49 އަހަރުވީ ރެކޯޑެއް ލެވަންޑޯސްކީ މުގުރާލައިފި

May 22, 2021, 3:51 PM
ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (މެއި 22) - ޖަރުމަނު ލީގުގައި މިރޭ އޯގްސްބާގް އަތުން ބަޔާން މިއުނިކް 5-2 އިން މޮޅުވި މެޗުގައި ގޯލު ޖަހައި، ލީގުގެ އެއް ސީޒަނެއްގައި 41 ގޯލު ހަމަކޮށް ބަޔާންގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ 49 އަހަރުވީ ރެކޯޑެއް މުގުރާލައިފި އެވެ.

ލީގު ސީޒަނެއްގައި 40 ގޯލު ޖަަހައިގެން ކުރީގެ އެއް ވަަނަ ފޯވާޑް ގާޑް މުލާ ރެކޯޑް ހެދީ 1972 ވަނަ އަހަރު އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ އަހަރު ހޯދި ޕޮލެންޑަށް އުފަން ލެވަންޑޯސްކީ މި ފަހަރުގެ ލީގުގައި 41 ގޯލު ޖެހީ 29 މެޗުންނެވެ. އަނިޔާގެ ސަބަބުން ލެވަންޑޯސްކީ އަށް މެޗުތަކެއް ގެއްލުނެވެ.

ބަޔާން ދަނޑުގައި މިރޭ އޯގްސްބާގާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޑޯސްކީ ގޯލު ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ. އޭގެ ކުރިން ބަޔާންގެ ހަތަރު ގޯލު ޖެހީ ކިންގްސްލީ ކޯމަން، ޔޯސުއާ ކިމިޗް، ސާޖް ގްނަބްރީ އަދި ޖެފްރީ ފޯވިލިީއު އެވެ. ކޯމަންގެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މި ސީޒަނަށް ފަހު ބަޔާން ދޫކޮށްލަން ނިންމާފައިވާ ފުލްބެކް ޑޭވިޑް އަލަބާ އެވެ. އަަލަބާ އަށް ވަނީ ބަޔާންގެ ފަރާތުން ހާއްސަ ސޮވެނިއާ އެއް ހަވާލުކޮށްފަ އެވެ.

އޯގްސްބާގްގެ ގޯލުތައް ޖެހީ އަންޑްރޭ ހާން އާއި ފްލޯރިއަން ނެއިޑާލާޝްނާ އެވެ.

ބާކީ ދެ މެޗު އޮއްވައި ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ބަޔާނުން ސީޒަން ނިންމާލީ 78 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔައީ މިރޭ ޔޫނިއަން ބާލިން އަތުން 2-1 އިން ބަލިވި އާރްބީ ލައިޕްޒިގު އެވެ. ލައިޕްޒިގުގެ ކޯޗު ހޫލިއަން ނާގަލްސްމަން އަންނަ ސީޒަނުގައި ފެންނާނީ ބަޔާނުނެވެ. ލައިޕްޒިގަށް މި ފަހަރު ލިބުނީ 65 ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގެ އަނެއް ދެ ޖާގަ ލިބުނީ ތިން ވަނަ ދިޔަ ބޮރޫޝިއާ ޑޯޓްމަންޑާއި ހަތަރެއްގައި ނިންމި ވުލްފްސްބާގް އަށެވެ. ޑޯޓްމަންޑް މިރޭ ވަނީ 3-1 އިން ބަޔާ ލެވަކޫސަން ބަލިކޮށްފަ އެވެ. މައިންޒް އަތުން ވުލްފްސްބާގް ބަލިވީ 3-2 އިންނެވެ. ޑޯޓްމަންޑަށް 64 ޕޮއިންޓް ލިބުނުއިރު، ވުލްފްސްބާގްގެ އޮތީ 61 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox