ފޭސްބުކްގައި ކުރި ކޮމެންޓުން ޓެރަރިޒަމްގެ ތުހުމަތު، ބަންދަށް 15 ދުވަސް

މަޖިލިސް އިދާރާ ކުރިމަތީގައި ސިފައިންތަކެއް: ފޭސްބުކްގައި ކުރި ކޮމެންޓަކާއެކު ވަނީ ޓެރަރިޒަމްގެ ތުހުމަތުކޮށް 15 ދުވަހަށް ބަންދުކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މަޖިލިސް އިދާރާ ކުރިމަތީގައި ސިފައިންތަކެއް: ފޭސްބުކްގައި ކުރި ކޮމެންޓަކާއެކު ވަނީ ޓެރަރިޒަމްގެ ތުހުމަތުކޮށް 15 ދުވަހަށް ބަންދުކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމެއް ކަމަށް ބުނެ، ފޭސްބުކްގައި ކޮމެންޓް ކުރި މީހާ, 15 ދުވަހަށް ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހަސަން އަލާން އަލީ އެވެ.

މަޖިލީހުގެ އާ ދައުރުގެ ފުރަތަމަ ޖަލްސާ ކުރިއަށްދަނިކޮށް ރާއްޖެޓީވީގެ ފޭސްބުކް ލައިވަށް އޭނާ ކޮމެންޓް ކޮށްފައިވަނީ "ތި މަޖިލިސް ގޮއްވާލަންވީ،" ކަމަށް ބުނެ އެވެ.

Advertisement

އެ މައްސަލާގައި ރޭ އޭނާ ހައްޔަރުކުރުމަށްފަހު މިއަދު ބަންދު ޖެހުމަށް ކޯޓަށް ގެންދިޔުމުން ފުލުހުން އެދިފައިވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދިނުމަށެވެ.

ބަންދު މަޖިލީހުގައި ފުލުހުންގެ އޮފިސަރު ވިދާޅުވި ގޮތުގައި، އަލާންގެ ކޮމެންޓަކީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އަމަލެއް ކަމާއި އޭނާގެ އެ ކޮމެންޓަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމެއް ކަމަށެވެ.

"މިފަދަ ކަންކަމަކީ ފުލުހުން އާދައިގެ ކަންކަމުގެ ގޮތުގައި ބަލާނެ ކަންކަމެއް ނޫން،" އޮފިސަރު ވިދާޅުވި އެވެ.

އޭގެއިތުރުން، އަލާން އެ ކޮމެންޓް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައިކަމުން މައްސަލައިގެ ސީރިއަސްކަން އިތުރުވާކަން އޮފިސަރު ފާހަގަ ކުރެއްވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި، މިހާތަނަށް އަލާންގެ މައްޗަށް ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ކޮމެންޓްގެ ސްކްރީންޝޮޓަކާއި އޭނާގެ އެކައުންޓްތަކުގެ ސްކްރީންޝޮޓެއްގެ އިތުރުން އިންޓެލް ރިޕޯޓެކެވެ. އޭގެއިތުރުން އަލާންގެ އެޕާޓްމެންޓް ބަލައިފާސްކޮށް ދެ ފޯނާއި ދެ ހާޑް ޑްރައިވް އަދި ޕެން ޑްރައިވެއް ވަނީ ހޯދާފަ އެވެ.

އޮފިސަރު ވިދާޅުވި ގޮތުގައި އެތަކެތީގެ ފޮރެންސިކް ތަހުލީލުތައް ދަނީ ހަދަމުންނެވެ. އެ ތަހުލީލުތަކަށްފަހު އެ ހެކިތައް ވެސް ހުށަހަޅާނެ ކަމަށް އޮފިސަރު ވިދާޅުވި އެވެ.

އަލާންގެ ވަކީލް ރުޝްދުﷲ އިބްރާހިމް ވިދާޅުވި ގޮތުގައި، ފޭސްބުކަކީ ކޮންމެ މީހަކަށް ވެސް ކޮންމެ ނަމެއްގައި ވެސް އެކައުންޓް ހެދޭނެ އެއްޗަކަށްވާއިރު އެ ކޮމެންޓަކީ އަލާންގެ ކޮމެންޓެއްކަން ޔަގީން ނުވާ ކަމަށެވެ.

އަދި، އަލާންގެ އެ ކޮމެންޓްގެ ސަބަބުން ނޭދެވޭ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމާއި ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގުމަށް އަމަލީ ގޮތުން އަލާން ބައިވެރިވެފައިވާކަން ވެސް އެނގެން ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރުޝްދުﷲ ގަބޫލު ކުރެއްވި ގޮތުގައި، އަލާން ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެހެންވެ އޭނާ ބަންދުން ދޫކޮށްލުމަށް ނުވަތަ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުނެވެ.

ނަމަވެސް، ގާޒީ ނިންމެވީ އަލާން 15 ދުވަހަށް ބަންދު ކުރުމަށެވެ. ގާޒީ އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެ ކަމަށް ބުނެ ވާހަކަ ދެއްކުމަކީ މުޖުތަމައުއަށް ނުރައްކާވާ ފަދަ ކަމެއް ކަމާއި އަދި އެއީ އެކަމުން މުޅި މުޖުތަމައުއަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އެހެންވެ، އަލާންއަކީ މުޖުތަމައުއަށް ނުރައްކާވާ ފަދަ މީހެއްގެ ގޮތުގައި ބެލޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި، އޭނާގެ މައްޗަށް ކުށް ކޮށްފި ކަމަށް ތުހުމަތުވާ މިންވަރަށް ހެކި ލިބިފައިވާކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

އަލާންއަކީ މީގެކުރިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލައެއްގައި ވެސް ހައްޔަރުކުރި މީހެކެވެ.

އަލާން ހައްޔަރުކުރިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ، މިއަދުގެ ބަންދު މަޖިލިސް ކުރިއަށް ގެންދިޔައީ އަލާންގެ ޣައިރު ހާޒިރުގަ އެވެ. ގައިންގަޔަށް އަރާ ބަލި ޖެހިފައިވާ މީހުންގެ ބަންދު މަޖިލިސް ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަވައިދުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox