އާ ވޭރިއެންޓު ފެނުނު ވިއެޓްނާމްގައި ޓެސްޓު ކުރުން އިތުރުކޮށްފި

ވިއެޓްނާމުން މަސައްކަތް ކުރަނީ ހޯ ޗީ މިން ސިޓީގެ މުޅި އާބާދީ އެއްކޮށް ޓެސްޓު ކުރަން.-- ފޮޓޯ: ގެޓީ އިމޭޖަޒް

ވިއެޓްނާމުން މަސައްކަތް ކުރަނީ ހޯ ޗީ މިން ސިޓީގެ މުޅި އާބާދީ އެއްކޮށް ޓެސްޓު ކުރަން.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާ އާއި އިނގިރޭސި ވިލާތުން ފެނުނު ކޮވިޑް ފަތުރާ ވައިރަހުގެ ދެ ވޭރިއެންޓު އެކުވެގެން މުޅިން އާ ވޭރިއެންޓެއް ފެނުނު ވިއެޓްނާމްގައި ބަލި ކޮންޓްރޯލް ކުރުމުގެ މަގްސަދުގައި ޓެސްޓު ކުރުން އިތުރުކޮށްފި އެވެ.

ޓެސްޓު ކުރުން އިތުރުކޮށް ގައިދުރުކަން ބެހެއްޓުމުގެ ފިޔަވަޅުތައް ހަރުކަށި ކުރީ ދީނީ މިޝަންއަކާ ގުޅުން ހުރި ބޮޑު ކްލަސްޓާއެއް ފެނިފައި ވަނިކޮށެވެ.

ބަލިމަޑުކަން ފެށުނު ފަހުން ވިއެޓްނާމުން އަންނަނީ ކާމިޔާބުކަމާ އެކު އަދަދުތައް ކޮންޓްރޯލް ކުރަމުންނެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހުން ފެށިގެން އަންނަނީ ކޭސްތައް އިތުރުވަމުންނެވެ.

ފާއިތުވި ހަފްތާ ބަންދުގައި ވިއެޓްނާމްގެ ހެލްތު މިނިސްޓަރު ވަނީ "ވަރަށް ނުރައްކާތެރި" މުޅިން އާ ވޭރިއެންޓެއް ފެނިފައިވާކަން އިއުލާނު ކުރައްވާފަ އެވެ.

އަލަށް ފެނުނު ވޭރިއެންޓުގައި ހިމެނެނީ އިންޑިއާ ވޭރިއެންޓާއި ޔޫކޭ ވޭރިއެންޓުގެ ސިފަތައް ކަމަށާއި މިއީ ހަލުވިކަމާއެކު ވައިގެ ތެރެއިން ފެތުރޭ ވޭރިއެންޓެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިއެޓްނާމުގައި ޖުމްލަ 7000 ކޭސް ފެނިފައި ވާއިރު އޭގެ ދެ ބައި ކުޅަ އެއް ބައި ރިޕޯޓު ކުރީ އޭޕްރިލް މަހުގެ ފަހުންނެވެ. އެ ގައުމުން މިހާތަނަށް މި ބަލީގައި މަރުވީ 47 މީހުންނެވެ.

އެންމެ ފަހުން ފެނުނު ދީނީ މިޝަންއާ ގުޅޭ ކްލަސްޓާގެ ތެރެއިން 125 ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ. އެ ކްލަސްޓާ ނިސްބަތް ވަނީ ހޯ ޗީ މިން ސިޓީ އަށެވެ.

ކްލަސްޓާ ފެނުނު ހިސާބުގެ އެންމެން މިހާރު ޓެސްޓުކޮށް އެ ސަރަހައްދު ލޮކްޑައުންކޮށްފައި ވާއިރު، އޮފިޝަލުން ބޭނުންވަނީ ކޮންމެ ދުވަހަކު ވެސް މަދުވެގެން 100،000 މީހުން ޓެސްޓު ކުރާށެވެ.

ޓެސްޓު ކުރުން އިތުރު ކުރުމާއެކު މޭ 31 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ގައިދުރުކަމުގެ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފަ އެވެ. ފިހާރަތަކާއި ރެސްޓޯރެންޓުތައް ބަންދުކޮށްފައި ވާއިރު، ދީނީ އެއްވެސް ހަރަކާތެއް ހިންގުން ވެސް ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން ސިޓީގެ އެއްވެސް ހިސާބެއްގައި އާއްމު ތަނެއްގައި އެއް ފަހަރާ ދިހަ މީހުންނަށް ވުރެ ގިނައިން އުޅުން ވަނީ މަނާކޮށްފަ އެވެ. އެ އަދަދު ފަހަކަށް ތިރި ކުރުމަށް ދަނީ ވިސްނަމުންނެވެ.

މުޅިން އާ ވޭރިއެންޓު ފެނުނު ވިއެޓްނާމުގައި ވެކްސިން ޕްރޮގްރާމުގެ ދުވެލި އަވަސް ކުރަން ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ. މިހާތަނަށް ވެކްސިން އެއް ޑޯޒް ދީފައިވަނީ އާބާދީގެ އެންމެ ޕަސަންޓަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox