އިންޓަނެޓުގެ ހެޔޮ އަގުތައް މިއަދު އިއުލާނުުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އިންޓަނެޓު އަގުހެޔޮ ކުރަން ރިޔާސީ ކެމްޕެއިނުގައި ވައުދުވެވަޑައިގެންނެވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އިންޓަނެޓު އަގުހެޔޮ ކުރަން ރިޔާސީ ކެމްޕެއިނުގައި ވައުދުވެވަޑައިގެންނެވި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އާންމުންނަށް ފޯރުކޮށްދޭ އިންޓަނެޓާ ގުޅޭގޮތުން ސަރުކާރުގެ އާ ސިޔާސަތާއި ހެޔޮ އަގުތައް މިއަދު އިއުލާންކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މުހިއްމު ވައުދެއް ކަމުގައި އިންޓަނެޓުގެ އަގުހެޔޮ ކުރުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތަށް ގެންނަ ބަދަލުތައް އިއުލާންކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އިންޓަނެޓުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޝަންތަކަށް ވަނީ ގެނެސްފަ އެވެ. މި ބަދަލު ގެނައުމުން ގޭބިސީތަކާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮވެގެންދާނެ އެވެ.

ފިކްސްޑް ބްރޯޑްބޭންޑް

5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ

15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ

25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ

  • އަންނަ ޖުލައި މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ކަނެކްޝަނެއްގެ އެންމެ މިނިމަމް ސްޕީޑަކީ 2 އެމްބީޕީއެސް
  • 300ރ. އަށް ވުރެ މަތިން ނަގާ ޕެކޭޖްތަކުގެ މިނިމަމް ސްޕީޑް ދަށްކުރެވޭނީ 5 އެމްބީޕީއެސް
  • ރެސިޑެންޝަލް ބްރޯޑްބޭންޑް ޕެކޭޖްތަކުން 30 ޕަސެންޓު އަގުހެޔޮ ވާނެ

އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ މައި ދެ ކުންފުނި ދިރާގާއި އުރީދޫން މިހާރު ހިދުމަތް ފޯރުކޮށްދޭ އަގުތަކަށް ބަލާއިރު، ސަރުކާރުގެ ހުށަހެޅުމުގައި ހިމެނޭ އިންޓަނެޓްގެ އަގުތައް ވަނީ ވަރަށް ބޮޑުތަން ކުޑަ އެވެ.

ފިކްސްޑް ބްރޯޑްބޭންޑުގެ އިތުރުން މޯބައިލް އިންޓަނެޓު ޕްލޭންތަކަށް ވެސް މިއަދު ވަނީ ރަނގަޅު ބަދަލުތަކެއް އިއުލާނުކޮށްފަ އެވެ.

އެގޮތުން، ދިރާގާއި އުރީދޫން ދެމުންދާ މޯބައިލް އިންޓަނެޓުގެ ޕްލޭންތަކަށް ލިބޭ ޑޭޓާ އެލަވަންސް ވަނީ އިތުރުކޮށްދީފަ އެވެ.

އުރީދޫ

  • ޕްރީޕެއިޑް - 30– 100 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • ޕޯސްޓްޕެއިޑް – 20 -30 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • މޯބައިލް ބްރޯޑްބޭންޑް – 5 – 20 ޕަސަންޓުގެ އިތުރު ޑޭޓާ

ދިރާގު

  • ޕްރީޕެއިޑް – 20 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • ޕޯސްޓްޕެއިޑް – 19 – 28 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް
  • މޯބައިލް ބްރޯޑްބޭންޑް – 20 ޕަސަންޓުގެ އިތުރު ޑޭޓާ އެލަވަންސް

މޯބައިލް އިންޓަނެޓަށް ގެނެވުނު މި ބަދަލުތައް ލިބެންފަށާނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އެ ވައުދު ނުފުއްދި ގިނަ ދުވަސްވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox