ނޭޕާލުން ސާފް ޗެމްޕިއަންޝިޕްގެ ކުރިން އޮމާނާ ދެކޮޅަށް ކުޅެނީ

Sep 24, 2021, 7:54 AM
ވޯލްޑް ކަޕް ކޮލިފައިން މެޗެއްގެ ތެރެއިން ނޭޕާލް ޓީމުން ނެރުނު ފުރަތަމަ އެގާރަ.

ވޯލްޑް ކަޕް ކޮލިފައިން މެޗެއްގެ ތެރެއިން ނޭޕާލް ޓީމުން ނެރުނު ފުރަތަމަ އެގާރަ.

އަންނަ މަހު މާލޭގައި ބާއްވާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ނޭޕާލުން އޮމާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ހަމަޖައްސައިފި އެވެ.

ގަތަރުގައި މި ވަގުތު ޓްރެއިނިން ކޭމްޕެއް ފުރިހަަމަ ކުރަމުން އަންނަ ނޭޕާލުން އޮމާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އޮމާނަކީ އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ދުނިޔޭގެ 78 ވަނައިގައި އޮތް ޓީމެކެވެ.

ނޭޕާލުން ވަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މި މަހު ކުރީކޮޅުގައި ކަތުމަންޑޫ ދަސްރަތު ސްޓޭޑިއަމްގައި އިންޑިއާއާ ދެކޮޅަށް ދެ މެޗެއް ކުޅެފަ އެވެ. މި މަހު ދެ ވަނަ ދުވަހު ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، ފަސް ވަނަ ދުވަހު ކުޅުނު މެޗުން އިންޑިއާ މޮޅުވީ 2-1 އިންނެވެ.

ގަތަރުގައި މި މަހު އަށް ވަނަ ދުވަހުން ފެށިގެން ޓްރެއިނިން ކޭމްޕެއްގައި ތިބި ނޭޕާލުން ވަނީ ދާދި ފަހުން ގަތަރުގެ ދެ ވަނަ ޑިވިޝަންގެ ކްލަބް އަލް ބިދާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުން ނޭޕާލް މޮޅުވީ 2-0 އިންނެވެ.

މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނޭޕާލުން ނުކުންނާނީ ކުވޭތުގެ ކޯޗު އަބްދުﷲ އަލް މުތައިރީގެ އިރުޝާދުގެ ދަށުންނެވެ. ދާދި ފަހުން ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ލީޑަޝިޕްގެ ބައެއް މެމްބަރުންނާއި މުތައީރީއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދި އޭނާ ނޭޕާލް ޓީމު ދޫކޮށްލާނެ ކަމަށް ވެސް ބެލެވުނެވެ. އެކަމަކު، ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ މުތައީރީއާ އެކު ކުރިއަށްދާށެވެ.

ނޭޕާލުން އަންނަ މަހު 1-16 އަށް މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުޅޭ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެރޭ ކުޅޭނީ ރާއްޖެއާ އެެވެ. ރާއްޖޭން ވެސް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޓްރެއިނިން ކުރިއަށްގެންދަނީ ގަތަރުގަ އެވެ.

ނޭޕާލުން ޓްރެއިނިން ކޭމްޕްގެ ތެރެއިން ރާއްޖެއާ މެޗެއް ކުޅެން ހުށަހެޅި އެވެ. އެކަމަކު، މުބާރާތުގެ ފުރަަތަމަ މެޗު ކުޅެން އޮތް ޓީމާ ދެކޮޅަށް މެޗެއް ކުޅުން ރަނގަޅުނުވާނެތީ އެ ފުރުސަތު ދޫކޮށްލީ އެވެ.

ރާއްޖޭން ވަނީ ގަތަރު ޓްރެއިނިން ކޭމްޕަށް އައިއިރު ލަންކާއާ ދެކޮޅަށް މެޗެއް ކުޅެން ނިންމައިފަ އެވެ. އެކަމަކު، ލަންކާގެ ކޮވިޑްގެ ހާލަތުގެ ސަބަބުން ގަތަރުން ވިސާ ނުލިބޭތީ އެ ގައުމަށް ނުދެވުނެވެ. އެހެންވެ، ލަންކާ އިން ޓްރެއިނިން ކޭމްޕަށް ދިޔައީ ސައުދީ އަރަބިއްޔާ އަށެވެ.

މީގެ ކުރިން ބަންގްލަދޭޝް އިން ވަނީ އެ ގައުމަށް ގޮސްގެން މެޗެއް ކުޅެން ރާއްޖެ އަށް ހުށަހަޅައިފަ އެވެ. އެކަމަކު، މިއީ އެ ގޮތަށް ސަރަހައްދުގެ އެހެން ގައުމަކަށް ގޮސްގެން މެޗެއް ކުޅެވޭ ވަރަށް ވުރެ ކޮވިޑްގެ ހާލަތު ރަނގަޅު ނޫން ދުވަސްވަރަކަށް ވާތީ މި ވަގުުތު އެ ފުރުސަތުގެ ބޭނުން ނުހިފަން ނިންމީ އެވެ.

ނޭޕާލުން ސާފްގައި ކުޅޭ ދެ ވަނަ މެޗުގައި އަންނަ މަހު ހަތަރެއްގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ކުޅޭނީ އިންޑިއާއާ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox