އިންޑިއާ އާއި ޔޫކޭ ވޭރިއެންޓު އެކުވެގެން އާ ވޭރިއެންޓެއް އުފެދިއްޖެ

އިންޑިއާގައި ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ. ކޮވިޑުގެ ހާލަތު ދެ ވަނައަށް އެންމެ ގޯސް ގައުމަކީ އިންޑިއާ.-- ފޮޓޯ: އިންޑިއާ ޓީވީ ނިއުސް

އިންޑިއާގައި ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ. ކޮވިޑުގެ ހާލަތު ދެ ވަނައަށް އެންމެ ގޯސް ގައުމަކީ އިންޑިއާ.-- ފޮޓޯ: އިންޑިއާ ޓީވީ ނިއުސް

އިންޑިއާ އާއި އިނގިރޭސި ވިލާތުން ފެނުނު ކޮވިޑް ފަތުރާ ވައިރަހުގެ ވޭރިއެންޓް އެކުވެގެން މުޅިން އަލަށް އުފެދި، ވައިގެ ތެރެއިން ހަލުވިކަމާއެކު ފެތުރޭ މުޅިން އާ ވޭރިއެންޓެއް ވިއެޓްނާމުން ފެނިއްޖެ އެވެ.

ކޮވިޑުގެ ބަލިމަޑުކަން ފެށުނު ފަހުން ވިއެޓްނާމުން ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކޭސްތައް ކޮންޓްރޯލްކޮށްފަ އެވެ. ވިއެޓްނާމްގެ ޖުމްލަ 6،856 ކޭސްގެ ދެބައި ކުޅަ އެއްބައި ރިޕޯޓު ކުރީ އޭޕްރިލްގެ ފަހުންނެވެ. އެ ގައުމުގައި މިހާތަނަށް 47 މީހުން މަރުވެފައި ވެ އެވެ.

"އިންޑިއާ އާއި ޔޫކޭއިން ފެނުނު ވޭރިއެންޓުތަކުގެ ސިފަތައް ހިމެނޭ މުޅިން އާ ވޭރިއެންޓެއް ވިއެޓްނާމުން މި ވަނީ ފެނިފައި،" އެ ގައުމުގެ ހެލްތު މިނިސްޓަރު ނުޔެން ތާން ލޯންގް ވިދާޅުވި އެވެ.

"އަލަށް ފެނުނު ވޭރިއެންޓަކީ އިންޑިއާ ވޭރިއެންޓުގެ ސިފަތައް ހިމެނޭ އަދި ޔޫކޭ ވޭރިއެންޓުގެ މިޔުޓޭޝަނަކަށް ވާތީ މިއީ ވަރަށް ނުރައްކާތެރި ވޭރިއެންޓެއް،"

މިކަން އިއުލާނު ކުރުމުގެ ކުރިން ވިއެޓްނާމުގައި ހަތް ވޭރިއެންޓެއް ދިޔެއީ ފެތުރެމުންނެވެ. އާ ވޭރިއެންޓުގެ ޖިނޯމް ޑޭޓާ ވަރަށް އަވަހަށް އާއްމު ކުރާނެ އެވެ.

ދުނިޔޭ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން މިހާތަނަށް ވަނީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓުތަކުގެ ގޮތުގައި ހަތަރު ވޭރިއެންޓެއް ފާހަގަކޮށްފަ އެވެ. އެއީ އިންޑިއާ، ޔޫކޭ، ދެކުނު އެފްރިކާ އަދި ބްރެޒިލުން ފެނުނު ވޭރިއެންޓުތަކެވެ.

ވިއެންޓާމުން ފެނުނު ވޭރިއެންޓާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ހެލްތު މިނިސްޓަރު ލޯންގް ވިދާޅުވީ ލެބޯޓަރީ ޓެސްޓުތަކުން ދައްކާ ގޮތުގައި އާ ވޭރިއެންޓު ވަރަށް ހަލުވިކަމާއެކު ފެތުރެ އެވެ. ވިއެޓްނާމްގައި ކުޑަ މުއްދަތެއްގެ ތެރޭގައި ކުއްލިއަކަށް ކޭސްތައް އިތުރުވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox