އެމެރިކާއިން ކޮވިޑުގެ ހަގީގަތް ހޯދަން އުޅޭތީ ޗައިނާ ރަތަށް!

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއާން.-- ފޮޓޯ: އޭޕީ

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއާން.-- ފޮޓޯ: އޭޕީ

ކޮވިޑް ފަތުރާ ވައިރަހުގެ ހަގީގަތް ހޯދަން އަވަސް ތަހުގީގެއް ހިންގަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ޖާސޫސީ އޮފިޝަލުންނަށް އަމުރު ކުރެއްވުމުން ޗައިނާގެ ހޫނު ބަހުގެ ހަމަލާތަކެއް އެމެރިކާއަށް ރައްދުކޮށްފި އެވެ.

ނުވަދިހަ ދުވަހުގެ ތެރޭގައި ނިންމަން އެންގި ތަހުގީގުގައި ޗައިނާއާ މެދު އެމެރިކާއިން ދެކޭނީ "ގުރުބާން ކަންބަޅިއެއްގެ" ގޮތުގައި ކަމަށް ޗައިނާ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"ޖުލައި 2019 ގައި އެމެރިކާގެ އުތުރު ވާޖިނިއާގައި ނޭވާލާ ނިޒާމަށް ޖެހޭ ގޮތް ނޭނގޭ ބަލިތަކެއް ފެނުނު. ވިސްކޯންސިންގައި އިވާލީ ބަލި ވެސް ފެތުރުނު. އެކަންކަމުގެ މައުލޫމާތާއި ގުޅޭ ކޭސްތަކު ޑޭޓާ އެމެރިކާއިން ހާމަކުރިތަ؟،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއާން ވިދާޅުވި އެވެ.

"އެމެރިކާއިން ތަކުރާރުކޮށް ބުނަމުން ދަނީ ފުރިހަމަ، ދެފުށް ފެންނަ ސައިންޓިފިކް ބައިނަލްއަގްވާމީ ތަހުގީގެއްގައި ޗައިނާއިން ބައިވެރިވާން އެދޭ ކަމަށް. އެހެންކަމަށް ވަންޏާ، އަޅުގަނޑުމެން [ޗައިނާ] އިން އެމެރިކާއަށް މި ގޮވާލަނީ ޗައިނާގެ ނަމޫނާ ބަލައިގަނެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ކުރިއަށް ދާން،" އޭނާ ވިދާޅުވި އެވެ.

ޗައިނާއިން ތުހުމަތު ކުރި ގޮތުގައި އެމެރިކާގެ ހަމައެކަނި މަގްސަދަކީ ބަލިމަޑުކަމުގެ ތެރެއިން ސިޔާސީ ގޮތުން ތުހުމަތުތައް ކޮށް، ބައިބައިވުން އުފެއްދުމެވެ.

އޭގެ އިތުރުން އެމެރިކާގެ ޖާސޫސީ އިދާރާތަކުން މީގެ ކުރިން އަމަލުކޮށްފައިވާ ގޮތްތަކާ މެދު ސުވާލު އުފެދޭތީ އެއީ އިތުބާރު އޮތް ބައެއް ނޫން ކަމަށް ވެސް ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ އަލަށް ފެނުނު ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް ބައްޔަށް މިހާތަނަށް 168 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލީގައި މިހާތަނަށް 3.5 މިލިއަން މީހުން މަރުވެފައި ވެ އެވެ.

ކަމާ ބެހޭ އިދާރާތަކުން އެންމެ ފުރަތަމަ ބުނީ ވައިރަސް ފެތުރެން ފެށީ ވޫހާންގެ ސީފުޑް މާކެޓަކުން ކަމަށެވެ. އެހެންކަމުން ސައިންސްވެރިން ބުނީ މިއީ ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އެރި ވައިރަހެއް ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް އެމެރިކާގެ މީޑިއާތަކުން މިހާރު ރިޕޯޓު ކުރާ ގޮތުގައި ވޫހާންގެ ލެބުގައި ވައިރަސް އުފެއްދައިގެން ތަހުލީލުތަކެއް ކުރަނިކޮށް، ބޭރަށް ވައިރަސް ލީކުވެ ދުނިޔެއަށް ފެތުރެން ފެށީ ކަމަށް ބެލެވޭނެ ގިނަ ހެކިތަކެއް ދަނީ ފެންނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox