މެދުއިރުމަތީގައި އިތުރު ހަމަނުޖެހުން ނުހިނގާނެ ގޮތްތައް ހޯދުމަށް މަސައްކަތް ފަށައިފި

ގާޒާގެ ބެއިތް ހަނޫން ސަރަހައްދު.-- ފޮޓޯ: އީޕީއޭ

ގާޒާގެ ބެއިތް ހަނޫން ސަރަހައްދު.-- ފޮޓޯ: އީޕީއޭ

އިޒްރޭލާއި ގާޒާއާ ދެމެދު 11 ދުވަސް ވަންދެން ކުރި ހަމަލާ ބަދަލު ކުރުން ހުއްޓާލަން އެއްބަސްވެފައިވާ މި ދަނޑިވަޅުގައި އިތުރު ހަމަނުޖެހުން ނުހިނގާނެ ގޮތްތައް ހޯދުމަށް މަސައްކަތް ފަށައިފި އެވެ.

އެކަމުގެ މަޝްވަރާއަށް މިސްރުގެ ޓީމަށް މިހާރު ދަނީ އިޒްރޭލުގައި ހަރަކާތްތެރިވަމުންނެވެ. ބެލެވޭ ގޮތުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވެސް އަންނަ ހަފްތާގައި މެދުއިރު މައްޗަށް ދަތުރު ކުރާނެ އެވެ.

މި ފަހަރުގެ ހަމަލާ ބަދަލު ކުރުމަށް ފަހު އިޒްރޭލާއި ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ގްރޫޕުން ވެސް އަންނަނީ ކާމިޔާބު ލިބުނީ އެ މީހުންނަށް ކަމަށް ދައުވާ ކުރަމުންނެވެ.

އެ ހަމަލާތަކުގައި ފަލަސްތީނުން 240 މީހުން އަދި އިޒްރޭލުން 12 މީހުން މަރުވި އެވެ.

ގާޒާ އާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށީ ނިމުނު ރޯދަ މަހު އަގްސާ މިސްކިތުގައި ނަމާދު ކުރަން ހުރި ހުރަސްތަކާ ގުޅިގެން ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރީގެ ޝެއިހް ޖައްރާ ހިސާބުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން އުޅޭ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.

ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުން ވަނީ ހަމާސްއަށް ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށެވެ.

"ހުރިހާ ކަމެއް އަދި އާއްމުންނަށް ހާމައެއް ނުކުރަން. ހާސިލްވި ކަންކަން ފަހުން ހާމަކުރަމުން ދާނަން،" އޭނާ ވިދާޅުވި ކަމަށް ބީބީސީގައި ވެ އެވެ.

ހަމާސްގެ އެންމެ އިސް ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވީ މި ނިމުނު ހަމަލާ ބަދަލު ކުރުމުން އަންގައިދެނީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަކީ ބިލާހެއް ކަމެވެ. އަދި ފަލަސްތީނަށް މިނިވަންކަން ލިބެން އޮތް އެންމެ ރަނގަޅު ސްޓްރެޓެޖިކް ވިސްނުމަކީ އަޅުވެތިކަމާ ދެކޮޅަށް ތެދުވުން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން، ގްރޫޕެއްގެ ގޮތުގައި، އަދި ގްރޫޕުގެ ލީޑަރުންނާއި، ގާޒާގެ ހުރިހާ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުންނާއި ދުނިޔޭގެ އެހެން ރައްޔިތުން ގުޅިގެން ގާޒާ އަލުން ބިނާ ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox