ލީގުގައި މޮޅަށް ކުޅުނު އެކަމަކު ސްކޮޑުގައި ލައްވައެއް ނުލި

May 28, 2021, 4:46 AM
ލީގުގައި މޮޅަށް ކުޅުނު އެކަމަކު ސްކޮޑުގައި ލައްވައެއް ނުލި

މި ފަހަރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ 33 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑުގައި ހިމެނުނު ގިނަ ކުޅުންތެރިންނަކީ ވެސް ކުޅުމަށް ބަލާއިރު ޓީމުން ޖާގަ ހައްގުވާ ކުޅުންތެރިންނެވެ. އަދި މިއީ ފަހަަކަށް އައިސް ނެގި ގައުމީ ސްކޮޑުތަކުގެ ތެރެއިން އެންމެ ފާޑުކިޔުން މަދު ޓީމެވެ. ޖުމްލަކޮށް ބަލާއިރު ޓީމުގެ ސިލެކްޝަން ރަނގަޅެވެ. އެއީ ގައުމީ ޓީމުގެ ކޯޗިން ޓީމުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއް ބަލާފައި މި ސްކޮޑު އެކުލަވާލާފައިވާތީ އެވެ.

އެހެން ނަމަވެސް މި ފަހަރުގެ ސްކޮޑުން ވެސް ޖާގަ ހައްގުވާ މިންވަރަށް ލީގުގައި ކުޅެފައި ތިބި ކުޅުންތެރިން އެބަތިއްބެވެ. ވަކި އަދަދަކަށް ސްކޮޑެއް އެކުލަވާލާއިރު، މޮޅަށް ކުޅޭ ހުރިހާ ކުޅުންތެރިއަކަށް ފުރުސަތު ދިނުމަކީ ވެސް ވާނެ ކަމެއް ނޫނެވެ. އެކަމަކު ލީގުގައި މޮޅަށް ކުޅޭ ކުޅުންތެރިން ކުރިއަށް އޮތްތަނުގައި ވެސް އެ ކުޅުންތެރިންގެ ހިތްވަރަށް ބަދަލެއް ނުގެނެސް ރަނގަޅަށް ކުޅެފިނަމަ ގައުމީ ސްކޮޑުން ޖާގަ ލިބުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ލީގުން އެ ގޮތަށް ފާހަގަވި ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިއަކު މި ރިޕޯޓްގައި ފާހަގަކޮށްލަމެވެ.

މޫސާ ޔާމީން (ޔާމްބެ) - މާޒިޔާ

ތޮއްޑޫ ޓީމުން ވެސް ފާހަގަވި ޔާމްބެ އަކީ މި ފަހަރު ލީގުގައި މާޒިޔާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް ވެސް މީގެ ކުރިން ކުޅެފައިވާ ޔާމްބެ އަށް ގައުމީ ސްކޮޑުން އެންމެ ފަހުން ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު މާޒިޔާ ޓީމުގައި އެންމެ ރަނގަޅަށް ޕާފޯމްކުރި އެއް ކުޅުންތެރިއަކީ ޔާމްބެ އެވެ.

ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ޔާމްބެ އުފާފާޅުކުރަނީ.-- ފޮޓޯ: މާޒިޔާ

އުމުރުން 28 އަހަރުގެ ޔާމްބެ އަކީ ޑިފެންސްގެ ދެ ފަޅި އަށާއި މެދުތެރެއަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ. މާޒިޔާގެ ކޯޗުކަމާ މިދިޔަ ސީޒަނުގައި ހަވާލުވެ ހުރި މަރުޖާން ސެކުލޮސްކީ އާއި މި ސީޒަނުގެ ފުރަތަމަ ކޮޅުގައި ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިތުރުން މިހާރު ހުރި ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ ޓީމުގައި ވެސް ޔާމްބެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުވި އެވެ. އެއީ ޓީމުގައި އޭނާ އަދާކުރާ ދައުރު ބޮޑުވުމުންނެވެ.

މި ފަަހަރު ލީގުގައި އެންމެ މަދުން ގޯލު ވަނީ މާޒިޔާ ކޮޅަށެވެ. ޔާމްބެ ވަނީ މާޒިޔާ ކުޅުނު 14 މެޗުގެ ތެރެއިން 11 މެޗުގައި ކުޅެފަ އެވެ. ޔާމްބެ ވަނީ އޭނާގެ ކެރިއަރުގައި މީގެ ކުރިން އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އާއި ނިއު ރޭޑިއަންޓަށް ވެސް ކުޅެފަ އެވެ.

ހިސާމް ސަލީމް (ކޮކީ) - އީގަލްސް

ލީގުގައި އެއް ފެންވަރަކަށް ކުޅޭ މަދު ކުޅުންތެރިންގެ ތެރޭގައި ކްލަބް އީގަލްސްގެ ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) ހިމެނޭނެ އެވެ. ކުރިން ވެލެންސިއާ އާއި ނިއު ރޭޑިއަންޓަށް ވެސް ކުޅުނު ކޮކީ އަކީ މިދިޔަ ސީޒަނާއި މި ސީޒަނުގައި އީގަލްސްގެ މެޗުތަކުގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ.

ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅޭ ކޮކީ އަށް ގައުމީ ސްކޮޑުން މީގެ ކުރިން ފުރުސަތު ލިބުނު ނަމަވެސް މިހާތަނަށް ފައިނަލް ސްކޮޑުގައި ހިމެނިފައި ނުވެ އެވެ.

ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން އީގަލްސްގެ ކޮކީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

އުމުރުން 29 އަހަރުގެ ކޮކީ ވަނީ ލީގުގައި އީގަލްސް އިން ކުޅުނު 14 މެޗުގެ ތެރެއިން 10 މެޗުގައި ކުޅެފަ އެވެ. އަދި އެ މެޗުތަކުަގއި އެއް ގޯލު ޖެހި އެވެ.

މި ފަހަރު ސީޒަން ފެށި ޗެރިޓީ ޝީލްޑް މެޗުން މޮޅުވެ އެ ކާމިޔާބީ ހާސިލްކުރި އީގަލްސް އިން ލީގުގެ ދެ ވަނަ ބުުރުގައި ރަނގަޅު ނަތީޖާތަކެއް ނެރުނުއިރު، ކޮކީގެ ދައުރު ބޮޑެވެ. އަދި އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަަަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މާލޭގައި އީގަލްސް މޮޅުވި މެޗުގައި ވެސް ކޮކީ ވަނީ ކުޅެފަ އެވެ.

އަހުމަދު އަބްދުﷲ (ލިލީ) - މާޒިޔާ

މާޒިޔާ އިން މިދިޔަ ސީޒަނަށް ފެށުމުގެ ކުރިން ސްކޮޑު ވަރުގަދަ ކުރަން ކުޅުންތެރިން ހޯދިއިރު އަހުމަދު އަބްދުﷲ (ލިލީ) ޓީމަށް ގެނައީ ތަޖުރިބާ އަށް ބަލާއިރު މުހިއްމުވާނެތީ އެވެ. ސީޒަން ފެށިއިރު ބެލެވުނީ މާޒިޔާގެ ސްކޮޑު އޮތްގޮތުން ލިލީ އަށް މާ ގިނަ މެޗުތަކެއް ނުލިބިދާނެ ކަމަށެވެ.

އެކަމަކު އުމުރުން 34 އަހަރުގެ ލިލީ އަކީ މިދިޔަ ދެ ސީޒަނަށް ބަލާއިރު، މާޒިޔާގައި އަމިއްލަ ޖާގަ ދެމެހެއްޓި މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ޓްރެއިނިންތަކުގެ މަސައްކަތުގެ ރޭޓާއި މެޗުތަކުގައި ކޯޗުންދޭ އިރުޝާދަށް ބަލައިގެން ލިލީ ކުޅޭ ކުޅުން ކޯޗުން ފާހަގަކޮށްފައި އެބަހުއްޓެވެ.

މާޒިޔާ އިން މިދިޔަ ސީޒަނުގައި އޭއެފްސީ ކަޕާއި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގައި ރަނގަޅު ނަތީޖާތަކެއް ނެރުނުއިރު، ގިނަ މެޗުތަކުގައި ލިލީ ވަނީ ފުރަތަަަމަ އެގާރައިގައި ކުޅެފަ އެވެ.

ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން މާޒިޔާގެ ލިލީ ބޯޅަ ހިފައިގެން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

މި ފަހަރުގެ ސީޒަނުގައި މާޒިޔާ އިން ނިޒާމްބެ އާއި ވިޑަކޮވިޗްގެ ކޯޗުކަމުގައި ކުޅުނުއިރު، ލިލީ ވަނީ 14 މެޗުގެ ތެރެއިން 13 މެޗުގައި ކުޅެފަ އެވެ. ލިލީ އަށް ގެއްލުނު މެޗަކީ ދެ ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޝަނުގައި ހުރި މެޗެވެ. މާޒިޔާ ކޮޅަށް ލީގުގައި ވަނީ އެންމެ ހަ ގޯލެވެ. ލިލީ ވަނީ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ގައުމީ ޓީމުގައި ހިމެނިގެން މީގެ ކުރިން ގިނަ މެޗުތަކެއް ކުޅެފައިވާ ލިލީ އަށް އެންމެ ފަހުން ގައުމީ ޓީމުން ފުރުސަތު ލިބުނީ 2019 ވަނަ އަހަރު އެވެ.

ހުސެއިން ފައިސަލް (ފައިޓޯ) - ވެލެންސިއާ

ވެލެންސިއާގައި އޮތް ތަޖުރިބާކާރު ސްކޮޑުގައި ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި މަގާމު ދެމެހެއްޓި ކުޅުންތެރިއަކީ ކަނާތު ބެކް ހުސެއިން ފައިސަލް (ފައިޓޯ) އެވެ. އުމުރުން 22 އަހަރުގެ ފައިޓޯ ވަނީ މީގެ ކުރިން ޒުވާން ގައުމީ ޓީމުތަކަށް ކުޅެފަ އެވެ. ސީނިއާ ގައުމީ ޓީމުން މީގެ ކުރިން ފުރުސަތު ލިބިފައިނުވެ އެވެ.

ވެލެންސިއާގެ ޕްރެކްޓިހެއްގެ ތެރެއިން ފައިޓޯ ބޯޅަ ހިފައިގެން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ކުރިން އީގަލްސް އަށް ކުޅުނު ފައިޓޯ ވަނީ ލީގުގައި ވެލެންސިއާ ކުޅުނު 14 މެޗުގައި ވެސް ހުރިހާ މިނިޓެއް ކުޅެފަ އެވެ. މުޅި ލީގަށް ބަލާއިރު ސީނިއާ އަދި ޒުވާން ކުޅުންތެރިއަކަށް ލީގުގެ ހުރިހާ މިނިޓެއްގައި ކުޅެފައިވާ މަދު ކުޅުންތެރިންގެ ތެރޭގައި ފައިޓޯ ހިމެނޭނެ އެވެ. ލީގުގައި ދެ ވަނަ އަށް އެންމެ މަދުން ގޯލު ވަނީ ވެލެންސިއާ ކޮޅަށެވެ. ވެލެންސިއާ ކޮޅަށް 14 މެޗުން ވަނީ ނުވަ ގޯލެވެ.

ވެލެންސިއާ ޑިފެންސް ލައިން މި ފަހަރުގެ ލީގުގައި ވަރުގަދަކޮށް ފެނުނުއިރު، ފައިޓޯ އަކީ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ގިނަ މެޗުތަކުގައި ވެލެންސިއާ ހަނި ތަފާތަކުން މޮޅުވެފައި އޮތްއިރު، ލީޑު ހިފަހައްޓައި ލީގުގެ ދެ ވަނަ މަގާމުގައި ވެލެންސިއާ ބޭއްވުމުގައި ޑިފެންޑަރުގެ ދައުރު ބޮޑެވެ.

ހަސަން ޝިފާން (ޝިފާންޓެ) - ދަ ގްރާންޑޭ

މި ފަހަރުގެ ލީގުގައި ދަ ގްރާންޑޭ އިން ކުޅުނު ހުރިހާ މެޗެއްގައި އެ ޓީމުގެ އިސް ޑިފެންޑަރު ހަސަން ޝިފާން (ޝިފާންޓެ) ވަނީ ކުޅެފަ އެވެ. ލީގުގެ ފުރަތަމަ ބުރަށް ބަލާއިރު ދަ ގްރާންޑޭ އިން ވަނީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ވެސް ނަތީޖާ ނެރެފަ އެވެ. އެ މެޗުތަކުގައި އުމުރުން 25 އަހަރުގެ ޝިފާންޓެގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވި އެވެ. އިދިކޮޅު ޓީމުގައި ހުންނަ ފޯވާޑުން ހިފެހެއްޓުމުގައި އޭނާ ކުރިއެރުން ހޯދި އެވެ.

ޓީސީއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ދަ ގްރާންޑޭގެ ޝިފާންޓެ ބޯޅަ ހިފައިގެން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

މިހާތަނަށް ގައުމީ ސީނިއާ ސްކޮޑެއްގައި ޝިފާންޓެގެ ނަން ހިމެނިފައި ނުވެ އެވެ. ކުރިން އީގަލްސް އަށް ކުޅުނު ޝިފާންޓެ ވަނީ ލީގުގެ ދެ ވަަނަ ބުރުގައި ދަ ގްރާންޑޭގެ ފޯމު ގެއްލި އެ ޓީމުގެ ނަތީޖާތަކަށް އަސަރު ކުރި ނަމަވެސް އޭނާގެ މަގާމުގައި ހުރެ ކުޅެވޭނެ ރަނގަޅު ކުޅުން ދައްކައިފަ އެވެ.

ދަ ގްރާންޑޭގެ ކޯޗަކަށް ހުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި ހެޑް ކޯޗުކަން ވެސް މީގެ ކުރިން އަދާކުރި އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ ޓީމުގައި ކޮމިޓްމަންޓް ދައްކައި ހިތްވަރަށް ބަދަލެއް ނުގެނެސް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ޝިފާންޓެގެ ނަން ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox