އިންޑިއާ ކޮންސިއުލޭޓް ގާއިމުކުރާތީ ކަންބޮޑުވުން، ސަބަބު ސާފުކޮށްދޭން ގޮވާލައިފި

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކައިރިން ސައިކަލެއްގައި މީހަކު ދުއްވާފައި ދަނީ: އައްޑޫގައި އިންޑިއާގެ ކޮންސިޔުލޭޓެއް ގާއިމުކުރަން ނިންމި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކައިރިން ސައިކަލެއްގައި މީހަކު ދުއްވާފައި ދަނީ: އައްޑޫގައި އިންޑިއާގެ ކޮންސިޔުލޭޓެއް ގާއިމުކުރަން ނިންމި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް ނިންމާފައިވާ ނިންމުމާ މެދު ސުވާލު އުފައްދައި، އެތަން ގާއިމުކުރަންޖެހޭ ސަބަބު ސާފުކޮށްދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމަށް އިންޑިއާ ސަރުކާރުން ފާސްކޮށްފައިވާއިރު ދިވެހި ސަރުކާރުން އެކަމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އެ ވާހަކަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު އެ މައްސަލަ ހާއްސަކޮށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެއް ކޮޅުން އެއް ބަޔަކު ކޮންސިއުލޭޓް ގުޅުވަނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާ އެވެ. އެ މީހުން އެތަން ސިފަކުރަނީ އިންޑިއާގެ އަތްދަށަށް ރާއްޖެ ދީލައިލުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުގަ އެވެ.

އޭގެ އަނެއް ކޮޅުގައި ތިބީ އެ ކޮންސިއުލޭޓު އައްޑޫގެ ތަރައްގީއާ ގުޅުވާ ބަޔެކެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން އައްޑޫ ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ ބަހުސްގެ ތެރެއިން އަދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާ ސަރުކާރުން ނިންމާފައިވަނީ އާއްމުކޮށް އެފަދަ ކަންކަން ހިނގާ ބައިނަލްއަގުވާމީ އަދި ހާރިޖީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އަދި ކޮންސިއުލޭޓެއް ގާއިމުކުރަންޖެހޭ މައިގަނޑު ސަބަބަކީ އެ ސަރަހައްދެއްގައި އެގައުމެއްގެ ރައްޔިތުން އުޅޭ އަދަދު ގިނަވެ، ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވުން ކަމަށްވާއިރު، މިކަމުގައި އެފަދަ ސަބަބެއް ފެންނަން ނެތް ކަމަށް ބުނެފައިވެ އެވެ.

އިދިކޮޅުން ބުނި ގޮތުގައި ފަހަކަށް އައިސް އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިނގާ ބައެއް މުއާމަލާތްތަކުގެ ފުރިހަމަ ތަފްސީލް އާއްމުކުރަން ފަސްޖެހުމުން ދިއުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އިންޑިއާ ކޮންސިއުލޭޓްގެ ވާހަކަ ވެސް ތިލަވެގެން އައި ގޮތުން އެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

"އެހެންކަމުން އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް އޮފީހެއް ގާއިމުކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ސަރުކާރަށް ގޮވާލަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

މި ސަރުކާރުން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާއިން، ސަރަހައްދީ ގަދަހިފުމެއްގެ ތެރެއިން ރާއްޖެއަށް އަތްގަދަކޮށް، ދިވެހި ފަސްގަނޑުގައި އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން ބޭތިއްބުމުގެ ރޭވުމެއްގެ ތުހުމަތު އިދިކޮޅުން އިސްވެ ތަކުރާރުކޮށް ދަނީ ކުރަމުންނެވެ.

އެގޮތުން، އުތުރު ތިލަފަޅުގައި ކޯސްޓުގާޑުގެ ބަނދަރެއް އަޅަން އިންޑިއާ ސަރުކާރުން އެހީދިން މައްސަލަ ވެސް ދާދި ފަހުން ވަރަށް ބޮޑަށް ހޫނުވި އެވެ.

އަދި އެތަނުގައި އިންޑިއާގެ މަނަވަރުތައް ބަނދަރުކުރެވޭއިރު، އެ އުޅަނދުތަކުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ގެންގުޅެވޭ ގޮތަށް ހިމަނާފައިވާ ކަމަށް ބުނާ އެއްބަސްވުމެއް ވެސް ލީކުވި އެވެ.

ނަމަވެސް، އެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ނޫން ކަމަށާއި، އެއްވެސް ގައުމެއްގެ ސިފައިން ހަތިޔާރާއެކު ދިވެހި ފަސްގަނޑުގައި ތިބުމުގެ ފުރުސަތު ނުދޭނެކަމަށް ސަލާމަތީ ބާރުތަކުގެ ހުރިހާ އިސްވެރިން އެކުގައި ނުކުންނަވައި ޔަގީންކަން ދީފައިވެ އެވެ.

މީގެ އިތުރުން، އައްޑޫގައި އިންޑިއާ ސަރުކާރުން ގާއިމުކޮށްދޭ ފުލުހުންގެ ތަމްރީނު މަރުކަޒުގެ ބޭނުމަކީ ވެސް ރާއްޖޭގެ ދެކުނަށް އެ ގައުމުން ދީފައިވާ ހާއްސަ އިސްކަމެއްގެ ދަށުން ކޮށްދޭކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

އެގޮތުން، އެ މަރުކަޒުގައި ތަމްރީނުދޭން އިންޑިއާ ސިފައިން ބައިތިއްބާ ކަމަށާއި، ހާރިޖީ ހާއްސަ އިމްތިޔާޒްތަކެއްގެ ދަށުން އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރަނީ އެކަމަށް މަގުފަހިކުރަން ކަމުގެ ތުހުމަތު ވެސް ވަނީ ފެންމަތިވެފަ އެވެ.

ކުރީގެ ސަރުކާރުގައި އިންޑިއާއާ އެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއިން އެކި ނަންނަމުގައި ބޮޑެތި އެހީތައް ދަނީ ދެމުންނެވެ.

އެގޮތުން، އިންޑިއާ އިން ދިން ލޯނުތަކުގެ އަދަދު މިހާރު 1.8 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ވެސް އިންޑިއާ އިން ވަނީ ފަންޑުކޮށްފަ އެވެ. އޭގެ ތެރޭގައި، މާލެ، ވިލިމާލެ އަދި ތިލަފުށި ގުޅުވާލައި ބިޔަ ބުރިޖު މަޝްރޫއު އާއި ގުޅިފަޅަށް މައި ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫއު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox