ބަޝުންދުރާ އިން ބޭނުމީ އޭއެފްސީ ކަޕް ރާއްޖެ ގްރޫޕް މެޗުތައް އޮގަސްޓް މަހު ކުޅެން

ލަނޑު ޖެހުމަށް ފަހު ބަޝުންދުރާ އިން އުފާފާޅުކުރަނީ.-- ފޮޓޯ: ޑެއިލީސްޓާ

ލަނޑު ޖެހުމަށް ފަހު ބަޝުންދުރާ އިން އުފާފާޅުކުރަނީ.-- ފޮޓޯ: ޑެއިލީސްޓާ

މި މަހު ރާއްޖޭގައި ކުރިއަށް ގެންދަން ނިންމައި ފަހު ވަގުތު ފަސްކުރަން ނިންމި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފާއި ގްރޫޕް ސްޓޭޖު މެޗުތައް ޖޫން (އަންނަ މަހު) ފަހު ކޮޅު ފަށާ ގޮތަށް އޭއެފްސީން ނިންމާފައި އޮއްވައި، އެ މެޗުތައް އަނެއްކާ ވެސް ފަސްކުރަން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އިން ހުށަހަޅައިފި އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަޝުންދުރާ ކިންގްސް އެވެ. ދެން މި ގްރޫޕަށް ވަންނާނީ ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ޕްލޭއޮފް މެޗުގައި ކުޅެގެން މޮޅުވާ ޓީމެކެވެ.

އޭއެފްސީން ކްލަބްތަކަށް ދާދި ފަހުން އަންގާފައިވާ ގޮތުން އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗު ތާވަލުކޮށްފައިވަނީ ޖޫން 27 ވަނަ ދުވަހަށެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ޖޫން 30، ޖުލައި 3 އަދި ޖުލައި 6 ގަ އެވެ.

ބަޝުންދުރާ އިން އޭއެފްސީގައި އެދިފައިވަނީ ބަންގްލަދޭޝްގެ ލީގު ނިމުމުން އޮގަސްޓް ދެ ވަނަ ދުވަހުގެ ފަހުން އޭއެފްސީ ކަޕް މެޗުތައް ކުޅޭށެވެ.

"އޭއެފްސީން ޝެޑިއުލަށް ބަދަލު ގެނައިއިރު މި އޮތީ ބަންގްލަދޭޝްގެ ލީގު ޝެޑިއުލަށް ބެލުމެއް ނެތި މި ބަދަލު ގެނެސްފައި. އަހަރެމެން ބޭނުންވަނީ ކުރިން ހެދިފައި އޮތް ބަންގްލަދޭޝްގެ ލީގު ޝެޑިއުލަށް އިހުތިރާމް ކޮށްގެން (އޭއެފްސީ ކަޕް)ކުރިއަށް ގެންދަން. އޭއެފްސީން އެންމެ ފުރަތަމަ ހެދި ޝެޑިއުލަށް ބަލައިގެން ބަންގްލަދޭޝް އިން ލީގު ޝެޑިއުލް ހެދީ. އެހެންވީމަ މީގެ އެބަޖެހޭ ދެކޮޅު ބަލަން،" ބަޝުންދުރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބަޝުންދުރާ އިން ވަނީ އޭއެފްސީ ކަޕް ފަސްކުރަން ކުރާ މަސައްކަތުގައި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް)ގެ އެހީ އަށް އެދިފަ އެވެ. އެއީ އޭއެފްސީ ކަޕް ކުޅެން ޓީމެއް ފޮނުވައި ބަންގްލަދޭޝްގެ ލީގު މެދުކަނޑާލުމަށް ފަހު އަނެއްކާ ޝެޑިއުލަށް ބަދަލު ގެނައުމަކީ ލީގުގައި ދެން އޮތް ޓީމުތަކަށް އިންސާފުވެރި ގޮތަށް ކަމަށް ނުވާނެތީ އެވެ.

ބަޝުންދުރާގެ މި އެދުމާ ބެހޭގޮތުން ބީއެފްއެފް އިން އޭއެފްސީގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގައި މި ފަހަރު އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ މުބާރާތުން ކެންސަލް ކުރަން ޖެހުނީ ވެސް އޭއެފްސީން ނިންމި މެޗު ޝެޑިއުލާ މެދު ގޮތެއް ނިންމުން އަބަހާނީން ދިގުލައި ފަސްކުރަން އުޅުނު މައްސަލައިގަ އެވެ.

ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް އަބަހާނީ ކުޅެން އޮތް ކޮލިފައިން ދެ ވަނަ ބުރުގެ މެޗު ބަންގްލަދޭޝްގައި އެންމެ ފުރަތަމަ ކުޅެން ރޭވި ނަމަވެސް އެ ގައުމު ލޮކްޑައުނެއްގައި އޮތުމުން އޭރު ކުޅެވޭ ގޮތެއް ނުވި އެވެ. ފަހުން އިތުރު ގޮތެއް ހޯދައިގެން ނިއުޓްރަލް ދަނޑެއްގައި މެޗު ކުޅެން އަބަހާނީ އަށް ދިން ފުރުސަތުގެ ބޭނުން ވެސް އެ ޓީމަށް ރަނގަޅަށް ނުހިފުމުން އެންމެ ފަހުން އަބަހާނީ މުބާރާތުން ވަކިކޮށް އީގަލްސް އަށް ޕްލޭއޮފްގެ ޖާގަ ދޭން އޭއެފްސީން ނިންމީ އެވެ. އެކަމާ އަބަހާނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ރާއްޖޭގައި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ރޭވިފައި އޮއްވައި ފަހު ވަގުތު ފަސްކުރަން ޖެހުނީ ޕްލޭއޮފް ކުޅެން މާލެ އައި ބެންގަލޫރު ޓީމުގެ ދެ ކުޅުންތެރިއަކާއި އޮފިޝަލަކު ޕްރޮޓޮކޯލާ ހިލާފުވެ މަގުމައްޗަށް ނުކުތުމުންނެވެ. ޕްރޮޓޮކޯލްގައިވާ ގޮތުން ކުޅުންތެރިންނަށް ބޭރަށް ނުކުމެވޭނީ މެޗާއި ޓްރެއިނިން އަށް އެކަންޏެވެ. އެކަމަކު ބެންގަލޫރު ޓީމުން ވަނީ ބޭރަށް ނުކުމެ ޕްރޮޓޮކޯލް މުގުރާލައިފަ އެވެ.

އެ މައްސަލައިގައި ހިތްހަމަނުޖެހިގެން ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓްވީޓެއް މެދުވެރިކޮށް ވަނީ ބެންގަލޫރު ރާއްޖޭން ދިއުމަށް އެދިފަ އެވެ.

ރާއްޖޭގައި އޭއެފްސީ ކަޕް ކުޅެން އޭރު ނިންމާފައި އޮތީ ސަރުކާރާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ޕްލޭއޮފް މެޗު ކުޅެން ރޭވީ މި މަހު 11 ގަ އެވެ. އަދި ގްރޫޕް ސްޓޭޖު މެޗުތައް 14-20 އަށެވެ. އެކަމަކު މެޗުތައް ކުޅެވޭނެ ގޮތެއް ނުވެ ފަސްކުރަން ޖެހުނީ އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް މިދިޔަ އަހަރާއި މި އަހަރު ސެންޓަރަލައިޒްކޮށް ކުޅެން ބިޑްކުރަން ހުޅުވާލި ފުރުސަތުގައި ރާއްޖޭން ވަނީ ދެ ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފަ އެވެ. މިދިޔަ ފަހަރު ރާއްޖޭން އެކަނި ބިޑްކުރިއިރު، މި އަހަރު ރާއްޖޭން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

ބޮޑަށް ބެލެވެނީ މި ފަހަރުގެ އޭއެފްސީ ކަޕް މެޗުތައް ކުޅޭނެ ތަނެއް ކަނޑައަޅަން ވެސް އަލުން ބިޑަށް ހުޅުވާލާނެ ކަމަށެވެ. ބިޑަށް ހުޅުވާލައިފިނަމަ ބަންގްލަދޭޝާއި އިންޑިއާ އިން ބިޑްކުރާނެ ކަމަށް ބެލެވެ އެވެ. އިންޑިއާގެ ހުށަހެޅުމަކަށްވާނީ ގޯއާ ގައި މެޗުތައް ހޯސްޓްކުރާށެވެ. އެ ތަނުގައި ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި ވެސް ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕެއްގެ މެޗުތައް ހޯސްޓް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox