ދިމާވި މައްސަލައެއް ނޭނގޭ، ރެއާލާ ބެހޭގޮތުން ޒިދާންއާ ވާހަކަ ދައްކާނަން: އަންޗެލޮޓީ

Jun 2, 2021, 6:16 PM
2016 ވަނަ އަހަރުގެ މެޗެއްގެ ތެރެއިން އަންޗެލޮޓީ (ކ) އާއި ޒިދާން.

2016 ވަނަ އަހަރުގެ މެޗެއްގެ ތެރެއިން އަންޗެލޮޓީ (ކ) އާއި ޒިދާން.

މެޑްރިޑް (ޖޫން 2) - ރެއާލް މެޑްރިޑްގެ ކޯޗުކަމުން ޒިނެދިން ޒިދާން ވަކިވިއިރު ދިމާވި މައްސަލަތަކެއް އޭނާ އަށް ނޭނގޭ ކަމަށާއި މިހާރު އޮތް ރެއާލްގެ ޓީމާ ބެހޭގޮތުން ވަރަށް އަވަހަށް ޒިދާނާ ވާހަކަ ދައްކާނެ ކަމަށް ރެއާލްގެ ކޯޗުކަމާ ރަސްމީކޮށް މިރޭ ހަވާލުވި ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސްޕެއިނުގެ ނޫހެއް ކަމަށްވާ އޭއެސް އިން ވަނީ ޒިދާން ރެއާލް ކޯޗުކަމުން ވަކިވެ އެ ކްލަބްގެ ސަޕޯޓަރުންނަށް ފޮނުވި ސިޓީއެއް ހިއްސާކޮށްފަ އެވެ. އެ ސިޓީގައި ޒިދާން ބުނީ 2018 ވަނަ އަހަރު އެންމެ ފުރަތަމަ އޭނާ ރެއާލް ދޫކޮށްލީ ވަރަށް ރަނގަޅަށް އެ ކްލަބް ކުރިއަރުވައި ކާމިޔާބީގެ އެންމެ މަތީ ފަންތީގައި ބޭއްވުމަށް ފަހު ކަމަށެވެ.

އެކަމަކު ދެ ވަނަ ފަހަރު ޓީމު ދޫކޮށްލަން ޖެހުނީ މުޅިން ތަފާތު ހާލަތެއް އޮއްވައި ކަމަށާއި ޓީމު ދޫކޮށްލަން ނިންމި އެންމެ ބޮޑު ސަބަބަކީ ކްލަބްގެ ވެރިންގެ އިތުބާރު ނެތުމުން ކަމަށް ޒިދާން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޒިދާން ވަނީ ރެއާލްގެ މެނޭޖްމަންޓުން މިހާރު ކަންތައް ކުރަނީ ކްލަބްގެ ކުރިމަގަށް އެންމެ ރަނގަޅަށްތޯ ސުވާލު އުފައްދައިފަ އެވެ. އަދި ރެއާލްގެ ލީޑަޝިޕްގެ ވެސް ބައިވެރިވުމާ އެކު ކްލަބްގެ މަސްލަހަތު ގެއްލޭ ގޮތަށް ބައެއް ކަހަލަ ކަންތައްތައް ހިނގާ ކަމަށް ޒިދާންގެ އެ ސިޓީގައި ވަނީ ތުހުމަތުކޮށްފަ އެވެ.

ރެއާލަށް 2013 އިން 2015 އަށް ކޯޗުކޮށްދިން އަންޗެލޮޓީ ވަނީ ރެއާލާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ރެއާލް ކޯޗެއްގެ ގޮތުގައި އުމުރުން 61 އަހަރުގެ އަންޗެލޮޓީ ވަނީ މިއަދު މީޑިއާ އަށް ތައާރަފްކޮށްފަ އެވެ.

އަންޗެލޮޓީ ވަނީ ޒިދާންގެ އެ ވާހަކަތަކާ ގުޅުވައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފަ އެވެ. ޒިދާނަކީ އަންޗެލޮޓީ މީގެ ކުރިން ރެއާލަށް ކޯޗުކޮށްދިންއިރު، އެސިސްޓަންޓް ކޯޗެވެ.

"އަހަންނަށް ނޭނގޭ ޒިދާނާއި ކްލަބްގެ ރައީސާ (ފްލޮރެންޓީނޯ ޕެރޭޒް) ދެމެދު އެ އޮތް ގުޅުމެއް. އެކަމަށް ޖަވާބެއް ދޭން އަހަންނަށް އުނދަގޫވާނެ. އަހަންނަށް ރެއާލުން ގުޅީމަ އަހަރެން އެއްވެސް ކަމަކަށް ޝައްކެއް ނުކޮށް މި ޓީމާ ހަވާލުވީ،" އަންޗެލޮޓީ ބުންޏެވެ.

2015 ވަނަ އަހަރު ރެެއާލްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ޕެރޭޒް (ކ) އަންޗެލޮޓީ (މ) އަދި ޒިދާން.

"ރެއާލްގެ އެންމެން ޒިދާނަށް ޝުކުރު އަދާކުރަން ޖެހޭ. އޭނަ ކުރި މަސައްކަތް ވަރަށް ފުރިހަަމަ. އަހަރެން އަދި (ރެއާލާ ހަވާލުވި ފަހުން) އޭނައާ ވާހަކައެއް ނުދައްކަން. އެކަމަކު ވަރަށް އަވަހަށް މި ޓީމާ ބެހޭގޮތުން ވާހަކަ ދައްކާނަން. ޒިދާނަކީ އަހަރެންގެ ގާތް އެކުވެރިއެއް. އޭނައާ އަބަދު ވެސް ގުޅުން އޮވޭ،"

އަންޗެލޮޓީ ބުނީ އޭނާ އަކީ މީގެ ހަ އަހަރު ކުރިން ރެއާލްގައި ހުރި އަންޗެލޮޓީ ނޫން ކަމަށާއި ފުޓްބޯޅައިގައި މިދިޔަ އަަހަރުތަކުގައި އެކި ތަޖުރިބާކޮށްފައިވާ ކަމަށެވެ.

ޕީއެސްޖީ އާއި ބަޔާން އަދި އޭސީ މިލާނުގެ ކުރީގެ ކޯޗު އަންޗެލޮޓީ ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރު އެވަޓަން އަށް ބަދަލުވެފަ އެވެ. އެވަޓަން މި ފަހަރު ޕްރިމިއާ ލީގު ނިންމާލީ 10 ވަނައިގަ އޮވެ އެވެ.

ރެެއާލާ ހަވާލުވާން އަންޗެލޮޓީ އެވަޓަން ދޫކޮށްލިއިރު، އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރާއި ހަ މަސް އޮތެވެ. އެވަޓަންގައި ކުރަން ޖެހޭ މަސައްކަތާއި ރެއާލްގައި ހުރެ އަދާކުރަން ޖެހޭ ޒިންމާ ތަފާތުކަން އަންޗެލޮޓީ ވަނީ މިރޭ ކިޔައިދީފަ އެވެ.

"ރެއާލްގެ އަޒުމަކީ ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކުރުން. އެވަޓަންއާ އެކު މި އޮންނަނީ ޔޫރަޕްގެ ޖާގައަކަށް މަސައްކަތް ކުރުން. މީގެ ކުރިން އެ ޓީމަކީ ލީގުގެ ރެލިގޭޝަނުން ސަލާމަތްވާން ވެސް މަސައްކަތްކުރި ޓީމެއް. ދެން އެ ޓީމު ގޮވައިގެން މި ސީޒަނުގައި ފަހު ދުވަހު ވެސް ޔޫރަޕްގެ ޖާގައަކަށް ވާދަކޮށްލެވުން ވެސް އެއީ ކުރެވުނު ރަނގަޅު ކަމެއް،" 2014 ވަނަ އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން އަންޗެލޮޓީ ބުންޏެވެ.

ރެއާލްގައި މިހާރު އޮތް ސްކޮޑު ވެސް ރަނގަޅުކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޓީމަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު ކޯޗިން ސްޓާފުންނާ މަޝްވަރާކުރާނެ ކަމަށް އަންޗެލޮޓީ ބުންޏެވެ.

ރެއާލްގެ ލޯން އެއްބަސްވުމެއްގެ ދަށުން އެހެން ޓީމުތަކަށް ކުޅެމުން އަންނަ ގެެރެތު ބޭލް އާއި ދެނީ ސެބާޔޯސް ފަދަ ކުޅުންތެރިންނަށް އިތުރު ފުރުސަތެއް ކްލަބުން ދިނުމަކީ ވެސް ރަނގަޅު ނިންމުމަކަށް ވެދާނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ރެއާލްގައި މި ފަހަރު އަންޗެލޮޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ ކުރިން އެ ޓީމަށް ކުޅުނު ފުލްބެކް އަލްވާރޯ އާބެލޯއާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި މަހުގެ ނިޔަލަށް ރެއާލްގެ ކޮންޓްރެކްޓްގައި ހުރި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ކްލަބްގައި މަޑުކުރުވަން ކުރަން ޖެހޭ މަސައްކަތް ވެސް އެނގޭނީ މިހާރު މަޝްވަރާތައް ގޮސްފައި އޮތް ހިސާބެއް ބެލުމަށް ފަހު ކަމަށް އަންޗެލޮޓީ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox