ދަގަނޑޭ އާއި ތޮއްޕޭ ޕޮޒިޓިވްވެ ޓީމު ކޭމްޕާ ދުރަށް

May 30, 2021, 3:01 AM
ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެެރެއިން ދަގަނޑޭ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެެރެއިން ދަގަނޑޭ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އާއި ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެެވެ.

ދުބާއީ ޓްރެއިނިން ކޭމްޕް ނިންމާފައި ޗައިނާ އަށް ފުރުމުގެ ކުރިން ކުރި ޓެސްޓްތަކުން ދަގަނޑޭ އާއި ތޮއްޕޭ ޕޮޒިޓިވްވީ އިއްޔެ އާއި އޭގެ ކުރިން ދުވަހު އެވެ. އެހެންވެ އެ ދެ ކުޅުންތެރިން ނުލައި ޗައިނާ އަށް ދިއުމަށް މިއަދު ދުބާއީ މަގުން ފުރަން އޮތް ނަަމަވެސް މިއަދު ނުފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ދެ ކުޅުންތެރިއަކު ޕޮޒިޓިވްވެފައިވާއިރު، ޗައިނާގެ ހެލްތު އޮތޯރިޓީން ލިބެން ޖެހޭ ހުއްދަ ނުލިބުމުންނެވެ.

ބެލެވޭ ގޮތުގައި ގައުމީ ޓީމުގެ ކުޅުންތެރިން އިތުރު ޓެސްޓްތަކެއް ހަދަން ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ދަގަނޑޭ އާއި ތޮއްޕޭ ޕޮޒިޓިވްވެފައިވާތީ ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެ ދެ ކުޅުންތެރިން 10 ދުވަހު ދުބާއީގައި ކަރަންޓީނުވާން ޖެހޭނެ އެވެ.

ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ އަށް ކޮލިފައިން މެޗުތަކުގައި ނުކުޅެވޭނެ ކަމަށާއި ކުޅުންތެރިންނަށާއި ގައުމީ ޓީމަށް ކާމިޔާބަށް އެދޭ ކަމަށް ދަގަނޑޭ ބުނެފައިވެ އެވެ.

ގައުމީ ޓީމު މާލޭގައި ހޮޓެލް ޖެންގައި ކޭމްޕް ޖަހާފައިވަނިކޮށް ދަގަނޑޭގެ އަންހެނުން ޕޮޒިޓިވްވެގެން އޭނާއާ ކޮންޓެކްޓްވެފައިވާތީ ޕްރޮޓޮކޯލްގެ ތެެރެއިން ދަގަނޑޭ އައިސޮލޭޝަނަށް ދާން ޖެހުނެވެ. އެކަމަކު އައިސޮލޭޓްވުމަށް ފަހު އޭގެ ފަހުން ޕީސީއާރް ޓެސްޓްތަކެއް ކޮށް ނެގެޓިވް ކަމަށް ދެއްކުމުން ދަގަނޑޭ ވަނީ އަލުން ޓްރެއިނިން ކޭމްޕާ ގުޅިފަ އެވެ. ޓީމާ އެކު ދުބާއީ އަށް އައިސް އެންމެ ފުރަތަމަ ދަގަނޑޭ ވެސް ހިމެނޭ ގޮތަށް ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓްކުރި އެވެ. އެ ފަހުން ޕްރެކްޓިސްތަކުގައި ކުޅުންތެރިން ބައިވެރިވީ ޓެސްޓްތައް ނެގެޓިވްވުމުންނެވެ.

އުއްމީދީ ޑިފެންޑަރު ތޮއްޕޭ: ޕޮޒިޓިވްވުމުން ވަނީ ޓީމުގެ ކޭމްޕާ ވަކިވާން ޖެހިފައި،

މި މަހު 22 ވަނަ ދުވަހު ގައުމީ ޓީމުން ދުބާއީ އަށް ޓްރެއިނިން ކޭމްޕަށް ދިޔައިރު، ޓީމު އައީ ތޮއްޕޭ އާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ނުލަ އެވެ. އެއީ އޭރު ތޮއްޕޭ ކޮވިޑަށް ޕޮޒިޓިވްވެ 14 ދުވަސް ހަމަވެފައިނުވާތީ އެ މުއްދަތު ހަމަވެފައި ޓެސްޓް ކޮށްގެން ފުރުމަށާއި ޝަމާލްގެ ވިސާ ކަންތައްތައް އެއްކޮށް ހަމަނުޖެހޭތީ އެވެ. ތޮއްޕޭ އާއި ޝަންމު ދުބާއީ އަށް ދިޔައީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. ގޮސް ގައުމީ ޓީމާ އެކު ޓްރެއިނިންގައި ބައިވެރިވީ ވެސް ޓެސްޓްކޮށްފަ އެވެ.

ޗައިނާ އަށް ފުުރުމުގެ ކުރިން ހުރިހާ ކުޅުންތެރިން ކުރަން ޖެހޭ ކޮވިޑް ޓެސްޓްތަކުގެ ތެރެއިން ފުރަތަމަ ޓެސްޓްތަކުން ތޮއްޕޭ ވެސް ޕޮޒިޓިވް ކަމަށް ދެއްކުމުން އޭނާ ވެސް ޓީމުގެ ކޭމްޕާ ދުރަށްދާން ޖެހުނީ އެވެ.

ދަގަނޑޭ އާއި ތޮއްޕޭ ޕޮޒިޓިވްވުމާ އެކު އެ ދެ ކުޅުންތެރިންނަށް ދެން ކޮލިފައިންގެ އެއްވެސް މެޗެއްގައި ނުކުޅެވޭނެ އެެވެ. ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ބައްދަލުކުރާ މެޗު އަދި 15 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮވިޑަށް ޕޮޒިޓިވްވުމުން މި ފަހަރު ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް ސްކޮޑާ އެކު ނުދެވުނު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް އީސާ (މެސީ)، ހަސަން ރާއިފް (ހަންނަ)، ޔަސްފާދު ހަބީބު (މުލަކޭ) އަދި އަބްދުﷲ ޔާމީން (ޔާން) ހިމެނެ އެވެ. ކޮވިޑުން ރަނގަޅުވެގެން ގައުމީ ޓީމާ ގުޅުނު ކުޅުންތެރިންނަކީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހުސެއިން ނިހާން (ނިހާޓް) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox