ހާލަތު ރަނގަޅު ވާތީ ދިއްލީގެ ލޮކްޑައުން އުވާލަން ތައްޔާރުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ލޮކްޑައުން ކުރީ އެޕްރީލް 19 ގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ލޮކްޑައުން ކުރީ އެޕްރީލް 19 ގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޮންމެ ދުވަހަކު ފެންނަ ކޮވިޑް ކޭސްތައް ދަށް ވާން ފަށާފައި ވާތީ ލޮކްޑައުން އުވާލަން ތައްޔާރުވެއްޖެ އެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ދިއްލީގެ ފެކްޓްރީތައް ހުޅުވުމުގެ ހުއްދަ އާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމުގެ ހުއްދަ ދޭނެ އެވެ.

ދިއްލީގެ ކޭސްތައް މައްޗަށް ދިޔައީ މިދިޔަ އޭޕްރިލް މަހު އެވެ. އޭރު ދުވާލަކު 25،000 މީހުން ޕޮޒިޓިވްވަމުން ދިޔަ އެވެ. ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވަނީ 1،500 މީހުންނެވެ. ނަމަވެސް ބަލިމަޑުކަން އަދި ނުނިމޭކަމާއި އާއްމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް ދަނީ ބާރު އަޅަމުންނެވެ.

ލޮކްޑައުން އުވާލަން ތައްޔާރުވަމުންދާކަން އިއުލާނު ކުރިއިރު، ކޮވިޑުގެ ދެ ވަނަ ރާޅުގައި އެންމެ ބޮޑަށް އަސަރު ކުރި އިންޑިއާގެ ސިޓީއަކީ ނިއު ދިއްލީ އެވެ.

ކޭސްތައް މަތިވުމުން ފަރުވާ ދެވޭނެ ގޮތެއް ނެތި ހޮސްޕިޓަލްތަކުން ބަލި މީހުން އެޑްމިޓު ކުރުން ހުއްޓާލި އެވެ. އަދި ފަރުވާ ނުލިބި ގިނަ ބަޔަކު މަރުވި އެވެ. މަރުވާ މީހުންގެ އަދަދުތައް ގިނަ ކަމުން ހަށިތައް އަންދާނެ ޖާގައިގެ ދަތިކަން ވެސް ދިމާވި އެވެ.

ލޮކްޑައުން އުވާލާނެ ގޮތްތަކުގެ ތަފްސީލް އާއްމު ކުރާނީ ފަހުންނެވެ. ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވިދާޅުވީ އާއްމުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ފަހިކޮށްދޭން ލޮކްޑައުން އުވާލަން މަޖުބޫރު ކަމަށެވެ.

އެހެންކަމުން ދިއްލީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ނިންމީ ލޮކްޑައުންގެ ފިޔަވަޅުތަކަށް މަޑުމަޑުން ލުއި ދީގެން އެއްކޮށް ލޮކްޑައުން އުވާލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox