ކޮވިޑް-19 ޖެހިގެން އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވެއްޖެ

އެ ކުއްޖާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެ ކުއްޖާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރޭ ދަންވަރު އުމުރުން އެންމެ 10 އަހަރުގެ އަންހެންކުއްޖަކު މަރުވެއްޖެ އެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ކުޑަކުއްޖަކު މަރުވި ފުރަތަމަ ފަހަރެވެ.

ރޭ ދަންވަރު އައިޖީއެމްއެޗު ހޮސްޕިޓަލުގެ އެމަޖެންސީއަށް ގެނައި ކުޑަކުއްޖަކު މަރުވެފައިވާކަން އެ ހޮސްޕިޓަލުން "އަދަދު"އަށް ކަށަވަރުކޮށްދިނެވެ. އަދި އެ ކުއްޖާ ހުރީ ކޮވިޑަށް ޕޮޒިޓިވްވެފައިކަން ވެސް ހޮސްޕިޓަލުން ބުންޏެވެ.

ކޮވިޑް ޖެހިގެން ކުޑަކުއްޖަކު މަރުވެފައި މި ވަނީ ރާއްޖޭގައި އެ ބަލީގެ އާ ވޭރިއަންޓެއް އުފެދި ކުޑަކުދިންނާއި މާބަނޑު މީހުންނަށް ބަލިޖެހޭ މިންވަރު އަދި ބަލިން ބޮޑުވަރުވާ މިންވަރު މަތިވެފައި އޮއްވަ އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ރޭ ވިދާޅުވީ "މިފަހަރުގެ ކޮވިޑް ރާޅުގައި ކުޑަކުދިން ވަރަށް ވަރަށް ބަލިވާން ފަށައިފި" ކަމަށެވެ.

ދިފާއީ ނިޒާމް ދަށް ކުޑަކުދިންނާއި ކިޑްނީ ބަލި ހުންނަ ކުދިންނާއި މާ ބޮޑަށް ބަރު ކުދިންނާއި އެނދުމަތިވެފައި ތިބޭ ކުދިން ހާއްސަކޮށް ކޮވިޑުން ބޮޑުވަރުވާކަން ފާހަގަ ކުރެއްވޭ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ.

ކޮވިޑް ފެތުރުން ބޮއްސުންލައި ކޮންމެ ދުވަހަކު އެ ބަލިޖެހޭ މީހުންގެ އަދަދު 1000 މަތީގައި އުޅުނުއިރު ދުވާލަކު 80 ވަރަކަށް ކުދިންނަށް އެ ބަލިޖެހެމުންދިޔަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ބުނެފައިވެ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެކަނި ވެސް އުމުރުން އެއް އަހަރު ނުވާ 381 ކުދިންނަށް ކޮވިޑް ޖެހުނެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި ކޮވިޑު ފެތުރުން ކޮންޓްރޯލުން ނެއްޓިފައިވާއިރު، އެ ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މިހާރު ވަނީ އަނެއްކާވެސް ހަރުކަށިކޮށްފަ އެވެ.

އެ ފިޔަވަޅުތަކާއެކު ނަންބަރުތައް މިހާރު މަޑުމަޑުން ދަށްވާން ފަށާފައި ވީ ނަމަވެސް، އިއްޔެ އެކަނި 768 މީހަކަށް އަލަށް ބަލި ޖެހުނެވެ.

އެއާއެކު ރާއްޖޭގައި މިވަގުތު ކޮވިޑު ޖެހިފައިތިބި މީހުންގެ އަދަދު ވަނީ 24،000 ހުރަސްކޮށްފަ އެވެ. އޭގެ ތެރެއިން 208 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާއިރު، ޕޮޒިޓިވް މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ދާން ފެށުމުން، ސަރުކާރުން ވަނީ އެ ބައްޔަށް ފަރުވާދޭ އެނދުތައް ވެސް އިތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox