އަގްސާ މިސްކިތުގައި އަނެއްކާވެސް އިޒްރޭލް ފުލުހުންގެ ހަމަލާތަކެއް!

އަގްސާ މިސްކިތުގެ ބޭރުގައި އިޒްރޭލު ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

އަގްސާ މިސްކިތުގެ ބޭރުގައި އިޒްރޭލު ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލާއި ގާޒާއާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލާފައި ވަނިކޮށް ގުދުސްގެ އޯލްޑް ސިޓީގައި ހުންނަ އަލް އަގްސާ މިސްކިތް ސަރަހައްދަށް ވަދެގަނެ އިޒްރޭލް ފުލުހުން ހަމަލާ ދޭން ފަށައިފި އެވެ.

މަންޒަރު ދުށް މީހުން އަލްޖަޒީރާ ނޫހަށް ބުނީ މިއަދުގެ ހުކުރު ނަމާދަށް ފަހު ގިނަ ބަޔަކު މިސްކިތުގައި މަޑު ކުރީ ފާއިތުވި 11 ދުވަހުގެ ހަމަލާ ބަދަލު ކުރުމަށް ފަހު ލިބުނު ކާމިޔާބީ ފާހަގަކުރަން ކަމަށެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އިޒްރޭލާއި ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތާ ދެމެދު ހުއްޓުމެއް ނެތި ހަމަލާ ބަދަލުކުރުމުން ފަލަސްތީނުގެ 232 މީހުން އަދި އިޒްރޭލުގެ 12 މީހުން މަރުވި އެވެ.

ބައިނަލްއަގްވާމީ ފަރާތްތަކުގެ ޕްރެޝަރާއެކު މިސްރުން ހުށަހެޅި ގޮތުގެ މަތިން ދެ ފަރާތުން ހަމަލާ ބަދަލު ކުރުން ހުއްޓާލީ ރޭ ދަންވަރު ގާޒާ ގަޑިން 02:00 ގަ އެވެ.

އެއާއެކު އިޒްރޭލާއި ހަމާސްއިން ވެސް އަންނަނީ ކާމިޔާބު ލިބިއްޖެ ކަމަށް ދައުވާ ކުރަމުންނެވެ. އަދި ފަލަސްތީނުގެ މީހުން އަންނަނީ ގާޒާ އާއި ހުޅަނގު އައްސޭރި އަދި ގުދުސްގައި އުފާފާޅުކުރަމުންނެވެ.

އަލްޖަޒީރާއިން ބުނީ މިސްކިތުގައި ތިބި މީހުން ނަމާދަށް ފަހު އުފާފާޅުކޮށް ލަވަކިޔަށް ފެށުމުން އިޒްރޭލު ފުލުހުން އެ ތަނަށް ވަދެގަނެ، ސްޓަން ގްރެނޭޑާއި ސްމޯކް ބޮން އަދި ކަރުނަ ގޭސް ބޭނުން ކުރަން ފެށީ ކަމަށެވެ.

އިޒްރޭލް ފުލުހުންގެ ތަރުޖަމާނު މިކީ ރޮޒެންފެލްޑް އޭއެފްޕީއަށް ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހުނީ މިސްކިތުގައި ތިބި މީހުން ގާ އުކަން ފެށުމުން ކަމަށެވެ.

އަގްސާ މިސްކިތުގެ އިތުރުން ފަލަސްތީނު މީހުން އުފާފާޅުކުރަން އެއްވަމުންދާ އެހެން ސަރަހައްދުތަކުގައި ވެސް އިޒްރޭލް ފުލުހުން އަންނަނީ ބާރުގެ ބޭނުންކޮށް، މީހުންނަށް އަނިޔާ ކުރަމުންނެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ގާޒާ އާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށީ ރޯދަ މަހު އަގްސާ މިސްކިތުގައި ނަމާދު ކުރަން ހުރި ހުރަސްތަކާ ގުޅިގެން ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށެވެ.

އޭގެ އިތުރުން ހުޅަނގު އައްސޭރީގެ ޝެއިހް ޖައްރާ ހިސާބުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން އުޅޭ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox