ފްލައިން ސްކޫލެއް ގާއިމުކުރަން އައިލެންޑް އޭވިއޭޝަނުން އިސް ނަގައިފި

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓުކުރާ ގައުމީ އެއާލައިންގެ ފްލައިޓް ކްރޫއެއް: އައިލެންޑް އޭވިއޭޝަނުން ފްލައިން ސްކޫލެއް ގާއިމުކުރަން ނިންމައި، ހިންގާނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފަ. -ފޮޓޯ: މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓުކުރާ ގައުމީ އެއާލައިންގެ ފްލައިޓް ކްރޫއެއް: އައިލެންޑް އޭވިއޭޝަނުން ފްލައިން ސްކޫލެއް ގާއިމުކުރަން ނިންމައި، ހިންގާނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފަ. -ފޮޓޯ: މޯލްޑިވިއަން

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އައްޑޫގައި ހިންގާ ފްލައިން ސްކޫލްގައި ކޯސް ނުނިންމި ގިނަ ދަރިވަރުންތަކެއް ތާށިވެފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށް، އެފަދަ ސްކޫލެއް ރާއްޖޭގައި ގާއިމުކުރަން ގައުމީ އެއާލައިން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަނުން އިސްނަގައި، އެތަން ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެ ކުންފުނި މިއަދު ކުރި އިއުލާނެއްގައި ބުނީ، އެކަމަށް އުފައްދައި ސަބްސިޑިއަރީ ކުންފުންޏެއްގެ ދަށުން ރާއްޖޭގެ ކޮންމެވެސް އެއް އެއާޕޯޓެއްގައި ފްލައިޓް ޓްރެއިނިން ސްކޫލެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

ކޮމާޝަލް ޕައިލެޓް ލައިސަންސަކާ ހަމައަށް ކިޔަވައިދޭ އެ ސްކޫލް ވަކިން މެނޭޖު ކުރި ނަމަވެސް، އެއާކްރާފްޓް މެއިންޓެނަންސް އާއި ސޭފްޓީ ބައެއް ރެގިއުލޭޝަންތަކުގެ ކަންކަން ބަލަހައްޓާނީ އައިލެންޑް އޭވިއޭޝަނުން ކަމަށް ބުނެފައިވެ އެވެ.

އެ ސްކޫލް ހިންގުމާ ހަވާލުވާ ފަރާތަކުން އެއާކްރާފްޓް ހޭންގަރަކާއި، ޓްރެއިނިން ބިލްޑިންއެއްގެ އިތުރުން، ދެ މަލްޓި އެންޖިން އަދި ހަތަރު ސިންގަލް އިންޖިން އެއާކްރާފްޓް ބަލަހައްޓަންޖެހޭނެކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ސްކޫލް ހިންގަން ކުރިމަތިލާ ފަރާތަކީ ކަމާގުޅޭ ހުއްދަތައް ލިބިފައިވާ އަދި އެފަދަ ޓްރޭނިންތައް ހިންގުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، އަމިއްލަ ގައުމު ފިޔަވައި، އެހެން ގައުމެއްގައި މަދުވެގެން ދެ ފްލައިން ސްކޫލް ގާއިމުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ ޝަރުތުތައް ހަމަވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ލިޔެކިޔުންތަކާއެކު ހުށަހެޅުމަށް ދިވެހި އަދި ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފާއިރު، ޝޯޓްލިސްޓު ކުރުމުގައި އެ މަޝްރޫއުއަށް އަމިއްލަ ފައިނޭންސް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅޭގޮތުން އެ ކުންފުނީގެ ޕީއާރު އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް މިރޭ "އަދަދު"އަށް ވިދާޅުވީ ފްލައިން ސްކޫލެއް ގާއިމުކުރަން މީގެ ކުރިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާނެ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން ކުންފުނީގެ އަމާޒުހުރީ މިފަދަ ކަމެއް ކުރެވޭނެ އެންމެ ތަޖުރިބާހުރި އަދި ގާބިލު ފަރާތެއް ހޯދުން ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަނީ ވީއެންމެ އަވަހަކަށް މި ސްކޫލް ގާއިމުކުރެވޭތޯ،" ތާރީހަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މޫސަ ވިދާޅުވި އެވެ.

ފްލައިން ސްކޫލެއް ގާއިމުކުރަން އައިލެންޑް އޭވިއޭޝަނުން އިސް ނަގާފައިމިވަނީ، އައްޑޫ ފްލައިން ސްކޫލްގެ 178 ދަރިވަރުން މާޔޫސްވެފައި ތިބި ދަނޑިވަޅެއްގަ އެވެ.

ގާތްގަނޑަކަށް 45،000 އެމެރިކާ ޑޮލަރު ދައްކައިގެން 18 މަސް ދުވަހުން ކޯސް ނިންމަން އެ ސްކޫލާ ގުޅުނު ދަރިވަރުން އެބަތިއްބެވެ.

ނަމަވެސް، އެ ސްކޫލްގެ މެނޭޖްމަންޓުގެ ބޮޑެތި އިހުމާތުތަކާއެކު ކޯސް ނުނިންމި ހަތަރު އަހަރެއްހާ ދުވަސް ވެފައިވާ ދަރިވަރުން ތިބިއިރު، ބޮޑެތި ލޯނުތައް ނަގައިގެން އެހެން ރަށްރަށުން ފޭދޫއަށް އައިސް ހުރުމާއި ކެއުމަށް އިތުރު ހަރަދު ކުރަންޖެހޭ ކަމުގެ ޝަކުވާ ބޮޑެވެ.

އަދި 2009 ވަނަ އަހަރުން ފެށިގެން އޮޕަރޭޓު ކުރަމުން އަންނަ ސްކޫލުގައި ގެންގުޅޭ 14 ބޯޓު ވެސް މިހާރު ހަލާކުވެފައިވާއިރު، އެ ބޯޓުތައް މަރާމާތުކުރަން ތިބި ހުރިހާ އިންޖިއަނަރުންނަށް މުސާރާ ނުދޭތީ ވަނީ އިސްތިއުފާ ދީފަ އެވެ.

އެއާއެކު، ފްލައިން އަވާސް ހަމަކޮށް، ކޯސް ފުރިހަމަ ކުރެވޭނެ ދުވަހެއް ވެސް މިހާރު ނޭނގޭކަމަށް އެ ކުދިން ބުނެ އެވެ.

އެ މައްސަލަ ހައްލުކޮށްދޭން ސަރުކާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ދަރިވަރުންނަށް ކުރިއަށްދެވޭނެ މަގެއް ހޯދައިދެވޭނެ ގޮތެއް އަދި ނުވެ އެވެ.

އައްޑޫ ފްލައިން ސްކޫލުން އޭއޭއޭ ބޭރުކޮށް، އެހެން ބަޔަކާ ހިންގުން ހަވާލުކުރަން ދަރިވަރުން ގޮވާލަމުންދާއިރު، ދަރިވަރުންގެ މަސްލަހަތު އިސްކޮށް ކަމަށް ބުނެ އެތަނުގެ ހިންގުން ރާއްޖޭގެ ސްކޫލަކާ ހަވާލުކުރަން އެ ކުންފުނިން ދަނީ މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox