ރެވެނިއު ސްޓޭމްޕް އުވާލަން ކޮމިޓީން ނިންމައިފި

އެކި ލިޔެކިޔުންތަކުގައި ޖަހަން އެންމެ އާއްމުކޮށް ބޭނުންވާ 10ރ. އާއި 50ރ. ގެ ރެވެނިއު ސްޓޭމްޕް: ރެވެނިއު ސްޓޭމްޕް ޖެހުން އުވާލަން މަޖިލީހަށް ވަނީ ވައްދާފަ. -ފޮޓޯ: ޝިހާދު އިބްރާހިމްގެ ޓްވިޓާ

އެކި ލިޔެކިޔުންތަކުގައި ޖަހަން އެންމެ އާއްމުކޮށް ބޭނުންވާ 10ރ. އާއި 50ރ. ގެ ރެވެނިއު ސްޓޭމްޕް: ރެވެނިއު ސްޓޭމްޕް ޖެހުން އުވާލަން މަޖިލީހަށް ވަނީ ވައްދާފަ. -ފޮޓޯ: ޝިހާދު އިބްރާހިމްގެ ޓްވިޓާ

އެކިއެކި ލިޔުންތަކުގައި މިހާރު ޖަހަމުންދާ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރަން އެ ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ނިންމައިފި އެވެ.

ރެވެެނިއު ސްޓޭމްޕް ޖެހުމަށް 1970 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ގާނޫނު އުވާލަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ.

އެ ބިލުގައި ބުނެފައިވަނީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ހަރަދަށް ބަލާއިރު ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށެވެ.

އަދި ސްޓޭމްޕުން ލިބޭ ފައިސާއަކީ ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީއާއި އެނޫންވެސް ފައިސާގެ ތެރެއިން ހަމަޖެއްސޭނެ އާމްދަނީ އެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ހިދުމަތްތައް ހޯދައި ފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އާޒިމް ހުށަހެޅުއްވި އެ ބިލުގައި ރެވެނިއު ސްޓޭމްޕްގެ ނިޒާމު އުވާލައިގެން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު ވެސް ހިމަނާފައިވެ އެވެ.

އެގޮތުން، ފާއިތުވި ދެ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ސްޓޭމްޕް ވިއްކައިގެން 2019 ވަނަ އަހަރު ދައުލަތަށް 17.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު އެ އަދަދު އުޅެނީ 3.9 މިލިއަން ރުފިޔާގަ އެވެ.

އަދި މިއަހަރު 3.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ސްޓޭމްޕް ޕްރިންޓުކުރަން 547،228 ރުފިޔާ ހޭދަވި ކަމަށް ބުނެފައިވެ އެވެ.

ގާނޫނު އުވާލާއިރު، މިވަގުތު ޕްރިންޓްކޮށްފައިހުރި ސްޓޭމްޕްގެ އަދަދުތައް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެގޮތުން، 10 ލާރީގެ ސްޓޭމްޕުން ފެށިގެން 10،000ރ. އާ ހަމައަށް ރާއްޖޭން ތަފާތު އަގުތަކުގެ ޖުމްލަ 13 ސްޓޭމްޕެއް ޕްރިންޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ގާތްގަނޑަކަށް 460،000 ސްޓެމްޕް ސްޓޮކުގައި އެބަހުއްޓެވެ.

އޭގެ ތެރެއިން މިވަގުތު އެންމެ ގިނައިން ޕްރިންކޮށްފައިހުރީ 100ރ. ގެ 111،641 ސްޓޭމްޕާއި އާއްމުކޮށް އެންމެ ގިނައިން ބޭނުންވާ 10ރ. ގެ 92،652 ސްޓޭމްޕެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުމުން ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ރެވެނިއު ސްޓޭމްޕްގެ ސަބަބުން ހިދުމަތް ހޯދާ ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށާއި އެކަން ހުއްޓާލުމަށް ގާނޫނު އުވާލަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެއާއެކު، ދައުލަތުގެ އާމްދަނީއަށް އަސަރުކުރާ ބިލެއް ކަމުން އެ ބިލު ދިރާސާކުރީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި އެ ބިލު އޮތް ގޮތަށް ފާސްކުރަން މެމްބަރުން ވަނީ ނިންމައި، ގޮތެއް ނިންމަން އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox