ކޮޕަ އެމެރިކާ މި ފަހަރު ވެސް އޮންނާނީ ބްރެޒިލްގައި

May 31, 2021, 5:10 PM
ކޮޕަ އެމެރިކާ މި ފަހަރު ވެސް އޮންނާނީ ބްރެޒިލްގައި

އަސުންސިއޯން، ޕެރަގުއޭ (މެއި 31) - ކޮޕަ އެމެރިކާ މި ފަހަރު ބާއްވަން ނިންމި އާޖެންޓީނާ އާއި ކޮލަމްބިއާގައި ބޭއްވޭގޮތް ނުވުމުން އެންމެ ފަހުން ވެސް މުބާރާތް ހޯސްޓްކުރި ބްރެޒިލްގައި އެ މުބާރާތް ކުރިއަށް ގެންދަން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނިންމައިފި އެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ ކޮޕަ އެމެރިކާ ކުޅެން އެންމެ ފުރަތަަމަ ބެލީ މިދިޔަ އަހަރު އެވެ. ކޮވިޑްގެ ހާލަތު އޭރު ވަރަށް ގޯސްކޮށް އޮތުމުގެ ސަބަބުން މި އަހަރަށް ޖެހުނީ މުބާރާތް ފަސްކުރާށެވެ.

މި ފަހަރު ފުރަތަމަ ހޯސްޓްކުރަން ބެލި ދެ ގައުމުގެ ތެރެއިން ކޮލަމްބިއާގައި އެކަން ކުރެވެން ނެތްކަަމަށް ނިންމައި އާޖެންޓީނާގައި އެކަނި މެޗުތައް ކުޅެން ނިންމީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ކޮލަމްބިއާގައި ކުޅެވެން ނެތީ އެ ގައުމުގައި ސިޔާސީ މަސްރަހު ގޯސްވެ ގިނަ ހަޅުތާލުތަކެއް ކުރިއަށްދާތީ އެވެ.

އާޖެންޓީނާގައި ކޮވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި މަހު 21 ވަނަ ދުވަހު ވަނީ އެ ގައުމު ލޮކްޑައުން ކޮށްފަ އެވެ. މި މަހުގެ ނިޔަލަށް ލޮކްޑައުން ކުރުމާ އެކު އާުޖެންޓީނާގެ ހުރިހާ ފުޓްބޯޅަ ހަރަކާތެއް ވެސް އޮތީ ސަސްޕެންޑްކޮށްފަ އެވެ. ލޮކްޑައުންގެ ނަތީޖާ ފެންނަން ނަގާ މުއްދަތަށް ބަލާއިރު، ކޮޕަ އެމެރިކާ ކުޅެވޭނެ ހާލަތަށް އެ ގައުމުގައި ކަންކަން ރޭވިގެންދާނީ އަދި މަހެއް ފަހުން ކަމަށް އާޖެންޓީނާ ސަރުކާރުން ކަނޑައެޅުމާ އެކު ކޮޕަ އެމެރިކާ ހޯސްޓް ކުރުމުގެ ފުރުސަތު އެ ގައުމަށް ގެއްލުނީ އެވެ.

އާޖެންޓީނާގައި ކޮޕަ އެމެރިކާ ކުޅެވޭނެ ގޮތެއް ނުވުމުން މިއަދު މުބާރާތް ހޯސްޓްކުރާނެ ގައުމެއް ޕްރޮޕޯސަލް ހުށަހަޅަން ކޮންމެބޯލް އިން ފުރުސަތު ހުޅުވާލުމުން ބްރެޒިލުން ރަނގަޅު ހުށަހެޅުމަކާ އެކު އެ ބިޑް ކާމިޔާބު ކުރީ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ކޮޕަ އެމެރިކާ ބޭއްވީ ބްރެޒިލްގަ އެވެ. އެ ފަހަރު ޗެމްޕިއަންކަން ހޯދީ ވެސް އެ ޓީމުންނެވެ. ކޮޕަ އެމެރިކާ މި ފަހަރު ކުރިއަށްދާނީ އަންނަ މަހުގެ 13 އިން ޖުލައި 10 އަށެވެ.

ކޮޕަ އެމެރިކާ އަކީ އެންމެ ގިނަ ދުވަސްވީ ގައުމީ ޓީމުގެ ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް އެންމެ ފުރަތަަމަ ކުޅުނީ 1916 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox