އުނދަގޫ ވަގުތެއްގައި ކުޅުންތެރިންގެ ފަރާތުން ފެންނަ ޖޯޝަށް ސުޒޭންގެ ތައުރީފު

ދުބާއީގައި ކުރިއަށްދާ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން ސުޒޭން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދުބާއީގައި ކުރިއަށްދާ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން ސުޒޭން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ފަހު މެޗުތަކަށް ތައްޔާރުވާން ދުބާއީގައި މި ވަގުތު ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުން އަންނައިރު، ކޮވިޑް-19ގެ ސަބަބުން މި ކުރިމަތިވެފައިވާ އުނދަގޫ ވަގުތުގައި ވެސް ކުޅުންތެރިންގެ ފަރާތުން ފެންނަ ހިތްވަރާއި ޖޯޝަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ތައުރީފުކޮށްފި އެވެ.

ކޮވިޑާ ހެދި ތިން ފަހަރު ފަސްކުރަން ޖެހުނު ކޮލިފައިން މެޗުތައް ކުރިއަށްދާނީ ސެންޓްރަލައިޒްކޮށް މި މަހުގެ 30 އިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގަ އެވެ. ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ދުބާއީގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން އިއްޔެ ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ މިއީ ވޯލްޑް ކަޕް ކޮލިފައިން އެއް ވިޔަސް ގައުމީ ޓީމުގެ މެޗަކަށް ތައްޔާރުވާން އެންމެ އުނދަގޫ ހާލަތު ކަމަށެވެ.

"މިތާ ތިބި ބައެއް ކުދިންގެ ފެމިލީ އެއްކޮށް ގާތްގަނޑަކަށް އެބަތިބި ޕޮޒިޓިވްވެފައި މި ބަލީގެ އުނދަގުލުގައި. މި ކަހަލަ ބައިވަރު ވިސްނުމުގެ ތެރެއިން ބައެއް ކުދިންނަށް އެ އުނދަގުލާ އެއްކޮށް އަދި ޕޮޒިޓިވްވެފައި ރިކަވާވެގެން އައި ކުދިން ވެސް މީގެ ތެރޭގައި އެބަތިބި. އެހެންވީމަ ހުރިހާ އުނދަގުލެއްގެ ތެރެއިން ވަރަށް ކުރު މުއްދަތެއް މި ލިބުނީ ތައްޔާރުވާން،" ސުޒޭން ބުންޏެވެ.

ތައްޔާރުވުމުގައި މިދިޔަ ހަތަރު ފަސް ދުވަހަކަށް ބަލާއިރު ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ހަމަ ޕޮޒިޓިވް ކަންތައްތަކެއް. ވަރަށް މިކަމަށް ކުޅުންތެރިންގެ ފޯކަސް އާއި ޖޯޝް ހުރިކަން އެ މިހުންގެ ފަރާތުން ގައިމު ވެސް ދައްކައިދީފި. ކޯޗު ވަރަށް ހިތްހަމަޖެހިފައި ހުރީ،"

ދުބާއީ އަށް ދިއުމުގެ ކުރިން ގައުމީ ޓީމުން ވަނީ ހަފްތާއެއްހާ ދުވަހު މާލޭގައި ހޮޓެލް ޖެންގައި ކޭމްޕް ކޮށްފަ އެވެ. އެކަމަކު މާލޭގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުން ޕްރެކްޓިސް ކުރުމުގެ ހުއްދަ ނުދޭތީ ގައުމީ ޓީމުގެ އެކި ޓްރެއިނިންތައް ގެންދިޔައީ ހޮޓެލް ޖެންގެ ބޯލް ރޫމުގަ އެވެ. ދަނޑަށް ނުކުމެ ޕްރެކްޓިސް ކުރަން ގައުމީ ޓީމަށް އަދި މިހާތަނަށް ލިބުނީ ފަސް ވަރަކަށް ދުވަހެވެ.

ސުޒޭން ބުނީ ފުރަތަމަ މެޗުގައި ޗައިނާއާ ދެކޮޅަށް ކުޅެން ތައްޔާރުވާން މި ލިބެނީ ގާތްގަނޑަކަށް 10 ދުވަސް ކަމަށެވެ. ޗައިނާގައި އެ ގައުމާ ދެކޮޅަށް ކުޅުމަށް ފަހު ދެން ރާއްޖެ ކުޅެން ޖެހޭ މެޗުުތަކަށް ސީރިއާ އާއި ފިލިޕީންސްއާ ކުޅެން ތައްޔާރުވާއިރު، ކުޅުންތެރިންގެ މަސައްކަތް ހުރީ ރަނގަޅު ލެވަލެއްގައި ކަން ސުޒޭން ފާހަގަކުރި އެވެ.

"އަޅުގަނޑުމެންނަށް ހިތްހަަމަ ޖެހޭ ތައްޔާރީއެއް ވެވޭނެ ކަމުގެ ސިގްނަލްތައް ކުޅުންތެރިންގެ ފަރާތުން އެ މީހުންގެ ކޮންސަންޓްރޭޝަން އިން ފެނިގެން އެބަދޭ،" ސުޒޭން ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ގައުމީ ޓީމުގެ ކޯޗިން ސްޓާފުން މިދިޔަ އަހަރު ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްްއޭއެމް

ގައުމީ ކޯޗުކަމާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މާޓިން ކޫޕްމަން ހަވާލުވި ނަމަވެސް މިހާތަނަށް މެޗަކަށް ނުކުމެފައިނުވެ އެވެ. އެކަމަކު ކޯޗުގެ ފަރާތުން ފެންނަ ކަންކަމަށް ބަލައި އޭނާގެ އެއްބަސްވުން އިތުރު ތިން އަހަރަށް ވަނީ އާ ކޮށްފަ އެވެ. ކޯޗަށް ދީފައިވާ އެއް ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. މި ފަހަރުގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރަނގަޅު ހިސާބެއްގައި ނިންމައިފިނަމަ އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު ގްރޫޕެއްގައި ހިމެނުމުގެ ފުރުސަތު އެބައޮތެވެ.

"މެސެޖަކީ އަޅުގަނޑުމެން ފަރާތުން ގަބޫލުކުރާށޭ ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް. އަޅުގަނޑުމެންނަށް ހެޔޮ ދުއާ ކޮށްދޭށޭ. އިރާދަކުރެއްވިއްޔާމު މި ކޮލިފައިން ރައުންޑުގައި އަޅުގަނޑުމެން ހަދާފައި އެބައޮތް ޓާގެޓެއް. ކޯޗުގެ އެބައޮތް ޓާގެޓެއް. އެ ޓާގެޓަށް ވާސިލްވާން ކުރެވެން ހުރި ހުރިހާ ކަމެއް ޓީމުގެ ކުޅުންތެރިން ކުރާނެ ކަމުގެ ޔަގީންކަން ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވަން،" ސުޒޭން ބުންޏެވެ.

މި ފަހަރުގެ ގައުމީ ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ ކޯޗު ކޫޕްމަން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ކަހަލަ ގޮތަކަށް ބަލައިގެން ނަގާފައިވާ ކުޅުންތެރިންނެވެ. ގައުމީ ޓީމުގެ ސްކޮޑާއި ޓީމަށް އަލަށް ހޮވުނު ކުޅުންތެރިންނާ މެދު ވެސް ސުވާލު އުފެއްދޭނެ ޖާގައެއް އޮތް ކަމަށް ނުދެކޭ ކަމަށް ސުޒޭން ބުންޏެވެ.

"ފާހަގަކޮށްލަން ޖެހޭ ޝަމާލް (ޝަންމު). ޝަންމު މެން ކަހަލަ ކުޅުންތެރިންނަކީ ޔޫވީ އެ ހިސާބަށް ގެނައުމުގައި ހާއްސަކޮށް އިހުސާނާ (ސާންތީ)އާ އެކު މަސައްކަތް އެ ފެނުނު ޕޮޒިޓިވް ކުޅުމަށް ބަލާއިރު. ގައުމީ ޓީމުގެ 25 ޖާގައެއް ހައްގު ކުޅުންތެރިއެއް ކަން. (ގައުމީ ޓީމު)ގެ ޕްރެކްޓިސްތަކުގައި ވެސް އެބަ ސާބިތުކޮށްދޭ. އޭގެ އިތުރުން ވެސް އަލަށް ޓީމަށް ނެގި ކުޅުންތެރިންނަކީ އެ މީހުންގެ ކޮލިޓީ ހުރެގެން އެ މީހުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ނެގި ކުޅުންތެރިން ކަން ޝައްކެއް ނުކުރެވޭ،" ސުޒޭން ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗިން ޓީމާ ގުޅުނު ކުރީގެ އެއް ވަަނަ ކީޕަރު އިމްރާން މުހައްމަދު ޓީމާ އެކު ހުރުމަކީ ވެސް މި އުނދަގޫ ވަގުތުގައި ކުޅުންތެރިންނަށް ލިބޭނެ ހިތްވަރެއްގެ ގޮތުގައި ސުޒޭން ދެކެ އެވެ.

"މިހާރު (ގޯލްކީޕަރު) ފައިސަލް ވެސް އިންޖަރީއެއްގައި އުޅެފައި ރިކަވާކުރަމުން ދާއިރު އިމްރާނާއި އަސްލަމްގެ ކޮމިޓްމަންޓް އޮވެގެން ފައިސަލް ރިކަވާވަމުން އެދަނީ. ޖުމްލަކޮށް އިމްރާން ކަހަލަ ތަޖުރިބާކާރު ކުޅުންތެރިއަކު ހުރުމަކީ އެހެން ކުޅުންތެރިންނަށް ވަރަށް ބޮޑު މޯޓިވޭޝަނަކަށް ވާނެ،" ސުޒޭން ބުންޏެވެ.

ދުބާއީ ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު ކޮލިފައިން މެޗުތަކަށް ގައުމީ ޓީމު ޗައިނާ އަށް ދާނީ އަންނަ އާދިއްތަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox