އެގާރަ ދުވަސް ފަހުން އިޒްރޭލާއި ގާޒާއިން ހަމަލާ ބަދަލުކުރުން ހުއްޓާލައިފި

ހަމަލާ ބަދަލުކުރުން ހުއްޓާލުމުން ގާޒާގައި އުފާފާޅުކުރަނީ.-- ފޮޓޯ: ހުސާ ސަލީމް/ ނިއު ޔޯކް ޓައިމްސް

ހަމަލާ ބަދަލުކުރުން ހުއްޓާލުމުން ގާޒާގައި އުފާފާޅުކުރަނީ.-- ފޮޓޯ: ހުސާ ސަލީމް/ ނިއު ޔޯކް ޓައިމްސް

އިޒްރޭލާއި ގާޒާއާ ދެމެދު ފާއިތުވި 11 ދުވަހު ހުއްޓުމެއް ނެތި ހިންގި ހަމަލާ ބަދަލު ކުރުންތައް ނިމުމަކަށް ގެނެސްފި އެވެ.

އިޒްރޭލާއި ގާޒާ ކޮންޓްރޯލްކުރާ ހަމާސްއިން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ހަމަލާތައް ނިމުމަކަށް އައިއިރު، ފަލަސްތީނުގެ 232 މީހުން މަރުވެފައިވެ އެވެ. އިޒްރޭލުން މަރުވީ 12 މީހުންނެވެ.

ދެ ފަރާތުން އެއްބަސްވީ ގޮތަށް ހަމަލާތައް ހުއްޓާލީ ހުކުރު ދުވަހުގެ ދަންވަރު ގާޒާ ގަޑިން 02:00 ގަ އެވެ. ހަމަލާތައް ހުއްޓާލީ މިސްރު މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ޝަރުތެއް ނެތި ހަމަލާ ހުއްޓާލަން މިސްރުން ހުށަހެޅި ގޮތަށް އިޒްރޭލުގެ ސެކުއިރިޓީ ކެބިނެޓުން އެއްބަސްވެފައިވާ ކަމަށެވެ.

ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ވެސް ބުނީ ދަންވަރު 02:00 އިން ފެށިގެން ހަމަލާތައް ހުއްޓާނެ ކަމަށެވެ. އެ ހަބަރާއެކު ފަލަސްތީނުގެ އެތައް ހާސް ބަޔަކު ދަނީ ގާޒާ އާއި ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގެ މަގުތަކަށް ނިކުމެ އުފާފާޅުކުރަމުންނެވެ.

ކާމިޔާބު ލިބުނުކަން އަންގައިދޭ ދިދަތަކާއެކު ފަލަސްތީނު މީހުން އުފާފާޅުކުރާއިރު، ހަމާސް ޖަމާއަތުން ވެސް ދެކެނީ މިއީ އިޒްރޭލާ ދެކޮޅަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ.

އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ހަމާސްގެ ސިޔާސީ އޮފީހުގެ ދެ ވަނައަށް އެންމެ އިސް އޮފިޝަލް ހަލީލް އަލް ހައްޔާ ވިދާޅުވީ މިއީ ލިބުނު ނަސްރެއް ކަމަށާއި ގެއްލުން ލިބުނު ގެތައް މަރާމާތު ކުރަން އެހީވާނެ ކަމަށެވެ.

ގާޒާ އާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށީ ނިމުނު ރޯދަ މަހު އަގްސާ މިސްކިތުގައި ނަމާދު ކުރަން ހުރި ހުރަސްތަކާ ގުޅިގެން ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރީގެ ޝެއިހް ޖައްރާ ހިސާބުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން އުޅޭ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox