އޮފީހަށް ނުކުންނަވަނިކޮށް ގައްދޫ ކައުންސިލްގެ ރައީސް އަލުން ބަންދުކުރަން އަމުރުކޮށްފި

ގައްދޫ ކައުންސިލްގެ ރައީސް ކަމަށް މުހައްމަދު އަހުމަދު ހުވާ ކުރުމަށްފަހު، ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަނީ --

ގައްދޫ ކައުންސިލްގެ ރައީސް ކަމަށް މުހައްމަދު އަހުމަދު ހުވާ ކުރުމަށްފަހު، ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަނީ --

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުއްޓާ ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެން މަގާމުގެ ހުވާކުރައްވައި އޮފީހަށް ނުކުންނަވަން ފައްޓަވާފައިވާ މުހައްމަދު އަހުމަދު (އެމްޑީ) ބަންދުން ދޫކޮށްލި އަމުރު ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަހުމަދު ކައުންސިލުގެ ރައީސްގެ މަގާމަށް ހޮވުނީ، ވާދަވެރި ކެންޑިޑޭޓުގެ މައްޗަށް 85 ވޯޓުގެ ކުރި ހޯދައިގެންނެވެ. އޭނާއަކީ މީގެ ކުރިން ވެސް ގައްދޫ ކައުންސިލްގެ ރައީސްކަން ކޮށްފައިވާ މީހެކެވެ.

އޭނާއާ ގުޅޭ ބޮޑު ތުހުމަތެއް އޮއްވައި އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. އެ އަމުރާ މެދު ހިތްހަމަނުޖެހޭކަން ހާމަކުރަމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ.

Advertisement

"މި ބާވަތުގެ މައްސަލަތަކުގައި ދައުވާ ލިބޭ މީހަކު އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކެން، އެ ނިންމުމާއި، އެ ނިންމުން ބިނާކުރިކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ،" ހައިކޯޓަށް ޕީޖީން ދިޔަ ސަބަބެއް ކަމަށް ބުންޏެވެ.

އެކަމަށް ރިއާޔަތްކޮށް، ހައިކޯޓުން މިއަދު ނިންމާފައިވަނީ މުހައްމަދު އަހުމަދު ދޫކޮށްލުމަށް ކޮށްފައިވާ އަމުރު ގޯސް ކަމަށެވެ. އެހެންވެ އެ އަމުރު ހައިކޯޓުން ބާތިލް ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދަށު ކޯޓުން ކުރިން ކޮށްފައިއޮތް އަމުރު ދެމިއޮތުމެވެ.

"އެހެންކަމުން މީނާ އަލުން ބަންދަށް ބަދަލުކުރެވޭނެ." ޕީޖީ އޮފީހުން މިއަދު ބުންޏެވެ.

ކައުންސިލަރުންގެ ހުވާކުރުން އޮތީ އޭނާ ބަންދުން ދޫކޮށްލާފައި ހުރި މުއްދަތުގައި ކަމުން، އޭނާ ވަނީ ކައުންސިލްގެ ރައީސް ކަމުގެ ހުވާ ވެސް ކޮށްފަ އެވެ. ގައްދޫ ކައުންސިލްގެ އިދާރާއިން ވަނީ އޭނާ ހުވާ ކުރާ މަންޒަރު ލައިވް ވެސް ކޮށްފަ އެވެ.

ގައްދޫ ކައުންސިލަށް ހޮވުނު މުހައްމަދު އަހުމަދުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ގައްދޫ ރައްޔިތުންގެ ނިންމުމާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އޭނާ ނިސްބަތްވާ ޕީޕީއެމުން ބުނެފައިވަނީ، މުހައްމަދު އަހުމަދު ފްރޭމް ކުރުމުގެ ގޮތުން އަޅުވާފައިވާ އިލްޒާމްތަކެއް ކަމަށް އަޑު އިވިފައިވާ ކަމަށެވެ.

އޭނާ އިންތިހާބުވުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ، ކޯޓުގައި މައްސަލައެއް އޮތުމަކީ އިންތިހާބަށް ކުރިމަތިލާފައިވާ މީހެއްގެ ކެންޑިޑެސީ ބާތިލުވާ ކަމެއް ނޫން ކަމެވެ.

ގާނޫނުގައި ބުނާ ގޮތުން މީހެއްގެ ކެނޑިޑެސީ ބާތިލު ކުރެވޭނީ، ނުވަތަ އޭނާގެ ޝަރުތު ހަމަ ނުވާކަމަށް ބެލެވޭނީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އޭނާގެ މައްޗަށް ޖިނާއި ކުށެއް ނުވަތަ ދަރަނީގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ ނަމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox