ގޭގައި ތިއްބަސް މުރާލިވެވިދާނެ

May 23, 2021, 7:45 AM
ގޭގައި ތިއްބަސް މުރާލިވެވިދާނެ

ވަރަށް ބިޒީ ޝެޑިއުލެއްގައި އުޅެނިކޮށް މަސައްކަތުން އަތްދޫކޮށް ގެއަށް ވަންނަން ޖެހުނީ އެވެ. ކޮވިޑްގެ ވަބާ އަކީ އެންމެންގެ ދިރިއުޅުމަށް އަސަރުކުރި އާފާތެކެވެ. ދިރިއުޅުމަށް ކުރި މަސައްކަތަށް ހުރަސް އެޅި ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑު ނުރައްކަލަކީ މަސައްކަތެއް ނެތި ގޭގައި ގިނައިރު ތިބެންޖެހުމުން ކަންނެތް ވެދާނެ ކަމުގެ ބިރެވެ. މިއޮތީ މުރާލިކަން ދެމެހެއްޓިދާނެ ދެތިން ގޮތެކެވެ.

ދުވަހު ތާވަލެއް ކަނޑައެޅުން

Advertisement

ނިދަން އޮށޯންނާނީ މާދަމާ ރާވާލާފަ އެވެ. މަސައްކަތަށް ބޭރަށް ނުކުންނާނޭ ގަޑިތަކާއި ކާފިއު ގަޑީގައި ގޭތެރޭގައި ކުރާނޭ ކަންކަން ލިސްޓުކޮށް ނޯޓު ފޮތުގައި ލިޔެލާށެވެ. ތާވަލުގައި ލިޔަންވާނީ ކުރެވޭނޭ ކަންކަމެވެ.

ފޯނުކުރާ ގަޑި

ދުވަހު ތާވަލުގައި ހިމަނަން މިއީ މުހިންމު ބައެކެވެ. މާދަމާ ގުޅާލާނީ ކޮން ރައްޓެހިންނަކަށްކަން ނުވަތަ އާއިލާގެ ކޮން ބަޔަކަށްކަން މިރޭ ކަނޑައަޅާށެވެ. އަނގަތަޅާލަން ގުޅާލާނެ ވާހަކަ ބުނެ އެ ބަޔަކަށް މެސެޖްވެސް ކޮށްލާށެވެ. މިއީ އެކަނިވެރިކަން އިހުސާސުވުން ކުޑަކޮށްދޭނެ ކަމެކެވެ. އެކަނިވެރިކަން އިހުސާސްވާނަމަ އޭގެ އެއް ނަތީޖާއަކީ ކަމެއް ކުރާހިތް ނުވުމެވެ. މިޒާޖު ދިމާވާ ބަޔަކަށް ގުޅާލައި އެކި ކަންކަމާމެދު ވާހަކަ ދެއްކުމަކީ މަސައްކަތުގެ ޖޯޝު ދަމަހައްޓަން މުހިންމު ކަމެކެވެ.

ނަމާދުތައް ލަސްނުކުރުން

ބައެއް ފަހަރަށް އަބަދު ގޭގައި ހުންނަންޖެހޭތީ ދެ ނަމާދުގެ ވަގުތު ކައިރިކޮށްފައި ކުރުމަކީ ބައެއް މީހުން އާދަކޮށްފައި އޮންނަ ކަމެކެވެ. އެހެން ނަމަވެސް ދިގު މުއްދަތަކަށް ގޭގައި މިގޮތަށް ބަންދުވެފައިތިބޭއިރު އެންމެ ރަނގަޅު ގޮތަކީ ނަމާދުގެ ބަންގިއާއެކު އެނަމާދެއް އަވަހަށް ކުރުމެވެ. އޭގެ ބޭނުމަކީ ވަގުތުތައް ތަރުތީބުކުރުމާއި ވަގުތަށް ތިމާގެ ސަމާލުކަން އަބަދުވެސް ލިބިލިބި ހުންނާނެ ގޮތް ހެދުމެވެ. ދުވަހުގެ ތާވަލުގައި ކަނޑައެޅި ކަންކަން އޭގެ ވަގުތުތަކަށް ފެއްތުމަށް މިބުނިގޮތަށް ނަމާދުގެ ކަންކަން ކުރިޔަށް ގެންދިއުމުން އިތުރު ބާރެއް ލިބެއެވެ.

ސާފު ކުރުމާއި ކަސްރަތުކުރުން

ގޭތެރޭގެ ތަނެއް ސާފުކޮށްލުމާއި، ކަސްރަތުކުރުން މިއީ ތާވަލުގައި ކޮންމެހެންވެސް ހިމަނަންވާނެ ކަމެކެވެ. ކަސްރަތު ކުރާ ގަޑިއަކަށް ހެދުން އެންމެ ރަނގަޅީ ގެއަށް ވަދެވޭ ވަގުތާ އެންމެ ކައިރި ވަގުތަކަށެވެ. ގެއަށް ވަނުމަށްފަހު އެހެން ކަމަކާ މަޝްއޫލުވެއްޖެނަމަ ތި ރޭވި ތާވަލުގެ މައްޗަށް ދުވަހުގެ ވަރުބަލިކަން ކުރިހޯދާނެ އެވެ. އަވަހަށް ކަސްރަތު ކޮށްލުމުން ތާވަލުގައި ދެން ހުރި ކަންކަން ކުރުމަށް ހިތްވަރު ލިބޭނެ އެވެ.

ގޭތެރެ ސާފުކޮށްލުމަކީ ވެސް ހަމަ ކޮންމެހެން ތާވަލުގައި ހިމަނަންޖެހޭ ކަމެކެވެ. ކުރިން ބިޒީކަމުން ފަސްކޮށްލެވުނު ޑީޕްކްލީނިން މިއަދު ކުރިއަށް ގެންދާށެވެ. މިއަދު އެއްކޮށް ނިންމަން އުޅޭނެ ކަމެއްވެސް ނެތެވެ. ފޫހިވެއްޖެނަމަ، ނުވަތަ ވަރުބަލި ވެއްޖެނަމަ އެވީ ހުއްޓާލާށެވެ. މާދަމާ ކުރިއަށް ގެންދެވޭނެ އެވެ.

މުނިފޫހިފިލުވުން

ނެޓްފްލިކްސް ހާވާލާށެވެ. ނުބެލި ދޫކޮށްލެވިފައި ހުރި ހިތްގައިމު މަޖާ ކިތަންމެ ފިލްމަކާއި ސީރީޒްއެއް ފެންނާނެ އެވެ. ދުވަހު ތާވަލުގައި މިއީ ކޮންމެހެން ހިމަނަންޖެހޭނެ ބައެކެވެ. މިކަމުން ހިތަށް އުފާވެރިކަން ލިބޭނެކަން ގައިމެވެ. މި ޕްރޮގްރާމް ރަނގަޅުވާނީ ރޭގަނޑަށެވެ.

ދުވަހު ތާވަލު ރޭވިގޮތަށް ކުރިއަށް ނުދިޔަޔަސް އެކަމާ މާޔޫސް ނުވާށެވެ. ތާވަލުގައި ހިމެނި ކަންކަން ހަމަ ކޮންމެހެން ފުރިހަމަ ކުރާކަށް ނުވެސް ޖެހެ އެވެ. ބައެއް ކަންކަން އިސްފަސްކޮށް ތަރުތީބުކޮށްލުމަކީ ވެސް ހަމަ އެންމެ ރަނގަޅު ގޮތެކެވެ.

ކޯވިޑްގެ ބަލިމަޑުކަމުން އިސާހިތަކު އަޅުގަނޑުމެން ސަލާމަތްވެދާނެ އެވެ. މި ލިޔުމުގައި ބުނެވުނު ގޮތަށް މި ވަގުތު ދިރިއުޅުމުގެ އާދަކާދަ ބަހައްޓަފިނަމަ އާންމު ދިރިއުޅުމަށް އެނބުރި ދާންޖެހޭ ވަގުތު ނުކުންނާނީ ތާޒާކަމާއެކު އެވެ. ގެއަށް ވަންއިރު ހުރި ތާޒާކަމާއި މުރާލިކަން ކުރިއެކޭ އެއްގޮތަށް ނުވަތަ އެއަށް ވުރެ ފުރިހަމަވާނެ އެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox