އައިޕީއެލްގެ ބާކީ މެޗުތައް ކުޅޭނީ ޔޫއޭއީގައި

May 30, 2021, 5:31 AM
އައިޕީއެލްގެ މެޗެއްގެ ތެރެެއިން ވިރާޓު ކޯލީ އުފާފާޅުކުރަނީ.--

އައިޕީއެލްގެ މެޗެއްގެ ތެރެެއިން ވިރާޓު ކޯލީ އުފާފާޅުކުރަނީ.--

ނިއުދިއްލީ (މެއި 30) - ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ބާކީ މެޗުތައް ޔޫއޭއީގައި އަންނަ ސެޕްޓެމްބަރު މަހު ކުޅޭ ގޮތަށް ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ނިންމައިފި އެވެ.

މި މަހު ހަތަރު ވަނަ ދުވަހު އައިޕީއެލް ސަސްޕެންޑްކުރަން ބީސީސީއައި އިން ނިންމީ އަށް ޓީމު ވާދަކުރާ އެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި ހަދާފައިވާ ބަބްލް ތެރެއިން 10 އަކަށް ވުރެން ގިނަ ޕޮޒިޓިވް ކޭސް ފެނި މެޗުތައް ފަސްކުރަން ޖެހުމުގެ ބިރާ އެކު އެވެ. މުބާރާތް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރިއިރު، 29 މެޗު އޮތީ ކުޅެފަ އެވެ.

ބީސީސީއައި އިން އިއްޔެ ނިންމީ ބާކީ އޮތް 31 މެޗު ކުޅޭނީ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހު ޔޫއޭއީގައި ކަމަށެވެ.

ކޮވިޑްގެ ހާލަތު އިންޑިއާގައި ގޯހުން ގޯހަށް ދިޔަ ނަމަވެސް އައިޕީއެލް އިންޑިއާގައި މި އަހަރު ބޭއްވުމަކީ ހެދުނު ގޯހެއްގެ ގޮތުގައި ނުދެކޭ ކަމަށް ބީސީސީއައިގެ ރައީސް ސޯރަވް ގަންގޫލީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ކޮވިޑްގެ ނުރައްކާ ބޮޑުވެފައި އޮއްވައި އައިޕީއެލް ކުރިއަށް ގެންދިޔައީ ޔޫއޭއީގަ އެވެ. މި ފަހަރު ވެސް ބީސީސީއައި އިން ފުރަތަމަ ވިސްނީ ޔޫއޭއީގައި މުބާރާތް ކުރިއަށް ގެންދާށެވެ. އެކަމަކު ކޮވިޑްގެ ހާލަތު އިންޑިއާގައި ރަނގަޅަށް އޮތުމުން އެ ގައުމުގައި ހާއްސަ ގައިޑްލައިންތަކެއްގެ ތެރެއިން އެންމެ ފުރަތަމަ ކުޅެން ނިންމީ އެވެ. އެކަމަކު ފަހުން ހާލަތު ގޯސްވެ މެޗުތައް ޖެހުނީ ފަސްކުރާށެވެ.

ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕް ތާވަލުކޮށްފައި އޮތީ އަންނަ އޮކްޓޫބަރު މަހު އިންޑިއާގައި ކުޅޭ ގޮތަށެވެ. އެކަމަކު ހާލަތުގެ ގޮތުން ބީސީސީއައި އިން ވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ކައިރީގައި މިހާރު އޮތް ތާރީހުގައި އެ މުބާރާތް ބޭއްވުމާ މެދު ގޮތެއް ކަނޑައަޅަން މުއްދަތެއް ދޭން އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox