ޕީއެސްޖީ ފަހަތަށް ޖައްސާލައި ލިލް އިން ފްރާންސްގެ ޗެމްޕިއަންކަން ހޯދައިފި

May 23, 2021, 10:00 PM
ލިލް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ

ލިލް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ

ޕެރިސް (މެއި 24) - ފްރެންޗް ލީގުގެ ފަހު މެޗުގައި އެންޖާސް ދަނޑުގައި 2-1 އިން މޮޅުވެ، ލިލް އިން 10 އަހަރު ތެރޭ ފުރަތަަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލިލް އިން އެ ކްލަބް ތާރީހުގައި ހަތަރު ވަނަ ފަހަރަށް ލީގު ތަށި އުފުލާލީ ދެ ވަނަ އަށް ދިޔަ ޕީއެސްޖީ އަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލިލް އަށް 83 ޕޮއިންޓް ލިބުނުއިރު، ޕީއެސްޖީގެ އޮތީ 82 ޕޮއިންޓެވެ. ޕީއެސްޖީ ވަނީ 2-0 އިން މިރޭ ބްރެސްޓް ބަލިކޮށްފަ އެވެ. ލެންސާ ލަނޑެއް ނުޖެހި އެއްވަރުވި މޮނާކޯ އަށް 78 ޕޮއިންޓް ލިބުނުއިރު، ޗެމްޕިއަންސް ލީގުގެ ޖާގައެއް އެ ޓީމަށް ވަނި ލިބިފަ އެވެ.

މިރޭ ނީސް އަތުން 3-2 އިން ބަލިވި ލިޔޯނާއި މެޓްޒާ އެއްވަރުވި މާސޭ އަންނަ ސީޒަނުގައި ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ. ލިޔޯން ހަތަރު ވަަނަ އަށް ދިޔައީ 76 ޕޮއިިންޓާ އެކު އެވެ. ފަސް ވަނައިގައި ނިންމި މާސޭ އަށް ލިބުނީ 59 ޕޮއިންޓެވެ.

އެންޖާސް ދަނޑުގައި ލިލް އިން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި އެެވެ. ޖޮނަތަން ޑޭވިޑް މެޗުގެ 10 ވަނަ މިނިޓްގައި ލިލް އަށް ލީޑުނަގައިދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތުރުކީގެ ފޯވާޑް ބުރަކް ޔިލްމާޒް ވަނީ ލިލްގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި އެންޖާސްގެ ހަމައެކަނި ގޯލު ޖެހީ އެންޖެލޯ ފުލްޔީނީ އެވެ.

ލިލްގެ މި ކާމިޔާބީގައި އެންމެ ހާއްސަ ކްރެޑިޓެއް ހައްގުވަނީ އެ ޓީމުގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ އަށެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ލިލްއާ ހަވާލުވެ 2018 ވަނަ އަހަރު އެ ޓީމު ފްރެންޗް ލީގުގެ ރެލިގޭޝަނުން ސަލާމަތްކޮށްދީ 2019 ވަނަ އަހަރު އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދީފަ އެވެ. އަދި މި ސީޒަނުގައި ލީގުގެ ޗެމްޕިއަންކަން ހޯދީ އެވެ.

"ޕީއެސްޖީ ފަދަ ޓީމެއް ކައިރިން ކުރި ހޯދައި ލީގު ހޯދުމަކީ ބޮޑު ކާމިޔާބެއް. މި ކާމިޔާބީ އަހަރެެން ހާއްސަ ކުރާނީ ރިހެބިލިޓޭޝަނުގައި އޮތް އަހަރެންގެ މަންމަ އާއި ދުނިޔޭގައި ނެތަސް އަހަރެންނާ އެކު އަަބަދު ވެސް ވާނެ އަހަރެންގެ ބައްޕަ އަށް. އަހަރެން މި މަސައްކަތުގައި ދެމިހުންނަށް އަބަދުވެސް އެ މީހުން ހިތްވަރު ދޭ،" 2009 އިން 2017 އަށް ސެއިން އެޓިއަން އަށް ކޯޗުކޮށްދިން ފްރާންސަށް އުފަން ގަލްޓިއޭ ބުންޏެވެ.

ބްރެސްޓް ކޮޅަށް މިރޭ ޕީއެސްޖީ އަށް ލީޑުނަގައިދޭން މެޗުގެ 19 ވަނަ މިނިޓްގައި ނޭމާ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. އެކަމަކު ބްރެސްޓްގެ ރޮމެއިން ފާވްރޭ އަތުން ބައިކޮޅަށް ވަން ގޯލުން ޕީއެސްޖީން ފުރަތަމަ ހާފުގައި ލީޑުނެގި އެވެ. އެ ޓީމުގެ ދެ ވަނަ ގޯލު މެޗުގެ ދެ ވަނަ ހާފްގައި ޖެހީ ކީލިއަން އެމްބާޕޭ އެވެ. އެއީ އެންހެލް ޑި މާރިއާ ދިން ބޯޅައަކުންނެވެ.

މިއީ ފާއިތުވި އަށް އަހަރު ތެރޭ ޕީއެސްޖީ ނޫން ޓީމަކުން ފްރެންޗް ލީގު ހޯދި ދެ ވަނަ ފަހަރެވެ. ލިލްގެ އިތުރުން ޕީއެސްޖީ ނޫން ޓީމަކަށް މިދިޔަ އަހަރުތަކުގައި ލީގު ހޯދުނު ހަމައެކަނި ޓީމަކީ 2017 ވަނަ އަހަރު މޮނާކޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox