އޮލިމްޕިކްސްގައި ކުޅެން ސަލާހު ބޭނުން: މިސްރު ކޯޗު

Jun 3, 2021, 3:51 AM
މި އަހަރު މިސްރުގެ މެޗެއްގެ ތެރެއިން ސަލާހު.

މި އަހަރު މިސްރުގެ މެޗެއްގެ ތެރެއިން ސަލާހު.

ގާހިރާ، މިސްރު (ޖޫން 3) - އަންނަ މަހު ޓޯކިޔޯގައި ފަށަން ނިންމާފައިވާ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ މިސްރު ޓީމުގައި ހިމެނިގެން ލިވަޕޫލްގެ މުހައްމަދު ސަލާހު އެ މުބާރާތުގައި ކުޅެން ބޭނުންވާ ކަމަށް މިސްރުގެ ކޯޗު މިސްރުގެ ކޯޗު ޝައުކީ ގާރިބް ބުނެފި އެވެ.

އޮލިމްޕިކްސްގައި ވާދަކުރަނީ 23 އަހަރުން ދަށުގެ ޓީމެވެ. އެކަމަކު އެ މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން 23 އަހަރުން މަތީ ތިން ކުޅުންތެރިންނަށް ކުޅެވެ އެވެ. ސަލާހުގެ ނަން މިސްރު ޓީމުގައި ހިމަނަނީ ދޮށީ ކުޅުންތެރިންނަށް ލިބޭ ޖާގައިގެ ތެރެެއިންނެވެ.

އޮލިމްޕިކްސް އަކީ ފީފާގެ ރަސްމީ މުބާރާތަކަށް ނުވާތީ އެ އިވެންޓުގައި ބައިވެރިވާން ގައުމީ ޓީމަށް ކުޅުންތެރިން ރިލީސްކުރުމުގެ އިހުތިޔާރު އޮންނަނީ ކްލަބަށް ދޫކޮށްލައިފަ އެވެ. މީގެ ކުރިން ވެސް ލިވަޕޫލާއި މިސްރު ޓީމާ ދެމެދު ވަނީ ސަލާހު ލައްވައި އޮލިމްޕިކްސްގައި ކުޅުވަން މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބާރުއަޅާތީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

Advertisement

މިސްރު ޓީވީ އަކަށް ގާރިބް ދިން އިންޓަވިއުއެއްގައި ބުނީ ސަލާހުގެ ހުއްދަ ހޯދައިގެން އޮލިމްޕިކްސްގައި އޭނާ ކުޅުވަން ލިވަޕޫލާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ސަލާހު އޮލިމްޕިކްސްގައި ކުޅެން ބޭނުންވާކަން އަހަރެމެން ގާތުގައި ބުނެފައިވާތީ އަހަރެމެން މިހާރު އެކަން ލިވަޕޫލްގެ ސަމާލުކަމަށް ގެނެސްފިން. ލިވަޕޫލަށް ވާނީ ރަސްމީކޮށް ސިޓީއެއް ވެސް ފޮނުވާފައި. ވަރަށް އަވަހަށް ގޮތެއް ނިމިގެންދާނެ،" ގާރިބް ވިދާޅުވި އެވެ.

ޕްރިމިއާ ލީގުގެ މިދިޔަ ސީޒަނުގައި ލިވަޕޫލް ކުޅުނު ފަހު މެޗުގެ ތެރެއިން ސަލާހު އަންނަ ސީޒަނުގެ ޖޯޒީގައި.

ލިވަޕޫލުން ސަލާހު ދޫނުކުރަން އުޅޭ ސަބަބަކީ އޮލިމްޕިކްސް އަށް ގޮސްފިނަަމަ އޭނާ އަށް ލިވަޕޫލްގެ ޕްރީ ސީޒަނާއި އަންނަ ސީޒަނުގެ ފުރަތަމަ މެޗުތައް ގެއްލިދާނެތީ އެވެ. ޕްރިމިއާ ލީގު ފަށަން ނިންމާފައިވަނީ އޮގަސްޓް 14 ގަ އެވެ. އޮލިމްޕިކްސް މި ވަގުތު ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 23 އިން އޮގަސްޓް އަށަކަށެވެ.

ކުޅުންތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ފިފްޕްރޯ އިން ހަދާފައިވާ ގަވާއިދު ބުނާގޮތުން އޮފް ސީޒަނުގައި (ޖޫން/ޖުލައި) ކުޅުންތެރިއަކު ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅެފިނަމަ އެ މުބާރާތުގައި އެ ކުޅުންތެރިއަކު ކުޅޭ ފަހު މެޗަށް ފަހު ތިން ހަފްތާގެ ރެސްޓެއް އޭނާ އަށް ލިބެން ޖެހެ އެވެ. އެއީ ކުޅުންތެރިންގެ ސިއްހަތަށް ވިސްނައި ފިފްޕްރޯ އިން ހަދާފައިވާ އުސޫލެކެވެ. އެކަމަކު އެ ތިން ހަފްތާގެ މުއްދަތު ކުރުކޮށްލުމުގެ އިހުތިޔާރު ކުޅުންތެރިންނަށް އޮވެ އެވެ.

އަންގާރަ ދުވަހު މިސްރުން ވަނީ ދެ ހަފްތާގެ ޓްރެއިނިން ކޭމްޕެއް ފަށައިފަ އެވެ. މިސްރުގެ އޮލިމްޕިކްސް ޓީމުގައި ހިމެނޭ ކުޅުންތެރިންނާ އުމުރުން 28 އަހަރުގެ ސަލާހު ވަނީ ބައްދަލުކޮށްފަ އެވެ. މިސްރުން އޮލިމްޕިކްސް އަށް ސްކޮޑު ފައިނަލް ކުރާނީ މި މަހު 22 ވަނަ ދުވަހު އެވެ. ސަލާހު ވަނީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ކުޅެފަ އެވެ. އެއީ އޭނާގެ އުމުރުން 20 އަހަރުގަ އެވެ.

ޖަޕާނުގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުން މި ފަހަރުގެ އޮލިމްޕިކްސް އެ ގައުމުގައި ބޭއްވިދާނެތޯ އަދިވެސް އޮތީ ސުވާލު އުފެދިފަ އެވެ. ޖަޕާނުގެ ގިނަ އާންމު ރައްޔިތުންނާއި ސިއްހީ ތަޖުރިބާކާރުން އަންނަނީ އެ ގައުމުގައި އޮލިމްޕިކްސް ހޯސްޓްކުރުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox