ރާމޯސް އަށް ސްޕެއިންގެ ޔޫރޯ ސްކޮޑުން ފުރުސަތެއް ނެތް!

May 24, 2021, 12:14 PM
ރާމޯސް އަށް ސްޕެއިންގެ ޔޫރޯ ސްކޮޑުން ފުރުސަތެއް ނެތް!

މެޑްރިޑް (މެއި 24) - އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިނުން ނެގި ސްކޮޑުން ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.

ސްޕެއިނުން މިއަދު އިއުލާނުކުރި 24 ކުޅުންތެރިންގެ ސްކޮޑުގައި އުމުރުން 35 އަހަރުގެ ރާމޯސް ނުހިމެނުނު އެންމެ ބޮޑު ސަބަބަކީ މި ސީޒަނުގައި އޭނާ އަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކެވެ. ލީގުގައި ރެއާލުން އެންމެ ފަހުން ކުޅުނު މެޗުގައި ރާމޯސް އިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ރާމޯސް ނުލައި ސްޕެއިން ސްކޮޑު ފައިނަލް ކުރުމާ ބެހޭގޮތުން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ރާމޯސްއާ ބެހޭގޮތުން ކޮންމެ ނިންމުމެއް ނިންމި ކަމުގައި ވިޔަސް މީޑިއާ އިން ފާޑުކިޔާނެކަން އެނގޭ ކަމަށެވެ. އަދި ސްކޮޑުގައި ރާމޯސް ނެތް ސަބަބު އޭނާ އަށް ކިޔައިދީފައިވާނެ ކަމަށް އެންރީކޭ ބުންޏެވެ.

"އަހަރެން ރާމޯސްއާ ބެހޭގޮތުން (ސްކޮޑަށް އޭނަ ނެގުމާ މެދު) ކޮންމެ ގޮތަކަށް ނިންމިޔަސް އެ ވާހަކަތައް ވަރަށް ބޮޑުކޮށްލައިގެން ދައްކާނެ މީހުން ތިބޭނެ. އަހަންނަށް އެނގޭ އަހަންނަށް މި ހުރެވޭ މަގާމު. އަހަންނަށް އެނގޭ މީޑިއާ ފާޑުކިޔާނެ ކަން ވެސް،" އެންރީކޭ ބުންޏެވެ.

ރާމޯސް އަށް ސްޕެއިން ޓީމުން ފުރުސަތު ނެތްއިރު، ދާދި ފަހުން ސްޕެއިނަށް ރަށްވެހިކަން ބަދަލުކުރި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓަށް ވަނީ ޓީމުން ފުރުސަތު ދީފަ އެވެ. ލަޕޯޓަށް ސްޕެއިން ޓީމަށް ކުޅެވޭގޮތް ހަދަން އެންރީކޭ ވަރަށް މަސައްކަތް ކުރި އެވެ.

"އަހަރެންގެ ވަރަށް ބޮޑަށް އެދެން ލަޕޯޓް ވިޔަސް އެހެން ކުޅުންތެރިއަކު ވިޔަސް ޓީމަށް އެރީ އެހެން ކުޅުންތެރިއަކާ ގުޅުވައިގެންނޭ ކިޔާފައި ވާހަކަ ނުދެއްކުމަށް،" އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ ރާމޯސް އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ކުޅެނީ ޔޫރަޕްގެ އިތުރުން ދުނިޔޭގެ ވެސް ވަރަށް ވަރުގަދަ ޓީމަކަށްވާއިރު، މީގެ ބޭރުތެރެއިން ދެކެވޭނެ ވާހަކަތައް ގިނަވާނެ ކަމަށެވެ.

ރާމޯސް އަކީ ސްޕެއިނުން 2008 އާއި 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބުކޮށް 2010 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ކުޅުންތެރިއެކެވެ. ފަހަކަށް އައިސް ސްޕެއިން ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅުނު ކުޅުންތެރިއެކެވެ. މި އަހަރު މާޗް މަހު ރާމޯސް ވަނީ ސްޕެއިނަށް 180 ވަނަ މެޗު ކުޅެދީފަ އެވެ. އޭގެ ފަހުން އޭނާ ކުޅެފައިވަނީ އެންމެ މެޗެކެވެ. އެއީ ޗެމްޕިއަންސް ލީގުގައި ރެއާލުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

މިއީ ސްޕެއިނުގެ ފުޓްބޯޅަ ތާރީހުގައި ބޮޑު މުބާރާތަކަށް އެ ޓީމު ދާއިރު ރެއާލް ކުޅުންތެރިއަކު ނުލައި ސްކޮޑު އެކުލަވާލި ފުރަތަމަ ފަހަރެވެ. ސްކޮޑުގައި ރެއާލް ކުޅުންތެރިއަކު ނެތް ސަބަބާ ބެހޭގޮތުން އެންރީކޭ ބުނީ އެއީ ވަކިން އެ ގޮތަށް ވިސްނައިގެން ކުރި ކަމެއް ނޫން ކަމަށާއި ސްކޮޑު ނަގަނީ ވަކި ކްލަބަކަށް އިސްކަންދީގެން ނޫން ކަމަށެވެ.

ސްޕެއިން ސްކޮޑުގައި ކީޕަރުންގެ ގޮތުގައި ހިމެނެނީ ޑޭވިޑް ޑެހެއާ (މެންޗެސްޓާ ޔުނައިޓެޑް)، އުނާއި ސިމޯން (އެތުލެޓިކް ބިލްބާއޯ) އަދި ރޮބާޓޯ ސަންޗޭޒް (ބްރައިޓަން) އެވެ. ޑިފެންޑަރުންގެ ގޮތުގައި ތިބީ އައިމެރިކް ލަޕޯޓް (މެންޗެސްޓާ ސިޓީ)، ޖޯޑީ އަލްބާ (ބާސެލޯނާ)، ހޯސޭ ގާޔާ (ވެލެންސިއާ)، ޕައު ޓޮރޭޒް (ވިޔަރެއާލް)، އެރިކް ގާސިއާ (މެންޗެސްޓާ ސިޓީ)، ޑިއޭގޯ ލޮރެންޓޭ (ލީޑްސް ޔުނައިޓެޑް)، ސެޒާ އަޒްޕިލިކުއޭޓާ (ޗެލްސީ) އަދި މާކޯސް ލޮރެންޓޭ (އެތުލެޓިކޯ މެޑްރިޑް) އެވެ.

މިޑްފީލްޑަރުންގެ ގޮތުގައި ސާޖިއޯ ބުސްކެޓްސް (ބާސެލޯނާ)، ރޮޑްރީ (މެންޗެސްޓާ ސިޓީ)، ޕެޑްރީ (ބާސެލޯނާ)، ތިއާގޯ އަލްކަންޓާރާ (ލިވަޕޫލް)، ކޯކޭ (އެތުލެޓިކޯ މެޑްރިޑް) އަދި ފަބިއަން ރުއީޒް (ނަޕޯލީ) ހިމެނެ އެވެ. ފޯވާޑުންނަކީ ޑެނީ އޮލްމޯ (އާރްބީ ލައިޕްޒިގު)، މިކޭލް އޮޔާޒަބާލް (ރެއާލް ސޮސިއެޑާޑް)، އަލްވާރޯ މޮރާޓާ (ޔުވެންޓަސް)، ޖެރާޑް މޮރޭނޯ (ވިޔަރެެއާލް)، ފެރާން ޓޮރޭޒް (މެންޗެސްޓާ ސިޓީ)، އެޑަމާ ޓްރައޯރޭ (ވުލްވްސް) އަދި ޕަބްލޯ ސަރާބިއާ (ޕީއެސްޖީ) އެވެ.

ހާއްސަ ހުއްދައެއްގެ ދަށުން މި ފަހަރު ޔޫރޯ އަށް ވަނީ 26 ކުޅުންތެރިންގެ ސްކޮޑެއް ނަަގަން ފުރުސަތު ދީފަ އެވެ. ސްޕެއިނުން 24 ކުޅުންތެރިންގެ ސްކޮޑެއް މިއަދު އިއުލާނުކުރިއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ބޭނުންނަމަ އަދި ލިސްޓަށް ދެ ކުޅުންތެރިން އިތުރު ކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ފަހަރުގެ ޔޫރޯގައި ސްޕެއިން އޮތީ ޕޮލެންޑް، ސްލޮވާކިއާ އަދި ސްވިޑެންއާ އެކު ގްރޫޕް އީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox