ބޮޑު ޗެލެންޖާ ކުރިމަތިލަން ފިޓްނަސް ކޯޗު އިސްކުރަނީ ގައުމީ ޓީމުގެ އިތުބާރު

ގައުމީ ޓީމުގެ ފިޓްނަސް ކޯޗު ގާހާޑް ވާމިންކް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމުގެ ފިޓްނަސް ކޯޗު ގާހާޑް ވާމިންކް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މި ވޭތުވެދިޔަ 15 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިއަކަށް އެންމެ ގިނަވެގެން ވެސް ކުޅެވޭނީ ވާދަވެރި 15 މެޗެވެ. އެއީ މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ 14 މެޗާއި އޭއެފްސީ ކަޕްގެ ކޮލިފައިންގައި އީގަލްސް ކުޅުނު މެޗާ އެކު ޖުމްލަ 15 މެޗެވެ.

އެ ވިސްނުމުގައި ބަލާއިރު ވެސް ފިޓްނަސް ލެވަލް އެންމެ މަތީގައި ބަހައްޓައިގެން މި ހުކުރު ދުވަހު ފަށާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކުގައި ޕާފޯމްކުރަން ބަލާއިރު, ގައުމީ ޓީމަށް ހުންނާނެ ގޮންޖެހުން އިހުސާސް ކުރެވޭނެ އެވެ. އެ ޗެލެންޖް ނަގައި އެ ޒިންމާއާ ހަވާލުވެ، ހުރީ ދާދި ފަހުން ގައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް ގެނައި ނެދަލެންޑްސްގެ ގާހާޑް ވާމިންކް އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގައި ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިން ޓްރެއިން ކުރުމުގެ ރަނގަޅު ރެކޯޑެއް އޮތް ނެދަލެންޑްސްގެ ފުޓްބޯޅައިގައި ވާމިންކް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު އޭނާ ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވެ، ފުރަތަމަ ކުރަން ޖެހުނު ތަޖުރިބާ އަކީ ހޮޓަލެއްގައި ތާށިވެ ތިބި ކުޅުންތެރިންތަކެއް ޓްރެއިން ކުރުމެވެ. މާލޭގައި މިދިޔަ މަހު ގައުމީ ޓީމު ހަފްތާއެއްހާ ދުވަހު ހޮޓެލް ޖެންގައި ތިބިއިރު، ޓްރެއިނިންތައް ގެންދިޔައީ ވާމިންކްގެ ޕްލޭނަކާ އެއްގޮތަށް ޖެންގެ ބޯލްރޫމުގަ އެވެ. އެ ކަންބޮޑުވުންތަކަށް ހައްލެއް ލިބުނީ މިދިޔަ މަހު 22 ވަނަ ދުވަހު ދުބާއީ އަށް ގޮސް އެ ގައުމުގައި ގައުމީ ޓީމުން ޓްރެއިނިންތައް ފެށި ހިސާބުންނެވެ.

"މިއީ ވަރަށް ބޮޑު ޗެލެންޖެއް. ފުރަތަމަ ހޮޓަލެއްގައި އަހަރެމެން ޓްރެއިނިން ގެންދިޔައީ. ނަސީބަކުން މިހާރު ޕިޗްގައި (ދަނޑެއްގައި) ޓްރެއިނިން އެބަކޮށްލެވޭ އެކަމަކު އެ ވަރަކުން ވެސް ހިތްހަމަޖެހޭ ގޮތަކަށް ނޫން އޮތީކީ. ކުރަން ހުރި މަސައްކަތް ގިނަ،" ޓްރެއިނިން ކޭމްޕްގެ ތެރެއިން ދިން އިންޓަވިއުއެއްގައި ވާމިންކް ބުންޏެވެ.

މީގެ ކުރިން ރިކީ ހާބަޓް ގައުމީ ޓީމަށް ކޯޗުކޮށްދިންއިރާއި ޕީޓަ ސެގާޓް ގައުމީ ޓީމު ގޮވައިގެން މަސައްކަތްކުރިއިރު، ފިޓްނަސް ކޯޗުން ގެންގުޅުނެވެ. އަދި ރާއްޖޭގެ ކްލަބްތަކުގައި ވެސް މި ސީޒަނުގައި އަންނަނީ ފިޓްނަސް ކޯޗުންގެ އެހީތެރިކަން ހޯދަމުންނެވެ. ރާއްޖެ ގެންނަ ފިޓްނަސް ކޯޗުންގެ އެންމެ ބޮޑު ޒިންމާ އަކަށް ވެފައި އޮތީ ގާތްގާތުގައި ކުޅެން ޖެހޭ މެޗުތަކަށް ކުޅުންތެރިން ރަނގަޅު ލެވަލެއްގައި ފިޓްކޮށް ބެހެއްޓުމެވެ.

ގައުމީ ޓީމުގެ ޓްރެއިނިންއެއްގެ ތެރެއިން ވާމިންކް (ކ) އާއި ކެޕްޓަން އަކުރަމް އަބްދުލްގަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމު ގޮވައިގެން އެ މަސައްކަތާ ހަވާލުވެ، ވާމިންކް އަދާކުރަން ޖެހުނު ޒިންމާ އަކީ ފަހެއް ނޫނީ ހަ ވަރަކަށް ހަފްތާ އެއްވެސް މެޗު ފިޓްނަސްގެ ކަމެއް ނުކުރެވި ކުޅުމާ ދުރުގައި ތިބި ގިނަ ކުޅުންތެރިންތަކެއް 11 ދުވަހުގެ ތެރޭގައި އޭޝިއާ ފުޓްބޯޅައިގެ ގަދަ ތިން ޓީމަކާ ކުޅެވޭނެ ރަނގަޅު ލެވަލަކަށް ގެނައުމެވެ. އެކަން އޭނާ އަށް ކުރެވެން އޮތީ ކުޅުންތެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންނެވެ. މިހާތަނަށް ލިބޭ ސަޕޯޓާ މެދު އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ.

"އަހަންނަށް ނެތް މާ ސްލޯ ކޮށްވެސް ދެވެން. އެއީ މެޗުތައް މި އޮތީ ވަރަށް ކައިރީގައި. އަހަންނަށް ވަރަށް އަވަސް އަރުވާލައިގެން ވެސް ކަންތައްތައް ނުގެންދެވޭނެ. އެއީ އަވަސް ކޮށްލައިގެން ކުރާ ކަމަކުން މެޗު ނުކުޅެ ތިއްބައި ދެވޭ ލޯޑެއްގެ ސަބަބުން މި ކުޅުންތެރިންނަށް އަނިޔާވެދާނެ. ތައްޔާރުމިވަނީ ފަސޭހަ ކަމަކަށް ނޫން. އުނދަގޫ ކަމަކަށް ވިޔަސް މި ކުޅުންތެރިން ކުރާ ހިތްވަރަށް ތައުރީފުކުރަން ބޭނުން. އަހަރެން އިތުބާރުކުރަން އެ ކުޅުންތެރިން އެކުރާ މަސައްކަތަަށް،" ވާމިންކް ބުންޏެވެ.

ކުރެވޭނެ ކަމަށް ބަލައިގެން އިތުބާރު ކޮށްގެން މަސައްކަތް ކުރުން އޮތީ. ޓީމުން ފެންނަނީ އެ ރޫހު - ވާމިންކް

ވާމިންކް ބުނީ ކޮންމެ ޓްރެއިނިން ދުވަހަކަށް ފަހު ވެސް ކުޅުންތެރިންނާ ވާހަކަ ދައްކައި އެ ކުޅުންތެރިންގެ ހާލަތު ދެނެގަނެ މައުލޫމާތު އެއްކުރާ ކަމަށެވެ. އޭގެ ސަބަބުން އެކި ކުޅުންތެރިންނަށް ވަކިވަކިން ފޯކަސް ކޮށްގެން ވެސް މަސައްކަތްކުރަން ފަސޭހަވާކަމަށް ވާމިންކް ބުންޏެވެ. އަދި ކުޅުންތެރިންގެ ފަރާތުން ލިބޭ މައުލޫމާތުތަކަށް ބަލައި އެ ކުޅުންތެރިންގެ ފިޓްނަސް މައްޗަށް ޖައްސަން ކުރަން ޖެހޭ މަސައްކަތް ވަރަށް ރަނގަޅަށް އެނގޭތީ ކުރަން ހުރި ބައެއް ކަންކަމަށް ލުޔެއް ލިބޭކަން ވާމިންކް ފާހަގަކުރި އެވެ.

"ބައެއް ކުޅުންތެރިން އެބަހުރި ފިޒިކަލީ ރަނގަޅަށް ވެސް. އެއީ މެޗުތަކެއް ފަހުން ކުޅެފައި ނޫނީ ޓްރެއިން ކޮށްފައި ހުރީމަ. ދެން ތިބި ކުޅުންތެރިން ތަންކޮޅެއް ފަހަތުގައި ވެސް އެބަތިބި ފިޓްނަސް ލެވަލްގައި ބަލާއިރު. އެކަމަކު ވަގުތު ނަގައިގެން އެ ކުޅުންތެރިން ރަނގަޅުކުރެވޭނެ،" ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިގެން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ވާމިންކް ބުންޏެވެ.

ވާމިންކް ބުނީ ހަގީގަތުގައި ގައުމީ ކޯޗު މާޓިން ކޫޕްމަން އަށް ވެސް މީގެ މެޗުތައް ހުރި ގޮތުން ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. އެކަމަކު ޕެންޑަމިކެއްގެ ތެރޭގައި އުޅޭއިރު ކަންކަން ކުރަން ޖެހޭނީ ހާލަތުތަންދޭ ގޮތަކުން ކަމަށް ވެސް ގަބޫލުކުރަން ޖެހޭކަމަށް ވާމިންކް ގަބޫލުކުރެ އެެވެ.

ކޮލިފައިންގެ ގްރޫޕް އޭގެ ފަހު މެޗުތައް ސެންޓްރަލައިޒްކޮށް ޗައިނާގައި މިހާރު ބޭއްވޭނެ ގޮތެއް ނުވުމުން އެ މެޗުތައް ވަނީ ދުބާއީ އަށް ބަދަލުކޮށްފަ އެވެ. ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ.

އެންމެ ފުރަތަމަ ޝެޑިއުލްގައި އޮތްގޮތުން ރާއްޖެ އާއި ޗައިނާ މެޗު އޮތީ މާދަމާ ކުޅޭގޮތަށެވެ. އެކަަމަކު ޓެސްޓްތައް ކޮށްގެން ދުބާއީ އަށް އައިސް ކުރު މުއްދަތެއްގައި ތައްޔާރުވާން ޖެހޭނެތީ ޗައިނާ އަށް އެ މެޗު މާދަމާ ކުޅެވޭނެ ގޮތެއް ނެތެވެ. އެހެންވެ އޭއެފްސީން ޝެޑިއުލް ހެދިއިރު ނިންމީ ދުބާއީގައި ތިބި ރާއްޖެ އާއި ސީރިއާ މެޗު ހުކުރު ދުވަހަށް ޝެޑިއުލްކުރާށެވެ. ކުރިން އެ މެޗު ކުޅެން އޮތީ މި މަހު ހަތް ވަނަ ދުވަހު އެވެ. މިއީ ހަގީގަތުގައި ރާއްޖޭގެ ހޯމް މެޗެކެވެ.

ޝެޑިއުލަށް ގެނެވުނު ބަދަލާ އެކު މި މަހު 11 ވަނަ ދުވަހު ކުޅޭނީ ޗައިނާ އާއި ރާއްޖޭގެ މެޗެވެ. ރާއްޖެ ކޮލިފައިންގައި ކުޅޭ ފަހު މެޗު އޮންނާނީ މި މަހު 15 ވަނަ ދުވަހު ފިިލިޕީންސާ ދެކޮޅަށެވެ.

ގައުމީ ކޯޗު ކޫޕްމަން ވަނީ ޝެޑިއުލަށް މިއައި ބަދަލުގެ ސަބަބުން މާދަމާ މެޗެއް ކުޅެން ނެތުމުން އެކަމާ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އަދި އެ ގޮތަށް ކަންތައްތައް ކޮށްދެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރި އެވެ.

ގައުމީ ޓީމާ މިދިޔަ އަހަރުގެ ޖެނުއަރީގައި ހަވާލުވި ފަހުން ކޫޕްމަން އަދި ޓީމު ގޮވައިގެން މެޗަކަށް ނުނިކުމެ އެވެ. ކޫޕްމަންގެ ކޯޗުކަމުގައި ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިހާރު އޮތްގޮތުން ބައްދަލުކުރާނީ ސީރިއާއާ އެވެ. ރާއްޖެ ވަނީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ސީރިއާ އަތުން 2-1 އިން ބަލިވެފަ އެވެ. އެ މެޗުގައި ރާއްޖޭގެ ގޯލު ޖެހި އަލީ އަޝްފާގު (ދަގަނޑޭ) މި ވަގުތު ހުރީ ކޮވިޑަށް ޕޮޒިޓިވްވުމުން އައިސޮލޭޝަނުގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox