މީޑިއާ ބޮއިކޮޓް ކުރުމުން ނައޯމީގެ ޖޫރިމަނާ 100،000 ޑޮލަރަށް އަރާފާނެ

May 28, 2021, 7:12 AM
ޖަޕާނުގެ އަންހެން ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ.-- ފޮޓޯ: އޭއެފްޕީ

ޖަޕާނުގެ އަންހެން ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (މެއި 28) - ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަން ދިނުމުގެ ގޮތުން ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކުރަން ޖަޕާނުގެ އަންހެން ޓެނިސް ތަރި ނައޯމީ އޮސާކާ ނިންމާފައިވާއިރު، ޖޫރިމަނާގެ ގޮތުގައި އޭނާ ބޮޑު އަދަދެއް ދައްކަން ޖެހިދާނެ ކަމަށް ބެލެވިއްޖެ އެވެ.

އޭޓީޕީން މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، އަދި ގްރޭންޑް ސްލޭމްގެ ގަވާއިދު ފޮތުގައިވާ ގޮތުން މެޗަށް ފަހު ކުޅުންތެރިއަކު ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވެއްޖެނަމަ އެންމެ ބޮޑުވެގެން 20،000 ޑޮލަރުން ޖޫރިމަނާކުރެވޭނެ އެވެ. އެ އުސޫލުން ބަލާކަމަށްވާ ނަމަ ނައޯމީ މި ފަހަރުގެ ފްރެންޗް އޯޕަން ފައިނަަލާ ހަމައަށް ދާއިރު ޖުމްލަ އެއްކޮށް ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކުރުމުން އޭނާ ދައްކަން ޖެހޭ ޖޫރިމަނާ 100،000 އަށް އެރުމުގެ ނޫނީ އެ އަށް ވުރެ އިތުރު ވުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފްރެންޗް އޯޕަން ކާމިޔާބުކުރާ ކުޅުންތެރިއަކަށް ފައިސާގެ އިނާމުގެ ގޮތުގައި ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރު ލިބޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ނައޯމީ އަށް ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ލިބިއްޖެނަމަ އޭނާ އަށް އިނާމް ފައިސާ ދޭނީ ޖޫރިމަނާ އަށް ވާ ބައި އުނިކޮށްފަ އެވެ. މީގެ ކުރިން ނައޯމީ އަށް ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ލިބިފައިނުވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓް ކުރާނެކަން އިއުލާނުކޮށް ނައޯމީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އޭނާ އެ ގޮތަށް ކަންތައް ކުރުމުން އަންނަ ޖޫރިމަނާއެއް ދައްކާނީ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ދޭ ޗެރިޓީއެއްގެ ގޮތުގައި ކަމަށެވެ.

އޮސްޓްރޭލިއަން އޯޕަން އާއި ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ދެ ފަަހަރު ހޯދާފައިވާ އުމުރުން 23 އަހަރުގެ ނައޯމީ ބުނީ މި ފަހަރުގެ ފްރެންޗް އޯޕަންގައި އޭނާ ނޫސްވެރިންގެ ބައްދަލުވުންތައް ބައިކޮޓް ކުރަން ނިންމީ ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި ކަމަށެވެ. އެއީ ބައެއް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކަންތައްތައް ވެފައި ހުރި ގޮތަށް ބަލާއިރު ސުވާލުތައް އަމާޒުވަނީ ކުޅުންތެރިޔާ އަށް ނަފްސާނީ ގޮތުން ކުރާނެ އަސަރަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމަށެވެ.

"ތަކުރާރުކޮށް އެއް ސުވާލުތަކެއް އެބަކުރޭ އަމިއްލަ ނަފްސާ މެދު އިތުބާރު ގެއްލޭ ވަރަށް. އަހަރެން މިިއީ އަމިއްލަ ނަފްސާ މެދު ޝައްކު އުފެދޭ ފަދަ ކަންކަމަށް އެ ގޮތަށް ފުރުސަތު ދޭނެ މީހެއް ނޫން. މީޑިއާގައި އަހަރެންގެ ގާތް މީހުން ވެސް އެބަތިބި. އެކަމަކު މި ވަގުތަކީ އަހަަންނަށް ނަފްސާނީ ގޮތުން ބަލާއިރު ވަރަށް ރަނގަޅަށް ހުންނަން ބޭނުންވާ ވަގުތެއްވީމަ. އެ ފަދަ ކަންކަމާ ދުރަށް ޖެހިލަނީ،" ނައޯމީ ބުންޏެވެ.

ޓެނިހުގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ނައޯމީގެ ފަރާތުން މި ފެނުނު ކަމަކީ ޕްރޮފެޝަނަލް އެތުލީޓުންގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫނެވެ. އެއީ ޕްރޮފެޝަަނަލުންނަކީ ކޮންމެ ކަމަކާ ވެސް ކެރިގެން ކުރިމަތިލާން ޖެހޭނެ ބައެއް ކަމަށާއި ނައޯމީ މި ގޮތަށް މީޑިއާ ބޮއިކޮޓްކުރަން ނިންމުމުން މުސްތަގުބަލުގައި ގިނަ ކުޅުންތެރިންތަކެއް އެ ގޮތަށް އަމަލުކުރަން ފަށައި މުޅި ކުޅިވަރަށް މީގެ ސަބަބުން ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޓެނިހުގެ ތަޖުރިބާކާރުން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox