ހަމަލާތަކުން ގާޒާ އަށް ލިބުނު ގެއްލުން ފޮޓޯތަކުން

ގާޒާއަށް ލިބިފައިވާ ގެއްލުންތައް ބަލަނީ..-- ފޮޓޯ: ބީބީސީ

ގާޒާއަށް ލިބިފައިވާ ގެއްލުންތައް ބަލަނީ..-- ފޮޓޯ: ބީބީސީ

އެގާރަ ދުވަސް ވަންދެން ހަމަލާ ބަދަލު ކުރުމަށް ފަހު އިޒްރޭލާއި ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ގްރޫޕުން ވަނީ ހުކުރު ދުވަހުގެ ރޭ 02:00 ގައި ހަމަލާތައް ހުއްޓާލާފަ އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބު ދައްކާ ގޮތުން 243 މީހުން އެ ތަނުން މަރުވި އެވެ. އޭގެ ތެރޭގައި 100 އަށް ވުރެ ގިނަ ކުޑަކުދިންނާއި އަންހެނުން ހިމެނެ އެވެ. އިޒްރޭލުން ބުނާ ގޮތުގައި ހަމާސްގެ 225 މެމްބަރުން މަރާލެވުނެވެ. ނަމަވެސް މިއީ އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައިވާ އަދަދެއް ނޫނެވެ.

އިޒްރޭލުން މަރުވެފައި ވަނީ ދެ ކުޑަކުދިންނާ އެކު 12 މީހުން ކަމަށް އެ ގައުމުގެ ސިއްހީ ހިދުމަތްތަކުން ބުނެ އެވެ.

ހަމާސް އާއި އިޒްރޭލުން ވެސް ކާމިޔާބު ލިބުނު ކަމަށް ދައުވާ ކުރަމުން ދާއިރު، ހަމާސްގެ ރޮކެޓު ހަމަލާތަކާއި އިޒްރޭލުގެ މިސައިލާ ބޮމުގެ ހަމަލާތަކުން ލިބުނު ގެއްލުމުގެ ފޮޓޯތައް މިހާރު ވަނީ އާއްމު ވާން ފަށާފަ އެވެ.

ހަމަލާތަކުގައި ސުންނާފަތިވެފައިވާ ގެޔެއްގެ ތެރޭގައި އެ ގޭގައި ދިރިއުޅޭ އާއިލާ.-- ފޮޓޯ: އީޕީއޭ
ހަމަލާތަކުގައި ސުންނާފަތިވެފައިވާ ގެޔެއްގެ ތެރޭގައި އެ ގޭގައި ދިރިއުޅޭ އާއިލާ.-- ފޮޓޯ: އީޕީއޭ

ހަމަލާތަކުގައި ސުންނާފަތިވެފައިވާ ގެޔެއްގެ ތެރޭގައި އެ ގޭގައި ދިރިއުޅޭ އާއިލާ.-- ފޮޓޯ: އީޕީއޭ

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި 11 ދުވަހުގެ ތެރޭގައި ހަމާސްއިން ވަނީ 4،300 އަށް ވުރެ ގިނަ ރޮކެޓު ހަމަލާ އިޒްރޭލަށް ފޮނުވާފަ އެވެ. އަދި ހަމާސްގެ ހަތިޔާރު އެޅި މެމްބަރުންގެ 1000 ޓާގެޓަށް ހަމަލާ ދެވުނު ކަމަށް އިޒްރޭލުން ބުނެ އެވެ.

ދެކުނު އިޒްރޭލުގައި ހަމާސްގެ ރޮކެޓު ހަމަލާއަކުން ގެއްލުންވެފައިވާ ގެޔެއްގެ ތެރޭގައި އެ ގޭގެ މީހުން ހަރަކާތްތެރި ވަނީ.-- ފޮޓޯ:
ދެކުނު އިޒްރޭލުގައި ހަމާސްގެ ރޮކެޓު ހަމަލާއަކުން ގެއްލުންވެފައިވާ ގެޔެއްގެ ތެރޭގައި އެ ގޭގެ މީހުން ހަރަކާތްތެރި ވަނީ.-- ފޮޓޯ:

ދެކުނު އިޒްރޭލުގައި ހަމާސްގެ ރޮކެޓު ހަމަލާއަކުން ގެއްލުންވެފައިވާ ގެޔެއްގެ ތެރޭގައި އެ ގޭގެ މީހުން ހަރަކާތްތެރި ވަނީ.-- ފޮޓޯ: ރޮއިޓާޒް

ތެލް އަވީވްގެ ރާމަތް ގަން ހިސާބަށް ވެސް ވަނީ ރޮކެޓު ހަމަލާ އަރާ، ބަޔެއް އިމާރާތްތަކާއި ކާރުތަކަށް ގެއްލުންވެފައި.-- ފޮޓޯ:
ތެލް އަވީވްގެ ރާމަތް ގަން ހިސާބަށް ވެސް ވަނީ ރޮކެޓު ހަމަލާ އަރާ، ބަޔެއް އިމާރާތްތަކާއި ކާރުތަކަށް ގެއްލުންވެފައި.-- ފޮޓޯ:

ތެލް އަވީވްގެ ރާމަތް ގަން ހިސާބަށް ވެސް ވަނީ ރޮކެޓު ހަމަލާ އަރާ، ބަޔެއް އިމާރާތްތަކާއި ކާރުތަކަށް ގެއްލުންވެފައި.-- ފޮޓޯ: އީޕީއޭ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ގާޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އާއްމުންނަށް ގެއްލުން ނުވާނެ ގޮތަށް އަމަލު ކުރަން ވަރަށް ބޮޑަށް ބެލި ކަމަށެވެ. ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ނުބަލާ މިންވަރަށް އެކަމުގައި ސަމާލުކަން ދިން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

މިދިޔަ އޭޕްރިލް މަހު ގާޒާގެ މަގެއްގައި މީހުން އުޅޭ މަންޒަރު.-- ފޮޓޯ: އީޕީއޭ
މިދިޔަ އޭޕްރިލް މަހު ގާޒާގެ މަގެއްގައި މީހުން އުޅޭ މަންޒަރު.-- ފޮޓޯ: އީޕީއޭ

މިދިޔަ އޭޕްރިލް މަހު ގާޒާގެ މަގެއްގައި މީހުން އުޅޭ މަންޒަރު.-- ފޮޓޯ: އީޕީއޭ

ހަމަލާތަކަށް ފަހު ލިބިފައިވާ ގެއްލުން ހަމަ އެ މަގުގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް
ހަމަލާތަކަށް ފަހު ލިބިފައިވާ ގެއްލުން ހަމަ އެ މަގުގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ހަމަލާތަކަށް ފަހު ލިބިފައިވާ ގެއްލުން ހަމަ އެ މަގުގައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުން ވަނީ ހަމާސްއަށް ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށެވެ.

"ހުރިހާ ކަމެއް އަދި އާއްމުންނަށް ހާމައެއް ނުކުރަން. ހާސިލްވި ކަންކަން ފަހުން ހާމަކުރަމުން ދާނަން،" އޭނާ ވިދާޅުވި ކަމަށް ބީބީސީގައި ވެ އެވެ.

ހަމާސްގެ އެންމެ އިސް ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވީ މި ނިމުނު ހަމަލާ ބަދަލު ކުރުމުން އަންގައިދެނީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަކީ ބިލާހެއް ކަމެވެ. އަދި ފަލަސްތީނަށް މިނިވަންކަން ލިބެން އޮތް އެންމެ ރަނގަޅު ސްޓްރެޓެޖިކް ވިސްނުމަކީ އަޅުވެތިކަމާ ދެކޮޅަށް ތެދުވުން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން، ގްރޫޕެއްގެ ގޮތުގައި، އަދި ގްރޫޕުގެ ލީޑަރުންނާއި، ގާޒާގެ ހުރިހާ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުންނާއި ދުނިޔޭގެ އެހެން ރައްޔިތުން ގުޅިގެން ގާޒާ އަލުން ބިނާ ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ގާޒާގައި ގެއްލުނު ލިބުނު ފިހާރައެއްގެ ބޭރު.-- ފޮޓޯ ގެޓީ އިމޭޖަޒް
އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ގާޒާގައި ގެއްލުނު ލިބުނު ފިހާރައެއްގެ ބޭރު.-- ފޮޓޯ ގެޓީ އިމޭޖަޒް

އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ގާޒާގައި ގެއްލުނު ލިބުނު ފިހާރައެއްގެ ބޭރު.-- ފޮޓޯ ގެޓީ އިމޭޖަޒް

އިޒްރޭލުގެ މިސައިލް ހަމަލާއެއްގައި ގާޒާގެ އަލް ޖަލާ ޓަވަރު ބިމާ ހަމަކޮށްލާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް
އިޒްރޭލުގެ މިސައިލް ހަމަލާއެއްގައި ގާޒާގެ އަލް ޖަލާ ޓަވަރު ބިމާ ހަމަކޮށްލާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިޒްރޭލުގެ މިސައިލް ހަމަލާއެއްގައި ގާޒާގެ އަލް ޖަލާ ޓަވަރު ބިމާ ހަމަކޮށްލާފައި.-- ފޮޓޯ: އީޕީއޭ

ހަމާސްގެ ރޮކެޓް ހަމަލާއެއްގައި އިޒްރޭލުގެ ގެޔަކަށް ގެއްލުންވެފައި.-- ފޮޓޯ: ރޮއިޓާޒް
ހަމާސްގެ ރޮކެޓް ހަމަލާއެއްގައި އިޒްރޭލުގެ ގެޔަކަށް ގެއްލުންވެފައި.-- ފޮޓޯ: ރޮއިޓާޒް

ހަމާސްގެ ރޮކެޓް ހަމަލާއެއްގައި އިޒްރޭލުގެ ގެޔަކަށް ގެއްލުންވެފައި.-- ފޮޓޯ: ރޮއިޓާޒް

ހަމާސްގެ ރޮކެޓު ހަމަލާއެއްގެ ސަބަބުން ދެކުނު އިޒްރޭލުގައި ހުރި ތެޔޮ ރައްކާ ކުރާ ފެސިލިޓީއެއްގައި ރޯވެފައި.-- ފޮޓޯ: މެކްސާ ޓެކްނޮލޮޖީޒް

މިސްރު މެދުވެރިވެގެން އިޒްރޭލާއި ހަމާސްއިން ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމުން ދުނިޔޭގެ ރައީސުންނާއި ބޮޑު ވަޒީރުން އަންނަނީ އެކަމަށް މަރުހަބާ ވިދާޅުވަމުންނެވެ.

ހަމަލާއާ ގުޅިގެން ބައެއް ގައުމުތަކުގެ ލީޑަރުން ތުހުމަތުގެ ނަޒަރަކުން ވިސްނާއިރު، ހުރިހާ ގައުމަކުން ވެސް އަންނީ ދާއިލީ ހައްލެއް ގެނެސް، މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމަށް ބާރު އަޅަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox