ކޮވިޑުގެ ހާލަތާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ނަގާ ކުލިތަކަށް ބޮޑު ލުޔެއް ދީފި

މާލެ ސިޓީ ކައުންސިލުގެ ބައްދަުލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގެ ބައްދަުލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެ ބަލި ފެތުރުން ކޮންޓްރޯލް ކުރަން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ނިންމާފައިވާއިރު، އެކަމުގެ ސަބަބުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ކުޑަކޮށްދޭން ނިންމައިފި އެވެ.

ސިޓީ ކައުންސިލްގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޮވިޑުގެ ހާލަތުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިތަކުގެ އާމްދަނީ އަށް ނޭދެވޭ އަސަރުކޮށްފައިވާއިރު، އެކަމުގައި ލުއިތަކެއް ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

Advertisement

އެގޮތުން، މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، މާރުކޭޓު ގޮޅިތަކުގެ އިތުރުން ފައްތިޔާތަކުން މިހާރު ނަގަމުންދާ ކުލި 30 ޕަސަންޓުން ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

"އާއްމު ހާލަތަށް އާދެވެންދެން މިއަދުން ފެށިގެން އެތަންތަނުގެ ކުލި 30 ޕަސަންޓު ކުޑަކުރަން ކައުންސިލުގެ ބައްދަލުވުމުގައި މެމްބަރުން އިއްތިފާގުން ވަނީ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ސައިޒު ތަފާތު އިރު ގޮޅިތަކަށް ނަގަނީ ކުލީގެ ގޮތުގައި އެއް އަދަދެއް ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެ ޝަކުވާތައް ހައްލުކުރުމުގެ ގޮތުން، ކުއްޔަށް މިރޭ ދިން ލުއީގެ ދަށުން ގޮޅިތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ އެއް އަދަދެއް ކަމަށްވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ސިޓީ ކައުންސިލުން އަމިއްލަ ވެހިކަލްތަކަށް ދޫކޮށްފައިވާ ޕާކިން ޒޯނުތަކުން ނަގަމުންދާ ފީ ވެސް ކުޑަކުރަން ނިންމާފައިވާކަން މޭޔަރު މިރޭ އިއުލާނު ކުރެއްވި އެވެ.

އެގޮތުން، އަމިއްލަ ވެހިކަލްތައް ޕާކު ކުރަން މިހާރު 3،000ރ. ނަގަމުންދާއިރު، އެ އަދަދު ކޮވިޑުގެ ހާލަތުން އަރައިގަނެވެންދެން 1،000ރ. އަށް ކުޑަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި އާއްމު ހާލަތަށް އެނބުރި އާދެވެމުން ވެސް އެ ޒޯންތަކުން ދެން ނަގާނީ 1،500ރ. ކަމަށް ކައުންސިލުން ނިންމާފައިވާކަމަށް މުއިއްޒު ހާމަކުރެއްވި އެވެ.

ކޮވިޑު ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އެޅުމުން އެކަމުގެ އެންމެ ބޮޑު ތަކުލީފެއް މާލޭގެ ރައްޔިތުން އުފުލަންޖެހޭއިރު، އެކަމަށް ސަރުކާރުގެ ތެރެއިން ހައްލުތަކެއް ހޯދައިދޭން މުއިއްޒު ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އަދި ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން އަނެއްކާވެސް ފަސްކޮށްދިނުމުގެ އިތުރުން ފެނާއި ކަރަންޓު ބިލު ކުޑަކޮށްދޭން މޭޔަރު މިރޭ ވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

މާލޭގެ ވެހިކަލް ލިމިޓު ކުރުމުގެ މަސައްކަތް ފަށައިފި

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުތަކުގެ ތެރޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މަސައްކަތް މިހާތަނަށް ކުރީގެ ކައުންސިލުން ކޮށްފައިނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލޭގައި ވެހިކަލްގެ މައްސަލަ ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ބޭނުން ނުކުރާ ވެހިކަލާއި ރޯޑްވާދިނަސް ނެތް ވެހިކަލްތައް ވެސް ވަރަށް ގިނަ ކަމަށެވެ.

mmm
mmm

މާލޭގެ އެންމެ ކާރުބާރޫ ބޮޑު މަޖީދީ މަގު ވެހިކަލްތަކުން ފުރިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެހެންކަމުން، ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް މަސައްކަތް ފެށުމަށްޓަކައި ހަތް ކައުންސިލަރުންގެ ޓީމެއް މިއަދު އެކުލަވާލެވިފައިވާ ކަމަށެވެ.

އަދި މިޓީމުގެ ހޯދުންތައް ދެ ހަފްތާގެ ތެރޭގައި ކައުންސިލްގެ ރަސްމީ ބައްދަލުވުމަކަށް ހުށަހެޅުމަށްވެސް ވަނީ ނިންމައިފަ އެވެ.

"އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް ހޯދަންޖެހޭ މައުލޫމާތު ހޯދައި އަޅުގަނޑުމެން މައުލޫމާތު އެއްކުރުމަށްފަހު އަޅުގަނޑުމެން އެކަން ކަނޑައަޅާނީ،" މޭޔަރު ވިދާޅުވި އެވެ.

ބްލޮކް ލީޑަރުންނާއި އަވަށު ބޯޑުތައް

މާލެ ސިޓީގެ ކޮންމެ ކޮއްޓަކަށް ރައްޔިތުންގެ މަންދޫބެއް ހޮވާ، މާލޭގެ ހަ އަވަށް ހިންގަން އަވަށު ބޯޑުތައް އެކުލަވާލުމަށް ކައުންސިލުން ނިންމާފައިވާކަމަށް ވެސް މިރޭ މުއިއްޒު ހާމަކުރެއްވި އެވެ.

އެގޮތުން މާލެ ބްލޮކް ތަކަކަށް ބަހާލައި ކޮންމެ ބްލޮކަކަށް އެ ބްލޮކެއްގެ ރައްޔިތުން އެ މީހުންގެ ތެރެއިން އައްޔަންކުރާނެ ކަމަށެވެ.

އެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކައުންސިލުން އަމާޒުހިފާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ބްލޮކްގެ ވެރިން ނެނގިގެން ދިޔައީމާ އެ ބްލޮކްގެ މިވެނި ގެއެއްގައި މިއަދު މީހުން ތިބީ ކައިގެންތޯ؟ އެގޭގައި ބަލިވެ ހުން އައިސް ކޮވިޑްގެ ހާލަތުގައި ނޫނީ އެހެން ހާލަތެއްގައި އެހީތެރިކަން ލިބެންޖެހޭ އެހެންނަމަވެސް އެހީތެރިކަން ނުލިބޭ މީހަކު އެބަހުރިތޯ؟" އެކަމުގެ ބޭނުން ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ބްލޮކް ވެރިން މަސައްކަތް ކުރާނީ ގެޒެޓުކުރެވޭ އުސޫލެއްގެ ތެރެއިން ހާއްސަ ހައިސިއްޔަތުތަކެއް ލިބިގެން ކަމަށެވެ.

ބްލޮކްގެ ވެރިންނަށް މިވަގުތު އުޖޫރައެއް ނުދެވުނަސް، މުއިއްޒުގެ އުއްމީދަކީ ކޮވިޑަށްފަހު އިގުތިސޯދީ ހާލަތު ރަނގަޅުވުމުން އެމީހުންނަށް ކޮންމެވެސް އެލަވަންސެއް ވެސް ދިނުމެވެ.

ގގގ
ގގގ

މާފަންނު ވިޔާފާރިވެރިންގެ މިސްކިތުގެ އުތުރުން އޮންނަ ބިން ސާފުކުރުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތް މޭޔަރު މުއިއްޒު ބައްލަވާލައްވަނީ. -ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ބްލޮކް ލީޑަރުންގެ އިތުރުން މާލޭގެ އަވަށްތައް ހިންގަން އަލުން އަވަށު ބޯޑުތަކެއް އެކުލަވާލުމަށް ކައުންސިލުން ނިންމާފައިވާ ނިންމުން ވެސް މޭޔަރު މިރޭ ވަނީ އިއުލާން ކުރައްވައިފަ އެވެ.

"އެވެސް ހަމަ އަވަށު ރައްޔިތުން ވޯޓު ދީގެން ހޮވާ ބޯޑުތަކެއް. އަވަށުގެ ވާދަވެރިކަން އޭގެ ޕޮޒިޓިވް މާނައިގައި ގެނެސް އެއް އަވަށާއި އަނެއް އަވަށާ ރަށްވެހިކަމާއި ތަރައްގީގެ މައިދާނުގައި މީގެ އަހަރުތަކެއް ކުރިން އެ އޮތް ރޫހު ގެންނަން އަޅުގަނޑުމެން ބޭނުން،" މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން އެންމެ ލަސްވެގެން އަންނަ މަހުގެ ޔަލަށް އަވަށު ބޯޑުތައް އެކުލަވާލައި މަސައްކަތްތައް ފަށައިގަތުމަށް ކައުންސިލުން އަމާޒުހިފާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox