ޝަންމު އާއި ތޮއްޕޭ ގައުމީ ޓީމުގެ ކޭމްޕާ ގުޅެން ދުބާއީ އަށް

ޝަންމު އާއި ތޮއްޕޭ މިރޭ އެއާޕޯޓްގައި.--

ޝަންމު އާއި ތޮއްޕޭ މިރޭ އެއާޕޯޓްގައި.--

ގައުމީ ފުޓްބޯޅަ ޓީމުން މީގެ ދެ ދުވަސް ކުރިން ދުބާއީ އަށް ޓްރެއިނިން ކޭމްޕަކަށް ފުރިއިރު، ޓީމާ އެކު ނުދެވުނު ޓީސީ ސްޕޯޓްސް ކްލަބްގެ އަލީ ޝާމިސް (ތޮއްޕޭ) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) ޓްރެއިނިން ކޭމްޕާ ގުޅެން މިރޭ ދުބާއީ އަށް ފުރައިފި އެވެ.

ގައުމީ ޓީމުން ތައްޔާރުވަމުން ދަނީ މި މަހުގެ 30 އިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ސެންޓްރަލައިޒްކޮށް ކުރިއަށްގެންދާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށެވެ.

ގައުމީ ސްކޮޑު ދުބާއީ އަށް ފުރީ ހޮނިހިރު ދުވަހު އެވެ. ޒުވާން ގައުމީ ޓީމުތަކަށް މީގެ ކުރިން ކުޅުނު ޝަންމު އަށް އޭރު ނުދެވުނީ ޗައިނާ ވިސާ ކަންތައްތައް އެއްކޮށް ހަމަނުޖެހި އޮތުމުންނެވެ. ތޮއްޕޭ ދިއުން ލަސްވީ އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ ވައިރަހުން ރަނގަޅުވާން މުއްދަތު ހަމަކޮށްގެން ހަދާ ޓެސްޓްތައް ހެދުމަށް ފަހު ޓީމާ ގުޅޭށެވެ. ތޮއްޕޭ އެންމެ ފަހުން ހެދި ޕީސީއާރް ޓެސްޓް ވަނީ ނެގެޓިވްވެފަ އެވެ.

ލީގުގެ މެޗެއްގެ ތެރެއިން ޝަންމު (ކ) އާއި ތޮއްޕޭ.

މިއީ ތޮއްޕޭ، 26، އާއި ޝަންމު، 22، ގައުމީ ސީނިއާ ފައިނަލް ސްކޮޑުގައި ހިމެނުނު ފުރަތަަމަ ފަހަރެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ޑިފެންސް ލައިނުގެ ދެ ފަޅިން ކުޅެވޭ ދެ ކުޅުންތެރިންނެވެ.

ކްލަބް އީގަލްސްގެ ޔޫތު ޓީމުން ކެރިއަރު ފެށި ޝަންމު ވަނީ ލީގުގައި ވެސް އީގަލްސްގެ ބައެއް މެޗުތަކުގައި ކުޅެފަ އެވެ. އެކަމަކު އޭނާ ކުޅުން ބޮޑަށް ފާހަގަވާން ފެށީ މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ގިނައިން ފުރުސަތު ދޭން ފެށި ފަހުންނެވެ. އޭނާ ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި ކުޅެފަ އެވެ.

ތޮއްޕޭ އެންމެ ފުރަތަމަ ފެނުނީ 2017 ވަނަ އަހަރު ވިކްޓްރީ ޓީމުންނެވެ. އޭގެ ފަހުން އޭނާ ވަނީ ކްލަބް ގްރީން ސްޓްރީޓްސް، މާޒިޔާ، ށ. ފޯކައިދޫ ފުޓްބޯޅަ ޓީމަށް ކުޅެފަ އެވެ. އޭނާ ޓީސީ އަށް ބަދަލުވީ މިދިޔަ ސީޒަނުގަ އެވެ. ގައުމީ ސްކޮޑުގައި މީގެ ކުރިން ހިމެނުނު ނަމަވެސް ތޮއްޕޭ އަށް ފައިނަލް ސްކޮޑުން މީގެ ކުރިން ފުރުސަތު ލިބިފައިނުވެ އެވެ.

ދުބާއީގައި ކުރިއަށްދާ ގައުމީ ޓީމުގެ ޓްރެއިނިންގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ގައުމީ ސްކޮޑު:

ކީޕަރުން: މުހައްމަދު ފައިސަލް (ވެލެންސިއާ)، މުހައްމަދު ޝަފީއު - ޗެކް (ވެލެންސިއާ)، އަލީ ނާޖިހު - ނާޖީ (ޔުނައިޓެޑް ވިކްޓްރީ)، ހުސެއިން ޝަރީފް - ހުސެން (މާޒިޔާ)

ޑިފެންޑަރުން: ސަމޫހު އަލީ - ސަމުއްޓެ (މާޒިޔާ)، އަކުރަމް އަބްދުލް ގަނީ - އަކޫ (ވެލެންސިއާ)، އަހުމަދު ނޫމާން - ހެލްމެޓް (އީގަލްސް)، ހުސެއިން ސިފާއު - ކުރޯ (އީގަލްސް)، ހައިޝަމް ހަސަން (އީގަލްސް)، މުހައްމަދު ސާއިފް (ގްރީން ސްޓްރީޓްސް)، އަލީ ޝަމާލް އަބްދުﷲ - ޝައްމު (ޔުނައިޓެޑް ވިކްޓްރީ)، އަލީ ޝާމިސް - ތޮއްޕޭ (ޓީސީ ސްޕޯޓްސް ކްލަބް)

މިޑްފީލްޑަރުން: އިމްރާން ނަޝީދު - އިންމަ (އީގަލްސް)، މުހައްމަދު އިރުފާން - އިރޭ (މާޒިޔާ)، އިބްރާހިމް އައިޝަމް (މާޒިޔާ)، މުހައްމަދު އުމެއިރު (މާޒިޔާ)، ހުސެއިން ނިހާން - ނިހާޓް (މާޒިޔާ)، ހަމްޒާ މުހައްމަދު - ހަމްޕު (މާޒިޔާ)، އަލީ ފާސިރު - ސެންޓޭ (ވެލެންސިއާ)، މުހައްމަދު ނާއިމް (އީގަލްސް)

ފޯވާޑުން: އަލީ އަޝްފާގު - ދަގަނޑޭ (ވެލެންސިއާ)، އަސަދުﷲ އަބްދުﷲ - އަަސަކޮ (މާޒިޔާ)، އިބްރާހިމް މަހުދީ - ފޭދޫ އިއްބެ (މާޒިޔާ)، އަލީ ހައިޝަމް - ޗުމްޕު (ޔުނައިޓެޑް ވިކްޓްރީ)، ހަސަން ނަޒީމް - ޗޯޓު (ގްރީން ސްޓްރީޓްސް)

ހަފްތާއެއްހާ ދުވަހު މާލޭގައި ހޮޓަލް ޖެންގައި ކޭމްޕް ކޮށްގެން ތިބި ނަމަވެސް ގައުމީ ޓީމަށް ރާއްޖޭގައި ޓްރެއިނިން ކުރިއަށް ގެންދިއުމުގެ ހުއްދައެއް ނުލިބުނެވެ. އެހެންވެ މީގެ ދެ ދުވަސް ކުރިން ގައުމީ ޓީމުން ވަނީ ދުބާއީ އަށް ގޮސްފަ އެވެ. ދުބާއީގައި ގިނަ ވަގުތުތަކުގައި ގައުމީ ޓީމުން އަންނަނީ ޓްރެއިނިން ކުރިއަށް ގެންދަމުންނެވެ. ދުބާއީ މަގުން ގައުމީ ޓީމު ޗައިނާ އަށް ދާނީ އާދިއްތަ ދުވަހުގަ އެވެ.

ޗައިނާ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގޮތުގައި ގައުމީ ޓީމު ޗައިނާ އަށް ދާނީ ޗާޓާ ފްލައިޓެއްގަ އެވެ. އެ ފްލައިޓުގައި ސީރިއާ އާއި ފިލިޕީންސް ކުޅުންތެރިންނާއި ކޮލިފައިން މެޗުތަކުގެ އޮފިޝަލުން ވެސް ދާނެ އެވެ. އެ ގްރޫޕްގައި އޮތް ގުއާމް މިހާރު ވަނީ ޗައިނާ އަށް ގޮސްފަ އެވެ.

ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox