ކޮންޓޭ ފެނުން ގާތީ ޓޮޓެންހަމް ބެންޗުން؟

Jun 1, 2021, 7:21 AM
އިންޓަގެ މެޗެއްގެ ތެރެއިން ކޮންޓޭ.

އިންޓަގެ މެޗެއްގެ ތެރެއިން ކޮންޓޭ.

ލަންޑަން (ޖޫން 1) - އިޓަލީގެ މަޝްހޫރު ކޯޗު އެންޓޯނިއޯ ކޮންޓޭ، އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވުމަކާ ގާތަށް ގޮސްފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކޮންޓޭގެ އިތުރުން ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރުކަމުން ދާދި ފަހުން ވަކިވި ފަބިއޯ ޕަރަޓީޗީ ވެސް ޓޮޓެންހަމާ ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕަރަޓީޗީ ވަނީ ޔުވެންޓަސްގައި 11 އަހަރު ވަންދެން މަސައްކަތްކޮށްފަ އެވެ. އަދި ކޮންޓޭއާ އެކު ޔުވެންޓަސްގައި 2011 އިން 2014 އަށް މަސައްކަތްކުރި އެވެ.

އިންޓަ މިލާނަށް 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދައިދިންތާ މާ ގިނަ ދުވަހެއް ނުވެ ކޮންޓޭ އެ ޓީމު ކޯޗުކަން ދޫކޮށްލީ ސަބަބުތަކާ އެކު އެވެ. އެއީ އިންޓަ ހިންގަމުން އަންނަ ޗައިނާގެ ކުންފުނި ސަނިން ހޯލްޑިންގްސް ގްރޫޕުން ކްލަބްގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން ނިންމުމާ އެކު އެވެ. ކޮންޓޭ އިންޓަ ދޫކޮށްލީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައި ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ.

ކުރިން ޔުވެންޓަސް އާއި ޗެލްސީ އަށް ކޯޗުކޮށްދިން ކޮންޓޭ ހޯދަން ރެއާލް މެޑްރިޑުން ވެސް ޝައުގުވެރިވެ އެވެ. އެކަމަކު ކޮންޓޭ މިހާރު ބޭނުންވަނީ އަލުން އިނގިރޭސި ކްލަބަކާ ގުޅެން ކަމަށާއި ޓޮޓެންހަމުން ކޮންޓޭގެ ބައެއް ޝަރުތުތަކަށް އެއްބަސްވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން ޓޮޓެންހަމުން ވަނީ ކޮންޓޭ އަށް އަހަރަކު 17 މިލިއަން ޕައުންޑްގެ މުސާރައެއް ދޭން ނިންމައިފަ އެވެ. މިއީ އިންޓަ އިން ކޮންޓޭ އަށް ދިން މުސާރަ އަށް ވުރެ އިތުރު އަދަދެކެވެ.

ކޮންޓޭ ވަނީ ޓޮޓެންހަމާ ގުޅޭނަމަ އޭނާ ބޭނުންވާ އިންޓަގެ ތިން ކުޅުންތެރިއަކު ގެނެސްދޭން އެދިފަ އެވެ. އޭގެ ތެެރޭގައި ރޮމެލޫ ލުކާކޫ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ލުކާކޫ ވަނީ ކޮންޓޭގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ލުކާކޫ ވަނީ ޕްރިމިއާ ލީގުގައި ޗެލްސީ، ވެސްޓް ބްރޮމް، އެވަޓަން އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފަ އެވެ.

ޓޮޓެންހަމްގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ ވަކިކުރީ މިދިޔަ އޭޕްރީލް މަހުގަ އެވެ. ސީޒަންގެ ފަހު މެޗުތަކުގައި ޓޮޓެންހަމަށް ކޯޗުކޮށްދިނީ ޔޫތު ކޯޗު ރަޔާން މޭސަން އެވެ. ޓޮޓެންހަމްގެ ކޯޗުކަން އިޓަލީގެ ކޯޗަކާ ހަވާލުކުރަން އެ ޓީމުގެ ބޯޑް މެމްބަރުންގެ ބޮޑު ތާއީދެއް އެބައޮތެވެ.

ކޮންޓޭ ވަނީ އޭނާ މަސައްކަތްކުރި ކްލަބްތަކުގައި ތަފާތު ދައްކައިފަ އެވެ. ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކުރިއިރު، ޗެލްސީއާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ. ޗެލްސީގެ ކޯޗުކަމުން 2018 ވަނަ އަހަރު ވަކިކުރި ނަމަވެސް އޭނާ އެ ސީޒަނުގައި ވަނީ އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދީފަ އެވެ.

ޓޮޓެންހަމުން އެ ޓީމަށް ކުރިން ކޯޗުކޮށްދިން މިހާރު ޕީއެސްޖީގައި ހުރި ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަލުން ގެންނަން މަސައްކަތްކުރި ނަމަވެސް ޕީއެސްޖީން އެ ގޮތަށް ޕޮޗެޓީނޯ ދޫކޮށްލަން ބޭނުމެއްނުވި އެވެ. އެހެންވެ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީ ބޮޑަށް ފޯކަސް ކުރީ ކޮންޓޭ ހޯދާށެވެ.

ކޮންޓޭ ނުލިބޭނެކަމަށް ބަލައި ރެއާލުން އަންނަނީ އެހެން ކޯޗުންނަށް ބަލަމުންނެވެ. އެ ގޮތުން ރެއާލުން ޝޯޓްލިސްޓު ކޮށްފައިވާ ކޯޗުންގެ ތެރޭގައި ޕޮޗެޓީނޯ އާއި މިހާރު އެވަޓަންއާ ހަވާލުވެހުރި ކުރިން ރެއާލަށް ކޯޗުކޮށްދިން ކާލޯ އަންޗެލޮޓީ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox