ކޭން އަށް ޝައުގުވެރިނުވާ ޓީމެއް ދައްކަބަލަ: ޓުޗެލް

May 22, 2021, 6:28 AM
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 22) - މި ސީޒަނަށް ފަހު ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އެ ޓީމު ދޫކޮށްލަން ބޭނުންވާ ވާހަކަ ބުނެފައިވާއިރު، އޭނާ ބޭނުންނުވާނެ ޓީމެއް ނުހުންނާނެ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޭންގެ ސޮއި ހޯދަން ޗެލްސީން އޮތީ ދެ ކުޅުންތެރިންނާ އެކު ޓްރާންސްފާ ފީއެއް ދޭން ވެސް ތައްޔާރަށެވެ. އެ ދެ ކުޅުންތެރިންނަކީ ޓެމީ އަބްރަހަމް އާއި ކެޕާ އަރިއްޒަބަލާގާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ލީގުގެ ފަހު މެޗުތަކުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ގާތުގައި ވަނީ ކޭންއާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ. ޗެލްސީން ކޭން އަށް ޝައުގުވެރިވާ ކަމަށް ނުބުނެ ޓުޗެލް ދިނީ ނުސީދާ ޖަވާބުތަކެކެވެ.

"ދުނިޔޭގެ ކޮންމެ ތަނަކުން ވިޔަސް ކޯޗަކު ދައްކަންވީ އެ މީހެއްގެ ޓީމަށް ހެރީ ކޭން ބޭނުން ނުވާނެ. ދެން ބުނެލާ އަހަންނަށް ފޯނު ކުރަން. އަހަރެން ބޭނުން އޭނަ (ކޭން) އާ ވާހަަކަ ދައްކާލަން. އެޓޭކްކުރުމާއި ލަނޑު ޖެހުމާ މެދު ކޭންގެ ވިސްނުން ދެނެގަންނަން،" ޓުޗެލް ބުންޏެވެ.

އުމުރުން 27 އަހަރުގެ ކޭން ޓޮޓެންހަމްގެ ކޮންޓްރެކްޓްގައި ހުރީ 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކަމުގައި ވިޔަސް އޭނާ އެދެނީ ކެރިއަރަށް ވިސްނާފައި މި ސީޒަން ނިމުމުން ޓީމު ބަދަލުކުރާށެވެ. އެއީ ޓޮޓެންހަމްގައި ހުރެ މިހާތަނަށް ތަށްޓެއްގައި އަތްލުމުގެ ނަސީބު ލިބިފައިނުވާއިރު، އެކަން ހާސިލްކުރަން ބޭނުންވާތީ އެވެ.

ޓުޗެލް ބުނީ މި ވަގުތަށް ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ ކޭން އެ ހުރީ ޓޮޓެންހަމްގައި ކަމަށާއި ޓްރާންސްފާގެ ވާހަކަތަކެއްގެ ތެރޭގައި ބުނަން ނުޖެހޭ އެއްޗެއް ހާމަނުކުރާނެ ކަމަށެވެ.

"އަހަރެމެންނެއް އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްފާގެ ވާހަކަތަކެއްގެ ތެރޭގައި ދައްކަން ނުޖެހޭ ވާހަކައެއް ނުދައްކާނަން. ކޭން އަކީ ޓޮޓެންހަމްގެ ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ހުރި ކުޅުންތެރިއެއް،" ޓުޗެލް ބުންޏެވެ.

ޓީމު ދޫކޮށްލަން ބޭނުންވާ ވާހަކަތައް ކޭން މީޑިއާއާ ހިއްސާކުރުމާ އެކު އޭނާ ކުޅެމުން އަންނަ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީ ވަނީ ހިތްހަމަނުޖެހިފަ އެވެ. ކޭންގެ ސޮއި ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރާ ޓީމަކީ މެންޗެސްޓާ ސިޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox