ކޮވިޑުގައި ދެ މުވައްޒަފަކު މަރުވެ ފުން ހިތާމައެއް!

ސިޓީ ކައުންސިލްގެ މުވައްޒަފު ވަހީދުގެ ޖަނާޒާގެ ތެރެއިން: ގާތްގާތުގައި ދެ މުވައްޒަފަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ސިޓީ ކައުންސިލްގެ މުވައްޒަފު ވަހީދުގެ ޖަނާޒާގެ ތެރެއިން: ގާތްގާތުގައި ދެ މުވައްޒަފަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، މަރަކަށް ފަހު މަރެއްގެ ހިތާމަވެރި ހަބަރު ކޮންމެ ދުވަހަކު ދަނީ އަޑުއިވެމުންނެވެ؛ ކޮންމެ ވެސް މީހެއްގެ މަންމަ، ބައްޕަ، ކާފަ، މާމަ، ނޫނީ ބޭބެއެއް ނުވަތަ ދައްތަ އެކެވެ. ގާތް އެކުވެރިންނާއި އޮފީހުގައި އެކުގައި މަސައްކަތް ކުރާ މީހުންނެވެ.

މި ހަބަރުތަކުން އެންމެންނަށް ވެސް ސިހުން ގެނުވައި، ފުން އަސަރުތަކެއް ކުރެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް މިވަނީ މި ހިތްދަތިކަން ކުރިމަތިވެފަ އެވެ. އެކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ދެ މުވައްޒަފަކު ކޮވިޑު ބަލީގައި ގާތްގާތުގައި މަރުވުމަކީ އެންމެންނަށް ލިބުނު ޝޮކެކެވެ. ދެ މީހުން މަސައްކަތްކުރީ އެއް ޑިޕާޓްމެންޓެއްގަ އެވެ.

Advertisement

މި މަހުގެ ނުވައެއްގައި ފުރަތަމަ މަރުވީ ސިޓީ ކައުންސިލްގައި ރެޖިސްޓްރޭޝަންގައި އުޅޭ އާރިފާ އަލީ އެވެ. އޭނާގެ ޖަނާޒާއަށް ފަހު، މުވައްޒަފުންނަށް ހަމަޖެހިނުލެވި އުޅެނިކޮށް ދެން އިވުނީ މިދިޔަ ބުރާސްފަތި ދުވަހު މުުހައްމަދު ވަހީދުގެ މަރުގެ ހަބަރެވެ.

ރެޖިސްޓްރޭޝަން ސެކްޝަންގައި ދެ މީހުން ވެސް މުނިސިޕަލް ހިދުމަތުގައި އުޅޭތާ 20 އަހަރަށް ވުރެން ގިނަ ދުވަސް ވެއްޖެ އެވެ.

އާރިފާ އާއި ވަހީދު މަރުވި އިރު، ކައުންސިލްގެ އެ ސެކްޝަންގެ މުވައްޒަފުންނަށް ކޮވިޑް ފެތުރިފައިވާތީ ހިދުމަތްތައް ދެމުން ދިޔައީ އޮންލައިންކޮށެވެ. އެގޮތަށް ހަމަޖެއްސެވީ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހުންނެވިއިރެވެ.

ދެ މުވައްޒަފުންގެ މަރުން ފުން ހިތާމައެއްގައި ހުންނެވި ކުރީގެ މޭޔަރު ޝިފާ "އަދަދު"އަށް މިއަދު ވިދާޅުވީ ވަހީދާއި އާރިފާއަކީ ކައުންސިލްގެ ވަރަށް މުހިންމު ދެ ތަނބު ކަމަށެވެ.

"މުނިސިޕަލް ހިދުމަތުގައި އެހާ ދުވަސް ހޭދަކުރައްވާފައިވުމުން ކައުންސިލްގެ މަސައްކަތުގައި ބޮޑު ރޯލެއް އެ ދެ ބޭފުޅުންގެ އޮވޭ، ކޮންމެ ކަމެއްގައި ވެސް އެ ދެ ބޭފުޅުންގެ ގާތުގައި އަހާލުމުން ސާފުވެގެންދޭ،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކައުންސިލްގެ ލިޔެކިޔުންތައް ޒަމާނުންސުރެ ރައްކާކޮށް ބެލެހެއްޓުމުގައި އާރިފާ އާއި ވަހީދުގެ އިސް ދައުރެއް އޮތެވެ. އެ ދެ މީހުން ވަކިވެގެން ދިއުމަކީ މުޅި ކައުންސިލަށް ވެސް ލިބޭނެ ބޮޑު ފަޅު ކަމެއް ކަމަށް ޝިފާ ވިދާޅުވި އެވެ.

"އަލަށް ވަންނަ ކުދިން ވެސް ކަމެއް ނޭނގުނަސް އަހާނީ އެ ބޭފުޅުންގެ ގާތުގައި، ރަށަކުން މައުލޫމާތެއް ލިބުން ލަސްވިޔަސް، ކައުންސިލްގެ މަސައްކަތެއްގެ އަޕްޑޭޓް ހޯދަން ވިޔަސް އެ ބޭފުޅުންގެ ގާތު އަހާލުމުން އެކަމެއް ސާފުވޭ،" އޭނާ ވިދާޅުވި އެވެ.

"ގަބޫލު ކުރެވެނީ ވަރަށް ބޮޑަށް ކައުންސިލްގެ މަސައްކަތްތަކަށް އެ ދެ ބޭފުޅުންގެ ތަޖުރިބާ ނެތުމުގެ އަސަރު ކުރާނެ ކަމަށް."

ސިޓީ ކައުންސިލްގެ މުވައްޒަފު އާރިފާގެ ޖަނާޒާގެ ތެރެއިން: ގާތްގާތުގައި ދެ މުވައްޒަފަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ސިޓީ ކައުންސިލްގެ މުވައްޒަފު އާރިފާގެ ޖަނާޒާގެ ތެރެއިން: ގާތްގާތުގައި ދެ މުވައްޒަފަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ސިޓީ ކައުންސިލްގެ މުވައްޒަފު ވަހީދުގެ ޖަނާޒާގެ ތެރެއިން: ގާތްގާތުގައި ދެ މުވައްޒަފަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ޝިފާ ވިދާޅުވި ގޮތުގައި، ވަހީދުއާ އެންމެ ފަހުން ބައްދަލުވީ ރޯދަ މަހުގެ ކުރިން ބޭއްވި ކައުންސިލްގެ މާހެފުމުގަ އެވެ.

"ދުވަންދާ ވާހަކަ އެ ދުވަހު ދެއްކެވި. އަދި ޖޯކު ޖައްސަވަމުން މާ ގިނައިން ކެވޭ ވާހަކަ ވެސް ދެއްކެވި. ވަރަށް ޖޯކު ޖައްސަވާ އުޅުއްވާ ބޭފުޅެއް ވަހީދަކީ،" ވަހީދުގެ މިޒާޖާ ގުޅޭ ގޮތުން ޝިފާ ވިދާޅުވި އެވެ.

ކުރީގެ މޭޔަރު ވިދާޅުވި ގޮތުގައި، ކައުންސިލްގެ ތެރެއަށް ކޮވިޑު ފެތުރުން ގޮތެއް ކަނޑައެޅިގެން ވިދާޅުވާން އެނގިވަޑައެއް ނުގަންނަވަ އެވެ. ވަހީދާއި އާރިފާ އަކީ ކޮވިޑުގެ އިސް ސަފުގައި މަސައްކަތްކުރާ ދެ މީހުންނެއް ވެސް ނޫނެވެ. އެހެންވިޔަސް އެ ދެ މީހުން ވެސް ގޭގައި މަސައްކަތްކުރަން އެންގީ ހާލަތުގައި ގޯސްވާތީ ކަމަށް ޝިފާ ވިދާޅުވި އެވެ.

"ސެކްޝަން ބަންދުކޮށް އޮންލައިންކުރަން އަޅުގަނޑު އެޗްޕީއޭއަށް ވެސް އެންގިން، މިހާރު އެ ސެކްޝަންގެ ހިދުމަތް މުޅިން ދެމުންދާނީ އޮންލައިންކޮށް،" ޝިފާ ވިދާޅުވި އެވެ.

ދެ ދުވަހުގެ ތެރޭގައި މަރުވި ދެ މުވައްޒަފުންގެ ޖަނާޒާގައި މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކައުންސިލްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތެވެ. މުއިއްޒު ވެސް ވަނީ ހިދުމަތްތެރި ދެ މުވައްޒަފުން ވަކިވެދިއުމުގެ ހިތާމަފާޅުކުރައްވައިފަ އެވެ.

ކޮވިޑުގެ ހާލަތު މާލޭގައި އިންތިހާއަށް ގޯސްވެފައިވާއިރު އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވީ މި މަހު އެވެ. އެކަމާ ގުޅިގެން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ އިރު ސަރުކާރު ހުރިހާ އޮފީހެއް ވެސް ވަނީ ގޭގައި މަސައްކަތްކުރާ ގޮތަށް ބަންދުކޮށްފަ އެވެ. އެއީ، ކޮންޓެކްޓްވާ މީހުން މަދުކޮށް ބަލި ފެތުރުން ހުއްޓުވުމުގެ މަގުސަދުގަ އެވެ.

އެކުގައި އެހާ ދުވަހު މަސައްކަތް ކުރި ދެ މީހުން ކޮވިޑް ބަލީގައި ގާތްގާތުގައި މަރުވުމަކީ ފުން ހިތާމައެކެވެ. މިއީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކާވެފައި އޮތް މިންވަރެވެ. އެންމެންނަށް އޮތީ، ގާތް މީހެއް ނުވަތަ ގާތްރަހުމަތްތެރިއެއްގެ މަރުގެ ހަބަރު އަޑުއިވިދާނެ ކަމުގެ ބިރާއި ނުތަނަވަސް ކަމެވެ.

މިކަމުން އަރައިގަނެވޭނީ، ބަލި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކަށް ތަބާވެ އެންމެން ހިތްވަރުކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox