ގާޒާ އަލުން ބިނާކުރަން އެތައް އަހަރެއް ނަގާނެ

ގާޒާގެ ބޮޑެތި އިމާރަތްތައް ވަނީ ބިމާ ހަމަކޮށްލާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ގާޒާގެ ބޮޑެތި އިމާރަތްތައް ވަނީ ބިމާ ހަމަކޮށްލާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިޒްރޭލާއި ގާޒާއާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލުމާއެކު އިންސާނީ އެހީގެ ފުރަތަމަ ޝިޕްމަންޓް ގާޒާއަށް ފޯރައިފި އެވެ.

އެގާރަ ދުވަސް ވަންދެން ކުރި ހަމަލާ ބަދަލު ކުރުމުގެ ސަބަބުން ގާޒާގެ ބައެއް ސަރަހައްދުތައް އަލުން އިއާދަ ކުރަން އެތައް އަހަރެއް ނަގާނެ ކަމަށް އޮފިޝަލުން އަންދާޒާ ކުރެ އެވެ.

އިޒްރޭލާއި ގާޒާ ކޮންޓްރޯލް ކުރާ ހަމާސްއާ ދެމެދު ހިނގި ހަމަލާ ބަދަލު ކުރުމުގައި ފަލަސްތީނުގެ 232 މީހުން މަރުވި އެވެ. އިޒްރޭލުން މަރުވީ 12 މީހުންނެވެ.

ފަލަސްތީނުން 1،500 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވާއިރު، އެ މީހުންނަށް ފަރުވާ ދޭން ހާއްސަ ފިޔަވަޅުތައް އަޅަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ގޮވާލާފަ އެވެ.

ހުކުރު ދުވަހުގެ ދަންވަރު ގާޒާ ގަޑިން 02:00 ގައި ހަމަލާތައް ހުއްޓާލީ މިސްރުން ހުށަހެޅި ގޮތަށް އިޒްރޭލާއި ހަމާސްއިން ވެސް އެއްބަސްވެގެންނެވެ.

އިޒްރޭލުން ބުނީ ކުރި ލިބުނީ އެ މީހުންނަށް ކަމަށެވެ. ހަމާސްއިން ވެސް ބުނީ ހަމަލާތަކުގައި ނަސްރު ލިބުނީ އެ މީހުންނަށް ކަމަށެވެ. ފަލަސްތީނު މީހުން ވަނީ އެކަމުގެ އުފާ ވެސް ފާޅުކޮށްފަ އެވެ.

ފާއިތުވި 11 ދުވަހުގެ ތެރޭގައި ގާޒާ އާއި އެ ތަނުގައި އުޅޭ ފަލަސްތީނު ރައްޔިތުންނަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ އެ ހިސާބަށް ފޯރާފަ އެވެ.

އދ. އާއި އެހީދޭ އެހެން ބައެއް ފަރާތްތަކުން ފޮނުވި ތަކެތީގެ ޝިޕްމަންޓުގައި ހިމެނެނީ ބޭހާއި، ކާބޯތަކެތި އަދި ތެލެވެ. އެ ތަކެތި ގާޒާއަށް ގެންދެވުނީ ކެރެމް ޝަލޫމް ސަރަހައްދަށް ވަންނަން އިޒްރޭލުން ހުއްދަ ދިނުމުންނެވެ.

އދ. ގެ ކުޑަކުދިންނާ ބެހޭ އޭޖެންސީ، ޔުނިސެފުން ބުނީ ގާޒާގެ 100،000 އަށް ވުރެ ގިނަ މީހުން ގެތައް ދޫކޮށް ދާން ޖެހުނު ކަމަށާއި 800،000 އަށް ވުރެ ގިނަ މީހުންނަށް ސާފު ބޯފެން ނުލިބޭ ކަމަށެވެ.

މީގެ ކުރިން ވެސް ހާލުގައި އުޅެމުން ދިޔަ ގާޒާގެ ފަލަސްތީނު ރައްޔިތުންނަށް ކޮވިޑުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުގެ އިތުރުން ހަމަލާ ބަދަލު ކުރުމުން ލިބުނު ގެއްލުމުން އަރައިގަންނަން އެތައް މިލިއަން ޑޮލަރެއް ބޭނުންވާނެ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެ އެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގަރެޓް ހެރިސް ގޮވާލެއްވީ ސިއްހީ ފަރުވާއަށް ބޭނުންވާ ސަޕްލައި އާއި ސިއްހީ މަސައްކަތްތެރިންނަށް ގާޒާއަށް ދެވޭނެ ގޮތް ވަގުތުން ހަދައި ދިނުމަށެވެ.

ހަމާސްއަކީ ޓެރަރިސްޓް ގްރޫޕެއް ކަމަށް ބުނެ، ގާޒާއަށް ހަތިޔާރު ވެއްދުން ހުއްޓުވުމުގެ ނަމުގައި އިޒްރޭލާއި މިސްރުން އޮންނަނީ ގާޒާ ވަށައިގެން ބަންދުކޮށްލާފަ އެވެ. ގާޒާއަށް އެތެރެވެވެނީ އެ ދެ ގައުމުން އެކަމަށް ހުއްދަ ދިނުމުންނެވެ.

ކެރެމް ޝަލޫމް ހުރަސްކޮށް އިންސާނީ އެހީ ހިފައިގެން އުޅަނދުތައް ގާޒާއަށް ވަންނަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް
ކެރެމް ޝަލޫމް ހުރަސްކޮށް އިންސާނީ އެހީ ހިފައިގެން އުޅަނދުތައް ގާޒާއަށް ވަންނަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ކެރެމް ޝަލޫމް ހުރަސްކޮށް އިންސާނީ އެހީ ހިފައިގެން އުޅަނދުތައް ގާޒާއަށް ވަންނަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން ބުނީ އެންމެ ބޮޑު އިސްކަމެއް ދެނީ ގެތައް ދޫކޮށް ދާން ޖެހުނު މީހުން ހޯދައި އެ މީހުންނަށް އެހީވާން ކަމަށެވެ. އެ އެޖެންސީން މަސައްކަތް ކުރަނީ އެކަމަށް 38 މިލިއަން ޑޮލަރު ހޯދަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގާޒާގެ ހައުސިން މިނިސްޓްރީން ބުނީ 1،800 ހައުސިން ޔުނިޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި 1،000 ހައުސިން ޔުނިޓު އެއްކޮށް ސުންނާފަތިވެފައިވާ ކަމަށެވެ.

"އެންމެ ދެ ހަފްތާ ތެރޭ ލިބުނު ގެއްލުމުން އަރައިގަންނަން އެތައް އަހަރެއް ނަގާނެ،" އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މެދުއިރުމަތީގެ ޑިރެކްޓަރު ފެބްރީޒިއޯ ކަރްބޯނީ ބީބީސީއަށް ވިދާޅުވި އެވެ.

ގާޒާގެ ރައްޔިތެއް ކަމަށްވާ ސާމިރާ އަބްދުﷲ ނާސިރު ބުނީ ބެއިތް ހަނޫންގައި އޭނާގެ އާއިލާ ދިރިއުޅޭ ދެ ބުރި ގެޔަށް ހަމަލާއެއް އެރުމުން ވަރަށް ބޮޑަށް ގެއްލުންވި ކަމަށެވެ.

"އެނބުރި ގެޔަށް އައިއިރު އިށީންނާނެ ތަނެއް ނެތް. ފެނެއް ނެތް، ކަރަންޓެއް ނެތް. އޮށޯންނާނެ އެނދެއް ނެތް، އެކައްޗެއް ވެސް ނެތް. އެނބުރި މި އައީ އެއްކޮށް ސުންނާފަތިވެފައިވާ ގެޔަކަށް،" އޭނާ ރޮއިޓާޒްއަށް ބުންޏެވެ.

"މި ތަނުން މި ފެންނަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް. މިއީ ގާޒާގެ ތާރީހުގައި މިހާ ބޮޑު ގެއްލުމެއް ފެންނަ ފުރަތަމަ ފަހަރު،" ގާޒާގައި ދިރިއުޅޭ އެހެން މީހެއް ކަމަށްވާ އަޒްހަރް ނުސަރި އެސޯސިއޭޓެޑް ޕްރެސްއަށް ބުންޏެވެ.

ގާޒާގެ އާއިލާއަކުން ދިރިއުޅޭ ގެޔަށް ލިބިފައިވާ ގެއްލުން ބަލަނީ.-- ފޮޓޯ: އީޕީއޭ
ގާޒާގެ އާއިލާއަކުން ދިރިއުޅޭ ގެޔަށް ލިބިފައިވާ ގެއްލުން ބަލަނީ.-- ފޮޓޯ: އީޕީއޭ

ގާޒާގެ އާއިލާއަކުން ދިރިއުޅޭ ގެޔަށް ލިބިފައިވާ ގެއްލުން ބަލަނީ.-- ފޮޓޯ: އީޕީއޭ

އެހީދޭ ޖަމިއްޔާތަކުން ވަނީ ގާޒާ އަލުން ބިނާ ކުރަން އެތައް މިލިއަން ޑޮލަރެއް ބޭނުންވާ ކަމަށް ބުނެފައި.-- ފޮޓޯ:
އެހީދޭ ޖަމިއްޔާތަކުން ވަނީ ގާޒާ އަލުން ބިނާ ކުރަން އެތައް މިލިއަން ޑޮލަރެއް ބޭނުންވާ ކަމަށް ބުނެފައި.-- ފޮޓޯ:

އެހީދޭ ޖަމިއްޔާތަކުން ވަނީ ގާޒާ އަލުން ބިނާ ކުރަން އެތައް މިލިއަން ޑޮލަރެއް ބޭނުންވާ ކަމަށް ބުނެފައި.-- ފޮޓޯ: އީޕީއޭ

ގާޒާ އާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށީ ނިމުނު ރޯދަ މަހު އަގްސާ މިސްކިތުގައި ނަމާދު ކުރަން ހުރި ހުރަސްތަކާ ގުޅިގެން ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރީގެ ޝެއިހް ޖައްރާ ހިސާބުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން އުޅޭ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox