެތައް ވެސް ބޭރުން ފެންނަން މި ހުންނީ ވަރަށް ދިވެހިކޮށް އެކަމަކު އިންޓީރިއާ ވަރަށް މޮޑަންކޮށް ހުންނާނީ. އަނެއްކާ ރޮބޮޓް ވެސް އެބަ އުޅޭ. އެހެންވީމަ ވަރަށް ބޮޑަށް ތިމާވެއްޓަށް ފޯކަސް ކޮށްފައި ތަރައްގީކުރާ ރަށެއް ފިއުޗާ ގައި ފެންނާނެ ގޮތް މީގެއިން އެބަ ދައްކުވައިދޭ," ޝަމްހީލް ބުންޏެވެ.

އޭނާގެ ޓީމުން ރަސްމީ މަސައްކަތުގެ އިތުރަށް ފަށައިގެން އުޅޭ މި މަސައްކަތަކީ ގޭމްކުޅެން ލޯބިކުރާ އެ ޓީމުގެ އެންމެންގެ ހުނަރުވެރިކަން މުޅިން ތަފާތު ގޮތަކަށް ފެނިގެންދާނެ މަސައްކަތަކަށް ވާނެ ކަމަށް ޝަމްހީލް ބުންނެވެ.

ގޭމް އަދިވެސް އޮތީ ޑިވެލޮޕިންގް މަރުހަލާގަ އެވެ. އެކަމަކު ފޫޑީސް، ގަންނަ މާޓް ފަދަ ކާމިޔާބު އީ ކޮމާސް މޮބައިލް އެޕްލިކޭޝަންތަކެއް މާކެޓަށް ނެރުނު ލޫޕްކްރާފްޓްގެ މި މަސައްކަތަށް މީހުން ކުރާ އުއްމީދު މިހާރު ވެސް ހުރީ އުހުގަ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox