ހުޅުމާލޭގައި 2000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފި

May 29, 2021, 8:32 AM
ހުޅުމާލެ: ހައުސިން މަޝްރޫއުގެ ދަށުން އިތުރު 2،000 ޔުނިޓް އަޅަން އިންޑިއާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި.

ހުޅުމާލެ: ހައުސިން މަޝްރޫއުގެ ދަށުން އިތުރު 2،000 ޔުނިޓް އަޅަން އިންޑިއާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 2000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ އަޝޯކާ ބިލްޑްކޮންއާ އެކު ސޮއިކޮށްފި އެވެ.

ސަރުކާރުގެ ސޯޝަލް ހައުސިން ސިޔާސަތުގެ ދަށުން ތަރައްގީކުރާ މި ޔުނިޓްތައް އެޅުމަށް އަޝޯކާއާ އެކު ހަދާފައިވަނީ އިންޖިނިއަރިން، ޕްރޮކިއުމެންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) ކޮންޓްރެކްޓެކެވެ. މާނައަކީ، ޔުނިޓްތައް އިމާރާތްކުރުމުން ފެށިގެން ފިނިޝިންގެ ހުރިހާ މަސައްކަތެއް ވެސް އެ ކުންފުނިން ކުރާނެ އެވެ. ޕްރޮޖެކްޓް ނިންމަން ކަނޑައަޅާފައިވާ މުއްދަތަކީ ތިން އަހަރެވެ.

މި ޕްރޮޖެކްޓުގައި ހިމެނެނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމެންޓެވެ.

Advertisement

ޖުމްލަ 140 މިލިއަން އެމެރިކާ ޑޮލަރު (2.1 ބިލިއަން ރުފިޔާ) ގެ މި ޕްރޮޖެކްޓަށް ފައިނޭންސް ހޯދަން ރާވާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނި ގޮތުގައި މި ޕްރޮޖެކްޓް ހަވާލުކުރި އަޝޯކާ އަކީ އިންޑިއާގެ 21 ސްޓޭޓެއްގައި އޮޕަރޭޓްކުރާ އަދި އިންޑިއާ އާއި ގައުމުން ބޭރުގެ މަތީ ފަންތީގެ ޕްރޮޖެކްޓްތަކެއް ހިންގާފައިވާ ކުންފުންޏެއް ކަމަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ސަރުކާރުގެ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މުޅި ރާއްޖެއަށް އަމާޒުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން 2019 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެވެ.

ސަރުކާރުން ބުނެފައި ވަނީ މި އަހަރުގެ ތެރޭގައި މަދުވެގެން 5،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox