އިންގްލެންޑުން ފުރުސަތު ނުދޭތީ ބެމްފޯޑް ރަށްވެހިކަން ބަދަލުކުރަން އުޅޭކަމުގެ އަޑުތައް ގަދަވަނީ

May 26, 2021, 10:15 AM
ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ބެމްފޯޑް އުފާފާޅުކުރަނީ.

ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ބެމްފޯޑް އުފާފާޅުކުރަނީ.

ލަންޑަން (މެއި 26) - މި ސީޒަނުގައި ލީޑްސް ޔުނައިޓެޑަށް މޮޅު ކުޅުމެއް ދެއްކި ފޯވާޑް ޕެޓްރިކް ބެމްފޯޑަށް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި އިނގިރޭސި ގައުމީ ޓީމުގެ ޕްރޮވިޝަނަލް ސްކޮޑުން ފުރުސަތު ނުލިބުމުން އޭނާ ރަށްވެހިކަން ބަދަލުކުރަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން ފްރާންސަށް އުފަން ޑިފެންޑަރު އައިމެރިކް ލަޕޯޓް ވެސް ވަނީ ފްރާންސް ގައުމީ ޓީމުން ފުރުސަތު ނުދޭތީ ރަށްވެހިކަން ބަދަލުކޮށް ސްޕެއިން އަށް ކުޅެން ނިންމައިފަ އެވެ. ސްޕެއިން އިން ނެގި ޔޫރޯ ސްކޮޑުގައި ލަޕޯޓް ހިމެނެ އެވެ.

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް، ޔޫރޯ އަށް ނެގި 33 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑުން އުމުރުން 27 އަހަރުގެ ބެމްފޯޑަށް ފުރުސަތު ނުލިބުމުން ގިނަ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އިންގްލެންޑުން ބެމްފޯޑް ކުޅޭ މަގާމަށް ނަގާފައިވާ ކުޅުންތެރިންނަކީ ޓޮޓެންހަމްގެ ހެރީ ކޭން، އެވަޓަންގެ ޑޮމިނިކް ކަލްވެޓް ލެވިން، އެސްޓަން ވިލާގެ އޮލީ ވަޓްކިންސް، މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް އަދި މޭސަން ގްރީންވުޑް އެވެ.

ބެމްފޯޑް ވަނީ ލީގުގައި 17 ގޯލު ޖަހައި ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ކޭން އަށް ފަހު އިނގިރޭސި ފޯވާޑުންގެ ތެރެއިން ލީގުގައި އެންމެ ގިނަ ގޯލު ޖެހީ ބެމްފޯޑް އެވެ. އެކަމަކު ވެސް އޭނާ އަށް ފުރުސަތެއް ނެތެވެ. ޔޫރޯ އަށް ސްކޮޑު ފައިނަލް ކުރަން ޖެހެނީ އަންނަ މަހުގެ އެއް ވަަނަ ދުވަހުގެ ކުރިންނެވެ. ޔޫރޯ އަށް 26 ކުޅުންތެރިންގެ ސްކޮޑެއް ނަގާއިރު، މި ވަގުތު އޮތް އިންގްލެންޑްގެ ސްކޮޑުން ހަތް ކުޅުންތެރިން ބާކީވާނެ އެވެ.

އާއިލީ ގޮތުން އަޔަލަންޑާ ގުޅުން ބޮޑު ބެމްފޯޑް ވަނީ މީގެ ކުރިން އަޔަލެންޑްގެ 18 އަހަރުން ދަށުގެ ޓީމަށް އެއް މެޗު ކުޅެފަ އެވެ. އޭގެ ފަހުން އިންގްލެންޑްގެ 18، 19 އަދި 21 އަހަރުން ދަށުގެ ޓީމަށް ކުޅުނު ނަމަވެސް މިހާތަނަށް ސީނިއާ ޓީމުގެ މެޗެއްގައި ނުކުޅެ އެވެ.

މީގެ ކުރިން އަަޔަލެންޑުން ވަނީ ބެމްފޯޑް ލައްވައި އެ ގައުމަށް ކުޅުވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭނާ އޭރު ބޭނުންވީ އިންގްލެންޑަށް ކުޅޭށެވެ. އެކަމަކު މިހާރު ކެރިއަރުގެ މުހިއްމު ހިސާބެއްގައި ވެސް އިންގްލެންޑުން ފުރުސަތު ނުދޭތީ ބެމްފޯޑް ވިސްނަމުން އަންނަނީ އަޔަލެންޑަށް ކުޅެން ރަށްވެހިކަން ބަދަލުުކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނޮޓިންހަމް ފޮރެސްޓް ޔޫތު ޓީމުން 2012 ވަަނަ އަހަރު ޗެލްސީ އަށް ބަދަލުވި ނަމަވެސް ބަމްފޯޑް ރަސްމީ މެޗެއްގައި ޗެލްސީ އަށް ނުކުޅެ އެވެ. ޗެލްސީގައި ހުރެ ލޯން އެއްބަސްވުމެއްގެ ދަށުން ހަ ކްލަބަކަށް ކުޅުމަށް ފަހު ދާއިމީ ކޮންޓްރެކްޓެއްގައި 2017 ވަަނަ އަހަރު ގުޅުނީ މިޑްލްސްބަރާއާ އެވެ.

މިޑްލްސްބަރާ އަށް އެއް ސީޒަނުގައި ކުޅުނުއިރު ދެއްކި ރަނގަޅު ކުޅުމުގެ ސަބަބުން ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާ ވަނީ ލީޑްސް އަށް ބެމްފޯޑް ގެންގޮސްފަ އެވެ. ލީޑްސް އަށް ކުޅެދިން 110 މެޗުން ވަނީ 43 ގޯލު ޖަހައިފަ އެެވެ.

އިންގްލެންޑް ގައުމީ ޓީމުގައި އޭނާ ކުޅޭ މަގާމަށް ވާދަކުރަން ގިނަ ކުޅުންތެރިންތަކެއް ތިބުމާ އެކު މެންޗެސްޓާ ޔުނައިޓެޑްގެ ކަނާތު ބެކް އާރޮން ވަން-ބިސާކާ، ކޮންގޯ ގައުމީ ޓީމަށް ކުޅެން ވިސްނަމުން އަންނަ ކަމަށް ވެސް މީޑިއާގައި ވަނީ ވާހަަކަ ދެކެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox