މުޖުތަމައުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކޮށްފައި ބޭތިއްބޭނެ ގޮތެއް ގާނޫނަކުން ނުލިބޭ

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ދީނީގޮތުން ހައްދުފަހަނާޅާފައިވާ ނުރައްކާތެރި މީހުން މުޖުތަމައުގެ ތެރޭގައި އުޅުނު ނަމަވެސް އެފަދަ މީހުން ހައްޔަރުކޮށްފައިވާ ބޭތިއްބޭނެ ގޮތެއް ގާނޫނުގެ ތެރެއިން ނުލިބޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ތ.ތިމަރަފުށި، އަދި ތ.ވޭމަންޑޫގައި ފުލުހުންގެ މަރުކަޒެއް ގާއިމު ކުރެވޭނެ ތާރީހަކާ ގުޅޭގޮތުން ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ ސުވާލަށް ޖަވާބު ދެއްވަން ހޯމް މިނިސްޓަރު މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފައިވާއިރު، އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް މެމްބަރުންގެ ސުވާލުތައް ވަނީ އެނބުރިފަ އެވެ.

މިގޮތުން، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ 2019 އަހަރުގެ ފަހު ކޮޅު، މަޖިލިސް ޗުއްޓީގައި އޮއްވައި މެމްބަރުން ނެރެގެން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ޓެރަރިޒަމް ގާނޫނު އިސްލާހުކޮށްދިނީ ހޯމް މިނިސްޓަރު އިސްވެ ވަރަށް ބޮޑަށް އެދިވަޑައިގެންނެވުމުން ކަމަށެވެ.

ހައްދުފަހަނާއަޅާފައިވާ ވިސްނުމުގެ ތެރެއިން ނުރައްކާތެރި ހަމަލާތައް ދިނުމުގެ ތަމްރީނާއި ގާބިލުކަން ހުރި 1،400 އެއްހާ މީހުން މުޖުތަމައު ތެރޭގައި އުޅެމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައިވާއިރު، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ މީހުން އަދިވެސް ހައްޔަރުކޮށްފައި ނުވަނީ ކީއްވެގެންތޯ އިލްޔާސް ސުވާލުކުރެއްވި އެވެ.

އެ ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުން ވެސް އެފަދަ މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް ހައްލެއް ހޯދައި ދެވިފައިވާ ނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެގޮތުން، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި ހަތަރު މީހުންގެ އިތުރުން ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނައިރު، ހައްދުހަނައެޅުމުގެ ބޮޑުން ކަމަށް ބެލެވިގެން ހައްޔަރުކުރި މީހުން ވެސް ވަރަށް އަވަހަށް ބަންދުން ދޫކޮށްލަންޖެހޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އައްޑޫގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ވެސް ދެން ކޯޓުން އިތުރުކޮށްނުދީފާނެ ކަން މިސާލެއްގެ ގޮތުގައި އިމްރާން ފާހަގަކުރެއްވި އެވެ.

"އެފަދަ މީހުން ހައްޔަރުކޮށް ރީހެބިލިޓޭޓު ކުރެވެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބޭނެ ނިޒާމެއް ގާނޫނުގެ ތެރެއިން ލިބިދޭންޖެހޭ. މުޖުތަމައުގެ ތެރޭގައި އައިއީޑީ ހެދުމުގެ ގާބިލުކަން ހުރި މީހުން އެބަ ތިބި،" އިމްރާން ވިދާޅުވި އެވެ.

ނަމަވެސް، އައިއީޑީ ހެދުމުގެ ގާބިލުކަން ހުރިކަން ފުލުހުންގެ ރިޕޯޓުތަކުން އެނގުނު ނަމަވެސް، އެފަދަ ހަމަލާއެއް ރާވައި ނުވަތަ ހިންގަން ނޫޅޭހާ ހިނދަކު އެ މީހުން ބަންދުގައި ބޭތިއްބޭނެ މަގެއް ގާނޫނުގެ ތެރެއިން ނުލިބޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެއާއެކު އެކަން ކުރެވޭނެ ގޮތެއް ގާނޫނުގެ ތެރެއިން ލިބިދޭ ގޮތަށް ގާނޫނު އިސްލާހުކުރުމުގެ މަޝްވަރާތައް މަޖިލީހުގެ އިތުރުން ބަންޑާރަ ނައިބާ އެކު ވެސް ކުރެވެމުންދާކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ އިތުރުން ތަހުގީގު ޓީމުގައި ހަރަކާތްތެރިވަމުންދާ ގިނަ ފަރާތްތަކެއް ވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ ތަހުގީގު ކުރިއަށް ގެންދަން ބޭނުންވާ އެންމެ ބާރު މިނުގައި ކުރިއަށް ނުގެންދެވޭ ކަމަށް އިމްރާން މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެ ހަމަލާއާ ގުޅިގެން ފުލުހުން ފުރަތަމަ ހައްޔަރުކޮށްފައިވަނީ ބޮންގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.

އޭގެ ފަހުން ބ. ދަރަވަންދޫގައި ހުއްޓައި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު 23، ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ހަތަރު މީހުންގެ ވެސް ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.

ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގަތެވެ. ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒާ ފުއް ޑޮކްޓަރުން ނެގި އެވެ.

އިތުރު ފަރުވާއަށް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ.

މި ހަތަރު މީހުންނާ ގުޅޭ ހެކި ވެސް ފުލުހުންނަށް ލިބިފައިވާއިރު، ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލައި މި ހަމަލާ ފުލުހުން ގުޅުވަނީ ހަރުކަށި ފިކުރުގެ ވިސްނުމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox